19 މާރޗް 2019 | އަންގާރަ | 09 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

މަގޭ ރިޕޯޓްް

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

  • އަބްދުﷲ ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ތަހުޤީޤް ފުލުހުން އަންނަނީ ހިންގަމުން
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 9 ޖެނުއަރީ 2019 | ބުދަ 18:24 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  5. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  6. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި


އަބްދުﷲ ޔާމީންގެ ދެ ކަނބަލުން -- ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ތަހުޤީޤް ހިންގާއިރު، އަންގާރަ ދުވަހު ފުލުހުންގެ އިދާރާގައި 6 ގަޑިއިރު އިންނެވުމަށްފަހު ނިކުމެވަޑައިގެން ޔާމީން ވަނީ ނޫސްވެރިންގެ ގިނަ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ. ބޮޑެތި މުޖުރިމުންވެސް، ޖަރީމާތައް ހިންގުމަށްފަހު ނިކުމެވަޑައިގެން މީޑިއާގެ ކުރިމަތީގައި މޮޅެތި ވާހަކަތައް ތަރުތީބުކޮށް، ހާމަކޮށްލާ އުސޫލުންނެވެ. ނަމަވެސް ޔާމީންގެ ވާހަކަތަކާއެކު، ބިތުފަންގި ނެގިގެންދިޔައީ، އެމަނިކުފާނު އަމިއްލަފުޅަށް ކުރައްވާފައިވާ ކަންތައްތަކެވެ. އުފެދިގެން ދިޔައީ އިތުރު ގިނަ ސުވާލުތަކެކެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ފައިސާއިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހްމަތުކުރާ އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކުގައި އިންވެސްޓްކޮށްފައިވާކަމަށެވެ. އެ ފައިސާއިން މާލީ މަންފާތަކެއް ހޯދަވަމުންގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ނޭނގި ހުންނަވާ ނަމަވެސް، ޔާމީން އެ ވަނީ ޤާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު ކުރުން މަނާކޮށްފައިވާކަމަށް އެއްބަސްވެވަޑައިގެންފައެވެ. ޤާނޫނު އަސާސީގެ 119 ވަނަ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އެއްވެސް މާލީ މަންފާއެއް ހޯދުމަކީ ކުށެއް ކަމަށެވެ. އެއްވެސް ވިޔަފާރި މުއާމަލާތެއްގައި ބައިވެރިވެވަޑައިގެން އެއްވެސް މަންފާއެއް ހޯދަމުން ދިޔުމަކީވެސް ކުށެއް ކަމަށެވެ. 

އިސްލާމިކް ބޭންކަށް ޖަމާކުރައްވާ، މަންފާ ހޯއްދަވަމުންގެންދެވި އެއް މިލިއަން ޑޮލަރަކީ ސައްހަ ފައިސާއަށްވި ނަމަވެސް، އަދި ސައްހާ ނޫން ފައިސާއެއްކަމުގައިވީ ނަމަވެސް ޔާމީން އެ ވަނީ ޤާނޫނު އަސާސީގައި މަނާކޮށްފައިވާ މުއާމަލާތެއް ހިންގާފައި ކަމަށް ބައެއް ފަރާތްތަކުން ތުހްމަތުކުރެ އެވެ. އެކަމަށް އަބްދުﷲ ޔާމީން ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭނެ އެވެ. 

ދެންވެސް އޮތީ ހުސް ސުވާލެވެ. އަންގާރަ ދުވަހުގެ ރޭ ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރެއްވީ ކޮން ކުންފުންޏަކުންކަން އެނގިވަޑައިނުގަންނަވާކަމަށެވެ. އެ އެއް މިލިއަން ޑޮލަރަކީ އެއީ އަތްމަތި ދަތިވެގެން، ފައިސާއަކަށް އެދިވަޑައިގަތުމުން، ސިޔާސީ ހަރާކާތްތަކަށް އެކި ބޭފުޅުން ދެއްވާފައިވާ ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ދެއްވި ފައިސާކަމަށެވެ. 

މިލިއަނުން މިލިއަނުން އެކައުންޓަކަށް، ކުންފުންޏަކުން ފައިސާ ޖަމާކުރާއިރު، އެކައުންޓުގެ ޓްރާންސެކްޝަން ނުބައްލަވާނީ ކާކު ހެއްޔެވެ؟ އެންމެ މުސްހަދި މަހުޖަނުވެސް އެކައުންޓަށް އެހާ ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރާކަމުގައިވާނަމަ އެ ޓްރާންސެކްޝަންގެ ތަފްސީލް ހޯއްދަވާނެ އެވެ. ނަމަވެސް އަބްދުﷲ ޔާމީން ވިދާޅުވީ އެމަނިކުފާނު އެވަރުވެސް ބައްލަވާލައްވާފައިނުވާކަމެވެ. 

ފައިސާއަކީ އަތްމަތި ދަތިވެގެން ހޯއްދެވި ފައިސާކަމަށް ވިދާޅުވިއިރު، އަތްމަތި ދަތިވެގެން ހޯއްދެވި ފައިސާއެއް ކަމަށްވާނަމަ އެ ފައިސާ އިންވެސްޓްކުރެއްވުމުގެ ބޭނުމަކީ ކޮބައިތޯ އެވެ. އަތްމަތިދަތިވެގެން ހޯއްދަވާ ފައިސާއެއްކަމުގައިވާނަމަ، އެ ދަތިކަމެއް، ހަމަޖެހެންދެން އެ ފައިސާއެއް ބޭނުންކުރާނެ އެވެ. އެއީ އިންސާނީ ތޮބިއްޔަތެވެ. ނަމަވެސް، ޔާމީން އެއިން އެންމެ ފައިސާ ފޮއްޗެއްގައިވެސް ޖެހިވަޑައިނުގެން، އިސްލާމިކް ބޭންކުގައި، އެ ފައިސާ މާލީ މަންފާ ލިބިވަޑައިގަންނަވާ ގޮތަށް ބެހެއްޓެވީ އެވެ. 

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް، އިސްލާމިކް ބޭންކަށް ޖަމާކުރެއްވި އެއް މިލިއަން ޑޮލަރުން މާލީ މަންފާ ލިބިވަޑައިގަންނަވާނެ ގޮތަށް ބެހެއްޓެވުމަށްފަހު، އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވީ އިތުރު އެއް މިލިއަން ޑޮލަރެއް ކަމަަށެވެ. ނޫސްވެރިން ތަކުރާރުކޮށް، ސުވާލުކުރެއްވުމުން އެމަނިކުފާނު ވިދާޅުވީ، އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވީ، ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އަތުން ބައްލަވައިގެންނެވި އެއް މިލިއަން ޑޮލަރުގެ ޗެކެއް ކަމަށެވެ. 

ސުވާލަކީ، ރައީސް ޔާމީން، މޫސާ ޒަމީރުގެ އަތުން އެއް މިލިއަން ޑޮލަރުގެ ޗެކެއް ބައްލަވައިގެންނެވީ ކޯޗެއް ދެއްވުމަށްފަހުގައިތޯ އެވެ. ރައީސް ޔާމީނަކީ، ޤާނޫނު އަސާސީގެ ދަށުން ނިމުނު ފަސް އަހަރު ވިޔަފާރި ކުރެއްވުމުން މަނާ ބޭފުޅަކަށްވާއިރު، މާލީ މަންފާއެއް ހޯއްދެވުންވެސް މަނާކުރެވިފައިވާ ބޭފުޅެކެވެ. އެހެންކަމުން އެ އެއް މިލިއަން ޑޮލަރު މޫސާ ޖަމީރުގެ އަތުން ބައްލަވައިގަންނަވަން ހޯއްދެވި މުއްސަނދިކަމާމެދުވެސް ސުވާލު އުފެދެވެ. ޖާއިޒް ގޮތުގައި އެފަދަ މުއްސަނދިކަމެއް ޔާމީނަށް ލިބިވަޑައިގެންފައިވޭތޯ އެއީ ރައްޔިތުންނަށް ސާފުކޮށްދެއްވަންޖެހިވަޑައިގަންނަވާ ކަންކަމެވެ. 

ޔާމީން ނޫސްވެރިންނަށް ހިއްސާކުރެއްވި މައުލޫމާތާއެކު ޔަޤީންވެގެންދިޔައީ، ސުވާލު އުފެދޭ، އެއް މުއާމަލާތަށްވުރެ ގިނަ މުއާމަލާތްތަކެއް އެމަނިކުފާނު ހިންގަވާފައިވާކަމެވެ. ޤާނޫނުގެ ދިގު އަތް ދަމަލައިފިކަމުގައިވާނަމަ، ޔަމީނަށް ސަލާމަތްވެވޭނެ ހަމަ އެންމެ ޖާގައެއްވެސް އޮންނާނެތޯ އެވެ. ރައްޔިތުންގެ ފައިސާއަށް އެއްގޮޮތަށްވުރެން ގިނަ ގޮތްގޮތުން ހިޔާނަތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭކަންކަމުގައި ހަޤީޤަތްތައް ހޯދައި، ހާމަކުރަންޖެހެ އެވެ. ޖަވާބުދާރީކުރުވަންޖެހެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ސޯލްޓް

2 މަސް ކުރިން

ޕްރޮޒެކިއުޓަރ އަކަށް ބިޝާމް ލައިގެން ތިކަމެއް ނުވާނެ. ތި އުޅެނީ އެހެން ސަކަރާތެއް ޖަހަން.

0
0