20 ޖެނުއަރީ 2019 | އާދީއްތަ | 03 ހުވަން
14 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32

ގަބޯންގެ ބަޢާވާތް 2019

ގެބޯންގައި ކުރަން އުޅުނު ބަޣާވާތް ހުއްޓުވައިފި

  • ޢާވާތުގައި ބައިވެރިވި ދެ މީހަކު މަރާލާ އިތުރު ހަތް މީހަކު ހައްޔަރު ކޮށްފައިވޭ
  • ބަޢާވާތުގެ ބައިވެރިން ބުނީ ގަބޯންގެ ރައީސް އަލީ ބޮންގޯއަށް މަގާމުގެ މައްސޫލިއްޔަތު ނަގަން ސިއްހީ ހާލުކޮޅު ތަން ނުދޭ ކަމަށް
އަމަން ހަލީމް | soupized

| 8 ޖެނުއަރީ 2019 | އަންގާރަ 21:56 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ބަޢާވާތައް ތާއީދު ކުރުމުގެ ގޮތުން ރޭޑިއޯ ސްޓޭޝަން ދޮށަށް އެއްވި މީހުން -- އޭއެފްޕީ

ގެބޯންގެ ސިފައިންތަކެއް ވެގެން ކުރަން އުޅުނު ބަޢާވާތް ހުއްޓުވައި، ބަޢާވާތުގެ ބައިވެރިން ހައްޔަރު ކުރެވިފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

ގެބޯން ސަރުކާރުގެ ތަރުޖަމާނު ގާއި-ބަރޓްރަންޑް މަޕަންގޫ ހޯމަ ދުވަހު ވިދާޅުވީ ބަޢާވާތުގައި ބައިވެރިވި ދެ މީހަކު މަރާލާ އިތުރު ހަތް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ބަޢާވާތް ކުރަން މަސައްކަތް ކުރި އަސްކަރިއްޔާގެ މީހުން އެ ގައުމުގެ ރޭޑިއޯ ސްޓޭޝަން ހިސޯރުކުރުމަށް ފަހު ފޮނުވި މެސެޖުގައި ބުނީ މިހާރު އެ ގައުމުގެ ރައީސް އަލީ ބޮންގޯއަކީ މަގާމުގެ މައްސޫލިއްޔަތު އުފުލޭ ވަރުގެ ބޭފުޅެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

59 އަހަރު ވެފައިވާ އަލީ ބޮންގޯ ސައުދީ އަރަބިއާގައި ހުއްޓާ ސްޓްރޯކެއް ޖެހިވަޑައިގެންނެވީ އޮކްޓޫބަރު މަހުގައެވެ. އަދި ނޮވެމްބަރު މަހުން ފެށިގެން ބޮންގޯ ހުންނެވީ ސިއްހީ ފަރުވާއަށް މޮރޮކޯގައެވެ.

އާ އަހަރު ދުވަހު މޮރޮކޯގައި ހުންނަވާ ގައުމާ މުހާތަބު ކުރައްވާ ވާހަކަދެއްކެވި އިރު ބޮންގޯއަށް ވާހަކަދައްކަވަން އުނދަގޫވެ، ކަނާތު އަތުން ވާގި ދޫވެފައި ހުރިކަން ވަނީ ފާހަގަވެފައެވެ. އަމިއްލަ ބާރުގައި އަދި ބޮންގޯއަށް ހިނގޭ ވަރުވެސް ނުވާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ބަޢާވާތުގެ ލީޑަރަކަށް ހުރި ލެފްޓިނެންޓް ކެލީ އޮންޑޯ އޮބިއަންގް މުޅި ގައުމުށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ބޮންގޯގެ އާ އަހަރުގެ ހިތާބުން އެނގިގެން ދިޔައީ އޭނާއަށް މަގާމުގެ މައްސޫލިއްޔަތު އުފުލުމަށް ސިއްހީ ހާލަތު ތަން ނުދޭ މިންވަރުކަމަށެވެ. ވެރިކަން ވައްޓާލުމުގެ މަސައްކަތް ކުރަން ފެށީ ގަބޯންގައި ޑިމޮކްރަސީގެ އުސޫލުތަށް އަލުން ގެނައުމުގެ ބޭނުމުގައި ކަމަށް ވެސް އޮންޑޯ ވިދާޅުވިއެވެ.

މި ބަޢާވާތަށް ތާއީދުކުރުމުގެ ގޮތުން ހިސޯރުކުރި ރޭޑިއޯ ސްޓޭޝަން ދޮށަށް އެއްވި 300 އެއްހާ މީހުން ސަރުކާރަށް ވަފާތެރި ސިފައިން ވަނީ މާ ގިނަ އިރުތަކެއް ނުވަނީސް އެ ސަރަހައްދުން ފޮނުވާލާފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ސްޓޭޝަން ތެރެއަށް ވަދެ ސިފައިން ވަނީ ބަޢާވާތުގެ ލީޑަރު އޮންޑޯ ހައްޔަރުކޮށް، ސްޓޭޝަންގެ ތެރޭގައި ތާށިވެފައި ތިބި މުވައްޒިފުން ސަލާމަތްކޮށްފައެވެ.

ގެބޯންގައި ކާފިއު އިއުލާންކޮށް އިންޓަނެޓްގެ ހިދުމަތް ވެސް ވަނީ ކަނޑާލާފައިއެވެ. އަދި ކުރަން އުޅުނު ބަޢާވާތުގެ ސަބަބުން ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ގަބޯންގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ބޮންގޯގެ އާއިލާއިން 1967 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ވެރިކަން ކުރަމުން އައިސްފައިވާ އިރު، އަލީ ބޮންގޯ ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ ބައްޕަ އޮމަރް ބޮންގޯ 2009 ވަނަ އަހަރު އަވަހާރަވެވަޑައިގަތުމުންނެވެ.

ތެލުގެ މުއްސަންދިކަން ލިބިފައިވާ ގަބޯންގައި ތިންބައިކުޅަ އެއްބައި މީހުން ފަގީރުންގެ ދިރިއުޅެން ޖެހުމާއި ގުޅިގެން، ގައުމުގެ ފައިސާއާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތު އަބަދުވެސް ބޮންގޯ އާއިލާގެ މައްޗަށް ކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް