21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ބޮލީވުޑް

މުންނާބާއި 3 މި އަހަރު ރިލީޒް ކުރަނީ

  • މި ސީރީޒް ގައި ކުރިން ފެނިގެން ގޮސްފައިވަނީ ސަންޖޭދަތް އާއި އަރްޝްދް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 9 ޖެނުއަރީ 2019 | ބުދަ 19:43 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  8. ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި


ސަންޖޭދަތް އާއި އަރްޝަދް ވަރްސީ -- ހިންދުސްތާނީ ޓައިމްސް

"މުންނާ ބާއީ 3" މިއަހަރު ތެރޭގައި ރިލީޒް ކުރާނެ ކަމަށް ބޮލީވުޑްގެ ތަރި އަދި "މުންނާ ބާއީ" ސީރީސްގެ ފިލްމްތަކުން ފެނިފައި ވަނީ އަރްޝަދް ވަރްސީ ބުނެފިއެވެ.

ރާޖް ކުމާރު ހިރާނީ ޑައިރެކްޓް ކުރާ މި ސީރީޒް ގައި ކުރިން ފެނިގެން ގޮސްފައިވަނީ ސަންޖޭދަތް އާއި އަރްޝްދްއެވެ.

ޕީޓީއައި އަށް ދިން އިންޓަވިއު އެއްގައި އަރްޝަދް ބުނެފައި ވަނީ މި ފިލްމްގެ ސްކްރިޕްޓް މިހާރު ތައްޔާރު ކުރަމުންދާ ކަމަށާއި މިއަހަރުގެ މެދުތެރޭގައި ނުވަތަ މިއަހަރުގެ ފަހުކޮޅު ފިލްމް ރިލީޒް ކުރާނެ ކަމަށެވެ.

މި ފިލްމްގައި ވެސް އޭނާ އާއި ސަންޖޭދަތު ފެނިގެންދާނެ ކަމަށް އަރަޝަދް ވަނީ ބުނެފައެވެ.

މީގެ އިތުރުން އަރްޝަދް ބުނެފައި ވަނީ "ގޯލްމާލް" ސީރީސްގެ ފަސްވަނަ ފިލްމް ވެސް މިއަހަރު ތެރޭގައި ރިލީޒް ކުރާނެ ކަމަށެވެ.

ގޯލްމާލް ސީރީސްގެ ޑައިރެކްޓަރ ރޯހިތު ޝެޓީގެ ފިލްމް "ސިމްބާ" ވަނީ ދާދި ފަހުން ރިލީޒް ކޮށްފައެވެ. މި ފިލްމްގެ ޚާއްސަ ލަވައަކުން ގޯލްމާލް ޓީމްގެ ތަރިން ވަނީ ފެނިގެން ގޮސްފައެވެ. މި ލަވައިގައި ގޯލްމާލްގެ އިތުރު ފިލްމެއް ހަދަން އުޅޭ ކަމުގެ އިޝާރާތެއް ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް