19 މާރޗް 2019 | އަންގާރަ | 09 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

ގައުމީ އެއާލައިން މޯލްޑިވިއަން

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

  • އަގު ހެޔޮ ފެއަރތަކުން ޓިކެޓް ނުލިބުމުގެ ޝަކުވާ ކުރަން ނުޖެހޭނެ
  • އަގުތައް ކަނޑައެޅީ އެއަރލައިން ބަނގުރޫޓް ނުވާ ގޮތަށް
ރިޒުނާ ޒަރީރު | RiznaZareer

| 9 ޖެނުއަރީ 2019 | ބުދަ 23:59 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  5. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  6. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި


ގައުމީ އެއާލައިން ''މޯލްޑިވިއަން'' -- ޓްވިޓަރ

މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމުގެ ވަދުއު ފުއްދުމުގެ ގޮތުން ގައުމީ އެއާލައިންތަކުގެ އެތެރޭގެ އުދުހުންތަކުގެ އަގު ބުރާސްފަތި ދުވަހުން ފެށިގެން ހެޔޮކޮށްފިއެވެ. އެގޮތުން މާލެ އާއި ހަނިމާދޫގެ ދެކޮޅު ދަތުރާއި، މާލެއާއި ތިމަރަފުށީގެ ދެކޮޅު ދަތުރު އަދި މާލެއާއި ކައްދޫގެ ދެކޮޅު ދަތުރުގެ އަގުވަނީ 1،610 ރުފިޔާއާއި 2،226 ރުފިޔާއާ ދެމެދު އަދަދަކަށް ކުޑަކޮށްފައެވެ.

މީގެ އިތުރުން މާލެއާއި އިފުރާއި ދެމެދުގެ ދެކޮޅު ދަތުރާއި، މާލެއާއި ކުޑަހުވަދޫގެ ދެކޮޅު ދަތުރުގެ އަގު ވަނީ 1،500 ރުފިޔާއާއި 2،056 ފުރިޔާއާއި ދެމެދުގެ އަގަކަށް ކުޑަ ކޮށްފައެވެ. މާލެއާއި ކޫއްޑޫ އަދި މާލެއާއި ކާޑެއްދޫގެ ދެކޮޅު ދަތުރުގެ އަގު ވަނީ 1،652 ރުފިޔާއާއި 2،442 ރުފިޔާއާއި ދެމެދުގެ އަގަކަށް ކުޑަކޮށްފައެވެ. އަދި މާލެއާއި ފުވައްމުލަކުގެ ދެކޮޅު ދަތުރުގެ އަގު ވަނީ 1،698 ރުފިޔާއާއި 2،598 ރުފިޔާއާ ދެމެދުގެ އަދަދަކަށް ކުޑަކޮށްފައެވެ.

މާލެ އާއި އައްޑޫގެ ދެކޮޅު ދަތުރުގެ އަގު ވަނީ 1،698 ރުފިޔާއާއި 2،666 ރުފިޔާއާދެމެދުގެ އަގަކަށް ކުޑަކޮށްފައެވެ. މި އަގުތަކުގައި ޓިކެޓް ވިއްކަން ފަށާނީ ޖެނުއަރީ 10 ވަނަ ދުވަހުން ފެށިގެންނެއެވެ. މީގެ ކުރިން ކޮންމެ އެތެރޭގެ އުދުހުންތަކުގެ ކޮންމެ މަންޒިލަކަށްވެސް ފަސް ފެއަރއެއްގައި ޓިކެޓް ވިއްކަމުންދިޔަ ނަމަވެސް މިހާރު ޓިކެޓް ވިއްކަމުންދާނީ ތިން ފެއަރއެއްގައެވެ. އެގޮތުން ކުރިން އެންމެ އަގުބޮޑުކޮށް ޓިކެޓް ވިއްކި ދެ ފެއަރ މިހާރު އުވާލާފައިވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

އެހެންކަމުން މިއީ ކުރީގެ އަގުތަކާއި އަޅާބަލާއިރު މިއަގުތަކަކީ 25 އިންސައްތައާއި 30 އިންސައްތައާއި ދެމެދުގެ އަގުހެޔޮވުމެކެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް ދުރު ރޭންޖްތައް ކަމަށްވާ އައްޑޫ ސިޓީ ފަދަ ދާއިރާތަކުގެ ޓިކެޓް ރޭންޖުން ފެންނާނެއެވެ.

ޓިކެޓްގެ އަގަށް ގެނެވުނު ބަދަލަށް އަމަލުކުރަން ފަށާފައިވާއިރު ކޮންމެ ދުވަހަކުވެސް 500 ސީޓް އަގު ހެޔޮ ބޭންޑުތަކުން ލިބެން ހުންނާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވަނީ ވިދާޅުވެފައެވެ.

ޓިކެޓުގެ އަގުތަކަށް ގެނެވުނު ބަދަލާއި ގުޅޭގޮތުން ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ރިޒްވީ ވިދާޅުވީ ޓިކެޓް އަގުތައް ހެޔޮ ކުރުމުގެ ކުރިން، އަގު ހެޔޮ ފެއަރތަކުގައި ގެންގުޅެފައި ހުރީ 5000 ސީޓް ކަމަށާއި، އޭގެ ތިން ގުނަ މިހާރު އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން އަގު ހެޔޮކޮށް ޓިކެޓް ވިއްކަން ފެށުމާއެކު މަހެއްގެ މައްޗަށް ފަނަރަ ހާސް ސީޓް އެންމެ ދަށް ދެ ބޭންޑުގައި އަބަދުވެސް ލިބެން ހުންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށް ރިޒްވީ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ބަލާލަން ހުތުރު

2 މަސް ކުރިން

ބަލާލަން ހުތުރު ކޮތަރުކޮށި ތަސްވީރެއް މީބޭތުމީހުން ދެކޭ ސުވަރުގެެއެއްނޫން

1
0