21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ކިޑްނީ ވިއްކާލުން

އައިފޯނަކަށް ކިޑްނީ ވިިއްކާލި ކުއްޖާގެ ބަލިހާލު ބޮޑުވެއްޖެ

 • މިހާރު އޭނާގެ އުމުރަކީ 25 އަހަރު
 • އެކަން ކުރީ އާއިލާއަށް ސިއްރުން
 • ކިޑްނީ ވިއްކާލީ 25،118 ޕައުންޑަށް
ލައިޝާ އަހްމަދު | LailaAhmeds

| 10 ޖެނުއަރީ 2019 | ބުރާސްފަތި 11:26 | |

މަގުބޫލް

 1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
 2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
 3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
 4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
 5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
 6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
 7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
 8. ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި


ަފަހުގެ އައިފޯނެއް -- ގެޓީ އިމޭޖާސް

އައިފޯނަކަށް ކިޑްނީ ވިއްކާލި ޗައިނާގެ ކުއްޖަކު ބަލިހާލު ބޮޑުވެ އެނދުމަތިވާން ޖެހިއްޖެއެވެ. 

މިހާރު އުމުރުން 25 އަހަރުވެފައިވާ ވޭންގް އޭނާގެ މައިންބަފައިންނަށްވެސް ސިއްރުން އުމުރުން 17 އަހަރުގައި ކިޑްނީ ވިިއްކާލާފައިވަނީ އައިފޯނެއް ގަންނަން ބޭނުންވާތީ ކަމަށާއި، އަދި އެވަރުގެ ފުދުންތެރިކަމެއް އާއިލާގެ ނެތުމުން ކަމަށް މީޑިއާ ރިޕޯރޓުތަކުން ބުނެއެވެ.

އާއިލާއަށް ސިއްރުން ސެންޓްރަލް ހުނާން ޕްރޮވިންސަށް ގޮސް 25،118 ޕައުންޑަށް އޭނާ ވަނީ ކިޑްނީ ވިއްކާލާފައެވެ. ކިޑްނީ ވިއްކާލީ އޮންލައިންކޮށް ދިމާވި މީހަކަށެވެ. އެ ފައިސާއިން އައިފޯނަކާއި އައިޕެޑެއް ގަތެވެ. މިހާރު ވަނީ ވޭންގްގެ ކުޑަކަމުދާ ނިޒާމު އެއްކޮށް ފެއިލްވެފަ އެވެ. 

އޭނާގެ ބަލިހާލު ބޮޑުވެ އެނދުމަތީގައި އޮންނަން ޖެހުމުގެ ސަބަބުން ވަޒީފާއެއް އަދާނުކުރެވި ދިރިއުޅުމަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތި ވެފައިވާއިރު، ކިޑްނީ ވިއްކިކަން މަންމައަށް އެނގުމުން އެކަން ޕޮލިހަށް ރިޕޯޓްކުރި އެވެ.

އެ މައްސަލަ ފުލުހުން ތަޙުޤީޤުކޮށް، އެކަމުގައި ބައިވެރިވި މީހުންނާއި ޑޮކްޓަރުންނަށް އަދަބުދީފައިވާއިރު، އެ އާއިލާއަށް ވަނީ ބަދަލެއްގެ ގޮތުން 169،000 ޕައުންޑް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް