21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

އިޒްރޭލް - އިރާން

އިރާނަށް ޖާސޫސްކޮށްދިން ކަމަށް އިޒްރޭލުގެ ކުރީގެ މިނިސްޓަރަކު އިއުތިރާފުވެއްޖެ

  • ހަކަތައިގެ ބާޒާރާއި އަސްކަރީ ސަރަހައްދުތަކާ ބެހޭ މައުލޫމާތު އޭނާ ހިއްސާކުރި
އަމަން ހަލީމް | soupized

| 9 ޖެނުއަރީ 2019 | ބުދަ 22:45 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  8. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި


ސެގޭވް ފުލުހުންގެ ބެލުމުގެ ދަށުން ކޯޓުން ގެންދަނީ -- އޭއެފްޕީ

އިޒްރޭލުގެ ކުރީގެ އެނާޖީ މިނިސްޓަރުގެ މަގާމު ފުރުއްވި ގޯނެން ސެގޭވް، ސަރަހައްދީ ހަތުރެއް ކަމުގައިވާ އިރާނަށް ޖާސޫސް ކޮށްދިން ކަމަށް އިއުތިރާފުވެއްޖެއެވެ.

އިޒްރޭލުގެ ޖަސްޓިސް މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސެގޭވް ކުށަށް އިއުތިރާފު ވީ 11 އަހަރަށް ހުކުމް ކުޑަ ކޮށްދިނުމުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. ސެގޭވް ވަނީ އިޒްރޭލުގެ ހަކަތައިގެ ބާޒާރާއި އަސްކަރީ ސަރަހައްދުތަކާ ބެހޭ ސިއްރު މައުލޫމާތު އިރާނަށް ފޯރުކޮށްދިން ކަމަށް މި އެއްބަސްވުމުގެ ދަށުން އިއުތިރާފުވެފައެވެ.

އިޒްރޭލުގެ ޝިން ބެތު އިންޓަރނަލް ސެކިއުރިޓީ ސާވިސްއިން ބުނެފައި ވަނީ އިރާނުގެ ޖާސޫސީ އިދާރާއިން ސެގޭވް "ރެކްރޫޓް" ކުރީ ނައިޖީރިއާގައި ދިރިއުޅެމުން ދިޔަ ދުވަސްކޮޅު ކަމަށެވެ. އަދި ސެގޭވް ތަފާތު ދެ ފަހަރެއްގެ މަތިން އިރާނަށް ދަތުރުކޮށްފައިވާ ކަމަށް ވެސް ޝިން ބެތްއިން ވަނީ ހާމަކޮށްފައެވެ.

ސެގޭވް ހައްޔަރު ކުރެވުނީ އެފްރިކާގެ ގައުމެއް ކަމުގައިވާ އިކުއިޓޯރިއަލް ގިނީން މިދިޔަ އަހަރުގެ މެއި މަހުގައެވެ. ސެގޭވްއަކީ މީގެ ކުރިން ވެސް އިޒްރޭލަށް "އެކްސްޓަސީ" ގުޅަތަކެއް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި، ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ މީހެކެވެ. 

މިއީ އިޒްރޭލުގެ އެހާ އިސް ފަރާތެއް އިރާނަށް ޖާސޫސްކޮށްދިން ކަމަށް ސާބިތުވީ ފުރަތަމަ ފަހަރެވެ. އިޒްރޭލުން އިރާނު ދެކެނީ އެ ގައުމުގެ އެއްމެ ބޮޑު ހަތުރު ނުވަތް "އެނެމީ ނަމްބަރ ވަން" ގެ ގޮތުުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް