21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

އަލްވަރާ މޮރާޓާ

މޮރާޓާ ހޯދުމުގެ ރޭހުގައި އެޓްލެޓިކޯވެސް ބައިވެރިވެއްޖެ

  • މޮރާޓާ ހޯދުމަށް ސެވިއްޔާއިން ވެސް އަންނަނީ މަސައްކަތް ކުރަމުން
ލީވާން އަލީ | MrLeevaan

| 10 ޖެނުއަރީ 2019 | ބުރާސްފަތި 17:37 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  7. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  8. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު


ޗެލްސީއަށް ކުޅެމުން އަންނަ އަލްވަރާ މޮރާޓާ -- ގެޓީ އިމޭޖާސް

ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް އަލްވަރާ މޮރާޓާ ހޯދުމުގެ ރޭހުގައި އެޓްލެޓިކޯ މެޑްރިޑްވެސް ބައިވެރިވެއްޖެއެވެ.

ގޯލްޑޮޓްކޮމްއިން ބުނީ ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް ލޯން އެއްބަސްވުމެއްގެ ދަށުން މޮރާޓާ ހޯދުމަށް އެޓްލެޓިކޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމަށް ކުރަންޖެހޭ ކަންތައް އެޓްލެޓިކޯއިން މިހާރު ކުރަމުން އަންނަ ކަމަށެވެ.

މޮރާޓާ ގެނައުމާ ގުޅޭގޮތުން އެޓްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނީ، ޓްރާންސްފާއާ ގުޅޭގޮތުން އެއްވެސް ކަމެއް ޔަގީންކޮށް ނުދެވޭނެ ކަމަށާއި، އޭނާއަށް ހަމައެކަނި ދެއްކޭނީ މިވަގުތު އޭނާއާއެކު ތިބި ކުޅުންތެރިންގެ ވާހަކަ ކަމަށެވެ.

މޮރާޓާ ހޯދުމަށް އެޓްލެޓިކޯގެ އިތުރުން ސެވިއްޔާއިންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މޮރާޓާއަށް ޝައުގުވެރިވާ ކަމަށް އެ ކްލަބުން ވަނީ އެއްބަސްވެސް ވެފައެވެ.

މޮރާޓާ ޗެލްސީއަށް ބަދަލުވީ 2017 ވަނަ އަހަރު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 70 މިލިއަން ޕައުންޑަށެވެ. އެގޮތުން މޮރާޓާ ވަނީ މިހާތަނަށް ޗެލްސީއަށް ކުޅުނު 72 މެޗުގައި 24 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު އެފްއޭ ކަޕްވެސް ކާމިޔާބުކޮށްފައެވެ.

ރެއާލް މެޑްރިޑުން 2010 ވަނަ އަހަރު ސީނިއާ ކްލަބް ލެވެލް ކެރިއަރު ފެށި މޮރާޓާ ރެއާލް ދޫކޮށްލުމަށްފަހު ޔުވެންޓަސްއަށް 2014 ވަނަ އަހަރު ބަދަލުވެފައިވާއިރު، އެ ކްލަބުގައި އޭނާ ވަނީ ދެ ސީޒަން ހޭދަކޮށްފައެވެ. އެމުއްދަތުގައި އެޓީމަށް ކުޅުނު 93 މެޗުގައި 27 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު އިޓާލިއަން ލީގު ދެފަހަރު، އިޓާލިއަން ކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން އޭނާ ވަނީ އިޓާލިއަން ސުޕާކަޕްގެ ދެވަނަ އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަވެސް ޔުވަންޓަސްއާއެކު ކާމިޔާބުކޮށްފައެވެ.

ޔުވަންޓަސް ދޫކޮށްލުމަށްފަހު މޮރާޓާ ރެއާލަށް ބަދަލުވީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 53 މެޗުގައި 11 ލަނޑު ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމަށް ކުޅުނު 27 މެޗުގައި 13 ލަނޑު ކާމިޔާބުކޮށްފައިވާ މޮރާޓާ ވަނީ ސްޕެއިން 19 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް