19 މާރޗް 2019 | އަންގާރަ | 09 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

ޗައިނާގެ ކާރުގެ ވިޔަފާރި

20 އަހަރުގެ ތެރޭގައި ޗައިނާގެ ކާރުގެ ވިޔަފާރި ފުރަތަމަ ފަހަރަށް ދަށަށް

  • ޗައިނާގެ ކާރުގެ ވިޔަފާރީ ދަށަށް ގޮސްފައިވަނީ 6 އިންސައްތަ
ސިމާހާ ނަސީމް | sim_kamana

| 9 ޖެނުއަރީ 2019 | ބުދަ 22:24 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  5. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  6. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި


ޗައިނާގެ ކާރުގެ ވިޔަފާރީ ދަށަށް ގޮސްފައިވަނީ 6 އިންސައްތައަށް -- ގެޓީ އިމޭޖާސް

20 އަހަރުގެ ތެރޭގައި ޗައިނާގެ ކާރުގެ ވިޔަފާރި ފުރަތަމަ ފަހަރަށް ދަށަށް ހިނގައްޖެއެވެ.

ޗައިނާ ޕެސެންޖަރ ކާރު އެސޯސިއޭޝަންގެ ރިޕޯޓްތައް ދައްކާ ގޮތުން ޗައިނާގެ ކާރުގެ ވިޔަފާރީ ދަށަށް ގޮސްފައިވަނީ 6 އިންސައްތައެވެ. އެ އެސޯސިއޭޝަން އިން މިހެން ހާމަކޮށްފައިވަނީ ޗައިނާގެ އިޤްތިސާދު ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

ކާރުގެ ވިޔަފާރި ކުރާ ފޯޑް، ލޭންޑް ރޯވަރ އަދި ޖެނެރަލް މޮޓޯސް ފަދަ ކުންފުނިތަކުން ޗައިނާގެ ކާރުގެ ވިޔަފާރީ ފާއިތުވި މަސްތަކުގައި ދަށްކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ވިޔަފާރި ދަށްވި މައިގަނޑު ސަބަބަކީ ޗައިނާގެ އިޤްތިސާދަށް އައި ބަދަލުގެ އިތުރުން ޗައިނާ އާއި އެމެރިކާއާ ދެމެދު ފަށާފައިވާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ކަމަށް ދަ ޗައިނާ އެސޯސިއޭޝަން އޮފް އޮޓޯ މޮބައިލްސް މެނުފެކްޗާޒްގެ ފަރާތުން ވަނީ ތުހުތަމުކޮށްފައެވެ. މިދިޔަ އަހަރު އެމެރިކާ އާއި ޗައިނާއިން އެއްގައުމު އަނެއް ގައުމެއްގެ މުދަލުން ވަނީ ވަރަށް ބޮޑެތި  ޑިއުޓީތައް ނަގަން ފަށާއެވެ.

މި އެސޯސިއޭޝަންގެ ފަރާތުން ލަފާކޮށްފައިވާ ގޮތުން މިއަހަރު ކާރުގެ ވިޔަފާރީއަށް ބަދަލެއް ނާންނާނެއެވެ. އަދި މިހާރު ޕެޓްރޯލާއި ޑީސަލަށް އޮންނަ ޑިމާންޑް ކުޑަވުމުން އިލެކްޓްރޯނިކް ކާރުގެ ވިޔަފާރި ރަނގަޅު ކުރުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށް އެސޯސިއޭޝަނުން ދެކެއެވެ.

ޗައިނާ ސަރުކާރުން ވަނީ ކާރުތައް ގަތުމަށްޓަކައި އެ ޤައުމުގެ ރައްޔިތުންނަށް ދެމުން އައި ސަބްސިޑީ ވެސް ކަނޑާލާފައެވެ. ނަމަވެސް އެ ގައުމުގެ ޗައިނާ ނެޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަންއިން ކާރު ގަތުމަށް ބާރުއަޅާ ސިޔާސަތުތަކެއް ތައާރަފް ކުރަން ނިންމާފައި އޮތުމުން ކާރުގެ ވިޔަފާރި ރަނގަޅު ވެދާނެ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected]jje.mv އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް