21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

އަލްވަރާ މޮރާޓާ

މޮރާޓާ ހޯދުމަށް ސެވިއްޔާއިން މަސައްކަތް ކުރަނީ!

  • މޮރާޓާ ޗެލްސީއަށް ބަދަލުވީ 2017 ވަނަ އަހަރު ފަސް އަހަރަށް
ލީވާން އަލީ | MrLeevaan

| 9 ޖެނުއަރީ 2019 | ބުދަ 20:09 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


ޗެލްސީއަށް ކުޅެމުން އަންނަ އަލްވަރާ މޮރާޓާ -- ގެޓީ އިމޭޖާސް

ޗެލްސީއަށް ކުޅެމުން އަންނަ އަލްވަރާ މޮރާޓާ ހޯދުމަށް ސެވިއްޔާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޖެނުއަރީ ޓްރާންސްފާގައި ގިނަ ކްލަބްތަކުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ މޮރާޓާ ހޯދުމަށް ސެވިއްޔާއިން ޝައުގުވެރިވާ ކަމަށް އެ ކްލަބުން އެއްބަސްވެފައިވާއިރު، އެ ކަމަށް ކުރަންޖެހޭ މަސައްކަތް ސެވިއްޔާއިން ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މޮރާޓާ ޗެލްސީއަށް ބަދަލުވީ 2017 ވަނަ އަހަރު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 70 މިލިއަން ޕައުންޑަށެވެ. އެގޮތުން މޮރާޓާ ވަނީ މިހާތަނަށް ޗެލްސީއަށް ކުޅުނު 72 މެޗުގައި 24 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު އެފްއޭ ކަޕްވެސް ކާމިޔާބުކޮށްފައެވެ.

ރެއާލް މެޑްރިޑުން 2010 ވަނަ އަހަރު ސީނިއާ ކްލަބް ލެވެލް ކެރިއަރު ފެށި މޮރާޓާ ރެއާލް ދޫކޮށްލުމަށްފަހު ޔުވެންޓަސްއަށް 2014 ވަނަ އަހަރު ބަދަލުވެފައިވާއިރު، އެ ކްލަބުގައި އޭނާ ވަނީ ދެ ސީޒަން ހޭދަކޮށްފައެވެ. އެމުއްދަތުގައި އެޓީމަށް ކުޅުނު 93 މެޗުގައި 27 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު އިޓާލިއަން ލީގު ދެފަހަރު، އިޓާލިއަން ކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން އޭނާ ވަނީ އިޓާލިއަން ސުޕާކަޕްގެ ދެވަނަ އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަވެސް ޔުވަންޓަސްއާއެކު ކާމިޔާބުކޮށްފައެވެ.

ޔުވަންޓަސް ދޫކޮށްލުމަށްފަހު މޮރާޓާ ރެއާލަށް ބަދަލުވީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 53 މެޗުގައި 11 ލަނޑު ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމަށް ކުޅުނު 27 މެޗުގައި 13 ލަނޑު ކާމިޔާބުކޮށްފައިވާ މޮރާޓާ ވަނީ ސްޕެއިން 19 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް