19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:10
މެންދުރު 12:18
އަސްރު 15:23
މަޣްރިބް 18:19
އިޝާ 19:30

ދިވެހި ފުޓުބޯޅަ ސީޒަން

މިއަހަރުގެ ފުޓުބޯޅަ ސީޒަން ފަށާނީ ޖޫން މަހު: އެފްއޭއެމް

  • ޖޫން މަހު ސީޒަން ފަށަން ނިންމީ ކްލަބްތަކާ މަޝްވަރާކޮށްފައި
ލީވާން އަލީ | MrLeevaan

| 9 ޖެނުއަރީ 2019 | ބުދަ 20:26 | |

މަގުބޫލް

  1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
  2. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
  3. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  4. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
  5. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި


އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އަދި ޖެނެރަލް ސެކެޓްރީ ޖަވާޒް (ކ) -- މިހާރު

ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ފުޓުބޯޅަ ސީޒަން ޖޫން މަހު ފަށަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އެފްއޭއެމުން މިހެން ނިންމާފައިވަނީ ޖޫން މަހު ސީޒަން ފަށައިފިނަމަ، ކުޅުންތެރިންނަށް އަދި ފުޓުބޯޅައަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް ފުޓުބޯޅަ އާއިލާގައި ހިމެނޭ ގިނަ ބަޔަކު ބުނަމުންދަނިކޮށެވެ.

ޖޫން މަހު ސީޒަން ފަށަން ނިންމި ނިންމުމާ ގުޅިގެން ރާއްޖެއެމްވީން ތަކުރާރުކޮށް އެފްއޭއެމްގެ ބަހެއް ހޯދުމަށް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެފްއޭއެމްގެ އެއްބާރުލުމެއް މިކަމުގައި ލިބިފައެއް ނުވެއެވެ.

ނަމަވެސް މިހާރު ނޫހަށް ދިން އިންޓަވިއުއެއްގައި އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ، ޖޫން މަހު ސީޒަން ފެށުމަށް ނިންމީ ކްލަބްތައް އެކަމަށް ބޭނުންވާތީ ކަމަށާއި، އެކަމަށް ދިވެހި ޕްރިމިއާ ލީގުގެ ކްލަބްތަކުގެ މެޖޯރިޓީ ތާއީދު ލިބުނު ކަމަށެވެ.

ޖަވާޒް މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޫން މަހު ސީޒަން ފެށުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފިޔަވާ ފުރަތަމަ ޑިވިޝަންގެ ހުރިހާ ކްލަބަކުން ވަނީ ތާއީދުކޮށްފައެވެ.

އެފްއޭއެމުން އިއުލާންކޮށްފައިވާ ގޮތުން މިއަހަރު ސީޒަން ފަށާނީ ޗެރިޓީ ޝިލްޑް މެޗުންނެވެ. އެގޮތުން މިއަހަރު ޗެރިޓީ ޝިލްޑް މެޗު ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުކޮށް، އެ މެޗުގައި ބައްދަލުކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ.ތިމަރަފުށި އަދި ލީގު ޗެމްޕިއަން ޓީސީ ކަމަށް އެފްއޭއެމުން ވަނީ ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް