21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

އުތުރު ކޮރެއާ-ޗައިނާ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޗައިނާގައި

  • އުތުރު ކޮރެއާގެ އެންމެ ގާތް އެކުވެރިއަކީ ޗައިނާ
އަބުދުﷲ މުހައްމަދު | 8Abbo

| 9 ޖެނުއަރީ 2019 | ބުދަ 01:56 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  8. ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި


ރައީސް ޝީ ޖިން ޕިން އަދި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން މިދިޔަ އަހަރު ޗައިނާގައި ބައްދަލުކުރައްވަނީ  -- އޭޕީ

ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ޗައިނާއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅު ކުރައްވާފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއެކު ކިމް ބާއްވަވާ ދެވަނަ ބައްދަލުވުމުގެ މަސައްކަތްތައް އިތުރުކޮށްފައިވާ ވަގުތެއްގައެވެ.

ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީން އަންގާރަ ދުވަހު ބުނީ އަމިއްލަފުޅު ރޭލުގައި އަނބިކަނބަލުން ރީ ސޮލް ޖޫއާއި އުތުރު ކޮރެއާގެ އިސް އޮފިޝަލުންނާއެކު މި ދަތުރުފުޅަށް ކިމް ފުރާވަޑައިގެންފައިވަނީ ހޯމަ ދުވަހުކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ ވެރިރަށް ބެއިޖިންގެ ރޭލް ސްޓޭޝަންގެ ކައިރީގައި އަންގާރަ ދުވަހުގެ ހެނދުނު މެޓަލް ގޭޓް ބަހައްޓައި ފުލުހުން މަގު ބަންދުކޮށްފައިވަނިކޮށް މޮޓޯރ ކޭޑް ކޮޅެއް އެތަނުން ނައްޓާލިތަން ފެނިފައިވެއެވެ. އެއީ ކިމްގެ ރޭލް ޗައިނާގެ ސަރައްހައްދީ ރޮނގު ހުރަސްކުރިތާ ގަޑިއިރުތަކެއްގެ ތެރޭގައެވެ.

އުތުރު ކޮރެއާ އާއި ޑިޕްލޮމެޓިކް ގޮތުންނާއި، ވިޔަފާރީގެ ގޮތުން އަދި އެހީތެރިވުމުގައި އެންމެ ގާތް ޗައިނާއަށް ކިމް ކުރައްވާ ދަތުުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ އާއެކު ހަތަރުވަނަ ފަހަރަށް ބައްދަލުކުރައްވާނެކަމަށްވަނީ ބެެލެވިފައެވެ.

ކިމް މި ދަތުރުފުޅު ކުރައްވާފައި މިވަނީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓައި އަދި ފިއްތުންތައް ކުރިމަތިކުުރުވާނަމަ ދެވަަނަ ވިސްނުމަކަށް ހިނގައިދާނެކަމަށް އިންޒާރު ދެއްވިތާ ހަފްތާއެއްގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް