19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:10
މެންދުރު 12:18
އަސްރު 15:23
މަޣްރިބް 18:19
އިޝާ 19:30

ދިވެހިރާއްްޖެ-އެމެރިކާ

އެމެރިކާ ސަފީރާއި އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް މިނިސްޓަރު ޝާހިދުއާ ބައްދަލުކުރައްވައިފި

  • އެމެރިކާއިންވަނީ ރާއްޖެއަށް އެހީތެރިކަން ދިނުމަށް ތައްޔާރަށް އޮތްކަމަށް ބުނެފައި
އަބުދުﷲ މުހައްމަދު | 8Abbo

| 9 ޖެނުއަރީ 2019 | ބުދަ 01:03 | |

މަގުބޫލް

  1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
  2. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
  3. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  4. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
  5. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި


2019 ޖެނުއަރީ 8 ގައި އެމެރިކާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އެލައިނާ ބީ. ޓެޕްލިޒްއާއި އެ ގައުމުގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ރެންޑަލް ޝްރައިވަރ ޚާރިޖީ ވަޒީ -- އާކައިވް

އެމެރިކާއިން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އެލައިނާ ބީ. ޓެޕްލިޒްއާއި އެ ގައުމުގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ރެންޑަލް ޝްރައިވަރ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ އަންގާރަ ދުވަހު ބައްދަލުކުރައްވައިފިއެވެ.

އަންގާރަ ދުވަހުގެ މެންދުރު ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުވަނީ ސަފީރު ޓެޕްލިޒްއަށް އަދި އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސްއަށް މަރުހަބާ ވިދާޅުވެ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ޝްރައިވަރ އަދި ސަފީރު ޓެޕްލިޒްވަނީ ރާއްޖެއަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް އެމެރިކާ ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. ވަކިން ޚާއްސަކޮށް ދިފާއީ ދާއިރާއާއި ސަލާމަތީ ކަންކަމުގައި ރާއްޖެއަށް އެހީތެރިވުމަށް ތައްޔާރުކަން އެ ބޭފުޅުން ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ކަނޑުގެ ސަރަހައްދާއި ސަރަހައްދީ އިމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައާއި ޓެރެރިޒަމާއި ހައްދު ފަހަނައެޅުމާ ދެކޮޅަށް ކުރެވޭ މަސައްކަތާއި ދެގައުމަށް ލާބަހުރި އެހެނިހެން ކަންކަމުގައި އެމެރިކާގެ ސަރުކާރުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާޙިދުގެ އިތުރުން މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ޚަލީލްއާއި، ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދުއާއި ރާއްޖެއިން އެެމެރިކާއަށް ކަނޑައެޅުއްވުމަށް ހޮއްވަވާފައިވާ ތިލްމީޒާ ހުސައިން އަދި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޝިއުނީން ރަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމެރިކާ ސަފީރު ޓެޕްލިޒްއާއި އެ ގައުމުގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ޝްރައިވަރގެ އަރިހުގައި ކޮލަމްބޯ އެމްބަސީގެ ޑިފެންސް އަޓާޝޭ ޑަގްލަސް ހެސްއާއި ކޮލަމްބޯ އެމްބަސީގެ ޑެޕިއުޓީ ޕޮލިޓިކަލް ޗީފް މާކަސް ކާޕެންޓަރއާއި  މިލިޓަރީ އެސިސްޓެންޓް ކްރިސްޓިއަން ފައިފަރ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.

އެމެރިކާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމާ ޓެޕްލިޒް ހަވާލުވެވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އާކޮޅުމަތީ

2 މަސް ކުރިން

އާކޮޅުމަތީ އުލޭނެ ތިޔަހެން ވަރަށް އާޓުދަށްކާފަ

0
0