19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

އޭޝިއަން ކަޕް 2019

ސިޔާސީ ކަންކަމާ ކުޅިވަރާ ގުޅުވުމުގެ އެއްވެސް ބޭނުމެއް ނެތް: ޤަތަރު

  • ގަތަރާއި ސައުދީގެ މެޗް އޮންނާނީ ބުދަ ދުވަހު
އަބުދުﷲ މުހައްމަދު | 8Abbo

| 8 ޖެނުއަރީ 2019 | އަންގާރަ 08:23 | |

މަގުބޫލް

  1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
  2. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
  3. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  4. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
  5. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި


ޤަތަރުގެ ޓީމް ޔޫއޭއީއަށް ގޮސްފައިވަނީ ހޮނިހިރު ދުވަހު -- ރޮއިޓަރސް

ސިޔާސީ ގޮތުން އުފެދިފައި އޮތް ނުތަނަވަސްކަން އެއް ފަރާތްކުރުމަށްފަހު، ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ބާއްވާ އޭއެފްސީ ކަޕް 2019ގައި ޤަތަރުން ބައިވެރިވެއްޖެއެވެ.

މަހެއްހާ ދުވަހަށް ކުރިޔަށްދާ މި މުބާރާތަށް ޤަތަރުގެ 25 ކުޅުންތެރިންނާއި، ކޯޗާއި، އޮފިޝަލުން ދަތުރުކުރި ޕްރައިވެޓް ޖެޓް ޔޫއޭއީގެ އަލް އައިންގައި ޖައްސާފައިވަނީ ހޮނިހިރު ދުވަހުއެވެ.

މި މުބާރާތް ކުރިޔަށް މިދަނީ ޤަތަރުން ޓެރެެރިޒަމަށް ވާގިވެރިވެރިވާކަމަށް ތުހުމަތުކޮށް 2017 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު އަދި ބަހުރެއިނުން ގަތަރާ ދެކޮޅަށް ފިޔަވަޅު އަޅާފައި އޮންނަތާ 20 މަސް ވެފައިވަނިކޮށެވެ. އެ ގައުމުތަކުގެ ތުހުމަތު ޤަތަރުން ދޮގުކުރެއެވެ.

ސިޔާސީ ނުތަނަވަސްކަން އެއްފަރާތް ކުރުމަށްފަހު ބުދަ ދުވަހު ކުޅޭ މެޗާއެކު ކުޅުންތެރިން ތިބީ މުބާރާތް ފެށުމަށް ތައްޔާރަށްކަމަށް ޤަތަރުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މީޑިއާ އޮފިސަރ އަލްޖަޒީރާގައި ބުނެފައިވެއެެވެ.

"އެމީހުންނަކީ އެތްލީޓުން، އެ މީހުން އެއުޅެނީ ފުޓްބޯޅަ ކުޅެން" ފޯނުން ދިން އިންޓަވިއުގައި ބުންޏެވެ. "ސިޔާސީ ކަންކަމާ ކުޅިވަރާ ގުޅުވުމުގެ އެއްވެސް ބޭނުމެއް ނެތް"

މި މުބާރާތުގައި ގަތަރު ހިމެނެނީ ވާދަވެރި ސައުދީ އަރަބިއާއާއި އެއް ގްރޫޕެއްގައެވެ. މި ދެ ގައުމުގެ އިތުރުން ގްރޫޕް އީގައި ދެން ހިމެނެނީ އުތުރު ކޮރެއާއާއި ލުބުނާނެވެ.

ސައުދީ އަރަބިއާއާއި ޤަތަރު ބައްދަލުކުރާ މެޗް އޮންނާނީ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އަބޫދާބީގެ ޒައިދް ސްޕޯޓްސް ސްޓޭޑިއަމްގައެވެ.

މީގެ ކުރިން ބޭއްވި ނުވަ މުބާރާތުގައިވެސް ޤަތަރަށް ކުއާޓަރ ފައިނަލަށްވުރެ ދުރަށް ދަތުރުކުރެވިފައެއްނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް