21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

މުހައްމަދު ސަލާހު

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އަނެއްކާވެސް ސަލާހު

  • ސަލާހު ވަނީ 2017 ވަނަ އަހަރުވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި
ލީވާން އަލީ | MrLeevaan

| 9 ޖެނުއަރީ 2019 | ބުދަ 07:22 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  8. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި


އެފްރިކާގެ މޮޅު ކުޅުންތެރިޔާ ސަލާހު -- ގެޓީ އިމޭޖާސް

އެފްރިކާގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑު އަނެއްކާވެސް ލިވަޕޫލަށް ކުޅެމުން އަންނަ މުހައްމަދު ސަލާހު ހޯދައިފިއެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ސަލާހު ހޯދާފައިވާއިރު، އޭނާ ވަނީ 2017 ވަނަ އަހަރުގެވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ސަލާހުއާއެކު އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރީ އޭނާއާއެކު ލިވަޕޫލަށް ކުޅެމުން އަންނަ ސާޑިއޯ މާނޭ އާއި އާސެނަލްއަށް ކުޅެމުން އަންނަ އެމެރިކް އޮބަމަޔަންގް އެވެ.

އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެންމެ ގިނައިން ހޯދާފައިވަނީ ޔާޔާ ޓޫރޭ އާއި ސެމުއެލް އެޓޫއެވެ. މި ދެ ކުޅުންތެރިންވެސް ވަނީ މި އެވޯޑް ހަތަރު ފަހަރެއްގެ މަތިން ހޯދާފައެވެ.  

ސަލާހު ވަނީ މިދިޔަ އަހަރު ލިވަޕޫލް އަދި މިސްރަށް 44 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އޭނާ ވަނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި 32 ލަނޑު ކާމިޔާބުކޮށް، ރަން ބޫޓްވެސް ހާސިލްކޮށްފައެވެ.

ސަލާހު ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. ނަމަވެސް ނިމިގެންދިޔަ އަހަރުގެ ވޯލްޑް ކަޕްގައި އަނިޔާގެ ސަބަބުން އޭނާއަށް މާމޮޅު ކުޅުމެއް ނުދެއްކެއެވެ.

ދުނިޔޭގެ ހަވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މިދިޔަ އަހަރު ހޯދި ސަލާހު ވަނީ މިދިޔަ އަހަރު ޔުއެފާއިން ހޮވާ އެންމެ މޮޅު ތިންވަނަ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް