19 މާރޗް 2019 | އަންގާރަ | 09 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

މަނީ ލޯންޑަކުރުން

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

  • ކުށެއް ކޮށްގެން ހޯދި ފައިސާ ސައްހަ ކުރަން އުޅުމަކީ މަނީ ލޯންޑަކުރުން
  • ކޮންމެ ގޮތަކަށް ލިބުނު ފައިސާއެއް ކަމުގައި ވިޔަސް ކޮންމެވެސް އެއްގޮޅިއަކަށް ފެތޭނެ

| 8 ޖެނުއަރީ 2019 | އަންގާރަ 18:13 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  5. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  6. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި


ކުރީގެ ރައީސް ޔާމީން އާއި އާޒިމާ -- އާކައިވް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ލީގަލް އެފެއާޒް މިނިސްޓަރު އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ މައްޗަށް ވަނީ މަނީ ލޯންޑަކުރުމުގެ ތުހްމަތުކުރެވިފައެވެ. މި ތުހްމަތު ކުރެވި، މައްސަލަ ބަލަމުން ދަނީ، ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތްކަމުގައިވާ އެމްއެމްޕީއާރުސީގެ ފައިސާ އެންމެ ގިނައިން ވަދެފައިވާ އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް ހުޅުވާފައިވާ ޔާމީންގެ ބޭންކް އެކައުންޓަށް، އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރަކީ އެ މަނިކުފާނާ އެއްވެސް ގުޅުމެއް އޮތް ފައިސާއެއް ނޫން ކަމަށް ދިޔައީ ވިދާޅުވަމުންނެވެ. އޭސީސީން މައްސަލަ ތަހްގީގުކުރުމުން އެ ފައިސާ ދިނުމަށް ދެކޮޅު ހެއްދެވިއެވެ. އަދި ބަޔާން ދެއްވުމަށް ވެސް ދެކޮޅު ހެއްދަވައި، ދިގު ދެންމެވިއެވެ. އެ މަނިކުފާނު ގަބޫލުކުރެއްވީ، އެއީ އަދީބުގެ އަތުގައި ހުރި އެ މަނިކުފާނުގެ އަމިއްލަ ފައިސާ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބު ގާތްވެފައި ވަނިކޮށް އެ މަނިކުފާނުގެ ވިސްނުންފުޅު ބަދަލުވިއެވެ. އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވައި އެ ފައިސާ ޖަމާކުރުމަށް މައްސަލައެއް ނެތްކަމުގެ ހުށަހެޅުއްވިއެވެ. އެއަށް ފަހު އެ ފައިސާ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރިއެވެ.

އެއްބަސްވުމުގައި އޮތީ އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރު، ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރުމަށެވެ. ނަމަވެސް އެސްކްރޯ އެކައުންޓަށް ޖަމާކުރީ އިސްލާމިކް ބޭންކުގައި ހުރި ފައިސާ ނޫންކަން ހާމަވީ، ރިޔާސީ އިންތިޚާބު ނިމުމަށް ފަހުއެވެ. އޭގެ ކުރިން އެކަން ހާމަނުވެ އޮތީ، މުއައްސަސާތަކަށް އޮތް ނުފޫޒު ބޮޑުވުމުންނެވެ.  

މި މައްސަލަ ފުރަތަމަ ފާހަގަކުރީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ. އެ މައްސަލަ އެ ޔުނިޓުން ފުލުހަށް ހުށަހެޅިއެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މަނީ ލޯންޑަކުރުމުގެ ތުހްމަތުކޮށް، ޔާމީނާއި އާޒިމާ އަދި ޒަމީރުގެ މައްސަލަ ބެލުމަށް އޭސީސީން ވެސް ޕޮލިހަށް ހުށަހެޅިއެވެ. ޕޮލިހުން މިހާރު ބަލަމުން އެދަނީ އެ މައްސަލަތަކެވެ. އޭސީސީގެ ތަހްގީގަށް ދޮގު މައުލޫމާތު ދިން ކަމަށް ވެސް ތުހްމަތުކުރެވެއެވެ.

މިހިސާބުން އުފެދޭ ސުވާލަކީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެކައުންޓަށް ޖަމާކުރީ ކޮން ފައިސާއެއްތޯއެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި، އެ ފައިސާ ފުރަތަމަ ފޮނުވާފައި ވަނީ ވިޔަފާރިވެރިޔަކު، ޒަމީރު އެކައުންޓަށެވެ. ޒަމީރު، ޔާމީން އެކައުންޓަށް، ދެން ޔާމީން، އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރެއްވިއެވެ. އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރު އެގޮތުގައި ހުރީއެވެ. އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެސްއޯ އެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނޫނެވެ. 

މިއީ މަނީ ލޯންޑަކުރުމުގެ އަމަލެއް ކަމަށް ތުހްމަތުކޮށް، އެ ދަނީ ތަހްގީގުކުރަމުންނެވެ. ރައީސް ޔާމީން އެކައުންޓަށް ޖަމާކުރި ފައިސާއަކީ އެސްއޯއެފުން ޖަމާކުރި ފައިސާކަން އެނގެއެވެ. އެމްއެމްޕީއާރުސީން ވިއްކި ރަށްތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ އެސްއޯއެފް އެކައުންޓަށް ޖަމާކޮށް އެ ފައިސާ ދައުރުކޮށްފައިވާކަން ވެސް ތަހުގީގުތަކުން އެއޮތީ ހަމައަށް އެނގެންށެވެ. އެސްއޯއެފް އެކައުންޓްގައި ހުރީ، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާއަކީ ކުށެއް ކޮށްގެން ހޯދި ފައިސާކަން ތުހްމަތު ކުރެވެނީ އެހެންވެ އެވެ.

ކުށެއް ކޮށްގެން ނުވަތަ ގާނޫނާ ހިލާފަށް ހޯދާ ފައިސާ އާއި މުދަލަކީ ސައްހަ ފައިސާ އާއި މުދަލަށް ހެދުމަށް ކުރާ ކޮންމެ އަމަލަކީ، އަދި އެކަމަށް އެހީތެރިވުމަކީ މަނީ ލޯންޑަކުރުމުގެ އަމަލެކެވެ. ގާނޫނުގައި ވެސް ބޮޑު ކުށެކެވެ. އަދަބު ވެސް ވަރަށް ބޮޑެވެ. އެ ފަދަ ކުށެއް ކޮށްފި ނަމަ ކަނޑައެޅިފައިވާ އަދަބަކީ ބޮޑު ޖޫރިމަނާއަކާ އެކު ޖަލަށްލުމެވެ. 

މިހާރު ރައީސް ޔާމީން އެ ވިދާޅުވަނީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނު އެސްއޯއެފުން، އެ މަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އޭސީސީއާ ހަވާލުކުރަން ނުޖެހޭނެ ކަމަށެވެ. ސަބަބަކީ އެ ފައިސާއަކީ ކޮރަޕްޝަނުގެ ފައިސާކަން ސާބިތު ނުވާތީއެވެ. އެ ފައިސާއަކީ ކޮރަޕްޝަންގެ ފައިސާ ކަން ސާބިތުނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވާ އިރު އުފެދޭ ސުވާލަކީ ދައުލަތުގެ އެތައް ފައިސާއެއް ޖަމާކުރި އެސްއޯ އޮފް އިން ރައީސް ޔާމީނަށް އެއް މިލިއަން ޑޮލަރު ދޭންޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ ގާނޫނުގައިވާ ގޮތުން ރައީސްއަކަށް ހުންނަވާ ބޭފުޅަކު ވިޔަފާރިއެއް ކުރުން މަނަލެވެ. އެހެން ކަމަށްވާ ނަމަ އެސްއޯއެފް އިން ރައީސް ޔާމީނަށް އެހާ ގިނަ އަދަދެއްގެ ފައިސާ ދޭންޖެހެނީ ކީއްވެހެއްޔެވެ؟ އެއީ ހަދިޔާއެއް ނަމަ އަގު ބޮޑު ހަދިޔާތަކަށް ހަދަންޖެހޭ ގޮތް ވެސް ގާނޫނުގައި އެބަ އޮތެވެ. އެހެންކަމުން ކޮންމެ ސަބަބުތަކެއް ދެއްކި ނަމަވެސް ގާނޫނާ ހިލާފު ކޮންމެވެސް އެއްގޮޅިއަކަށް ފެތޭނެއެވެ. 

އެނގެން އޮތް ހަގީގަތަކީ ދައުލަތުގެ ތިޖޫރި ފޫވައްޓާލި ކަމެވެ. ފައިސާ އެސްއޯއެފް އެކައުންޓަށް ޖަމާކުރި ކަމެވެ. ރައީސް ޔާމީންގެ އެކައުންޓް ހިމެނޭ ގޮތަށް އެތައް އެކައުންޓަކަށް އެ ފައިސާ އެސްއޯއެފް އިން ޖަމާކުރި ކަމެވެ. މިކަން އެނގިގެން ދާނީ ފުލުހުން ކުރާ ތަހްގީގާއި ޝަރީއަތުންނެވެ. މިހާރު ނޭނގި ވަނީ އެ ފައިސާތައް ލިބުނު މީހުންނެވެ. ހޯދަންޖެހެނީ އެ ފަރާތްތަކެވެ. އިންސާފު އަވަސްކޮށް ދެއްވާށެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Ma

2 މަސް ކުރިން

Kobaa ppm hajam nuvaa meehun thah avahah comments kuranfashaabala dhw ma innaana comment kiyaafa hama ehchkah vaavarah heyn

2
2
އެވެސްގެލުމެއް

2 މަސް ކުރިން

ހެވެންޖެނަމަ އެވެސްގެލުމެއް ސަރުކާރަކަށް ނުލިބޭތާ؟ ެއެމް އެމް ޕީއާރު ސީ އެއި ހުސް ހޮޅިވާހަކަތާ

1
1