20 ޖެނުއަރީ 2019 | އާދީއްތަ | 03 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ޔެލޯ ވެސްޓް މުޒާހަރާ

އަނެއްކާ ވެސް ޔެލޯ ވެސްޓް މުޒާހަރާތައް ހޫނުވާން ފަށައިފި

  • އެ ގައުމުގެ އެކި ހިސާބުތަކުގައި 50000 މީހުން މި މުޒާހަރާތަކުގައި ބައިވެރިިވި
އަމަން ހަލީމް | soupized

| 7 ޖެނުއަރީ 2019 | ހޯމަ 17:14 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ފަރަންސޭސްވިލާތުގެ ޕެރިހުގައި މުޒާހަރާގެ ބައިވެރިން ހިނގާލަނީ -- ސީ.އެން.އެން

ފަރަންސޭސްވިލާތުގައި ކުރަމުން އަންނަ ޔެލޯ މުޒާހަރާތަކުގެ ބައިވެރިން ގިނަވެ، ހަމަނުޖެހުންތައް އިތުރުވާން ފަށައިފިއެވެ.

އެ ގައުމުގެ އެކި ހިސާބުތަކުގައި 50000 މީހުން މި މުޒާހަރާތަކުގައި ބައިވެރިވި ކަމަށް އިންޓީރިއަރ މިނިސްޓަރު ކްރިސްޓޯފް ކާސްޓްނަރ ވިދާޅުވިއެވެ. މީގެ ތެރެއިން އެއްމެ ގިނަ މީހުން ބައިވެރިވީ ވެރިރަށް ޕެރިހުގަ އާއި ބޯޑޯގެ އިތުރުން މާސޭގައި ބޭއްވި އެއްވުންތަކުގައެވެ.

މި ހަފުތާ ބަންދުގައި ޕެރިހުގައި 3500 މީހުން މުޒާހަރާގައި ބައިވެރިވެރިވެފައިވާ އިރު، މިދިޔަ ހަފްތާގައި ބައިވެރިވީ 800 މީހުން ކަމަށް ފަރަންސޭސްވިލާތުގެ ފުލުހުން ވަނީ ބުނެފައެވެ. މީގެ ތެރެއިން 34 މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ ތަރުޖަމާނު ބެންޖަމިން ގްރިވޯގެ އޮފީހުގެ ބޭރު ގޭޓު ކޮންސްޓްރަކްޝަން މެޝިނެއް ބޭނުންކޮށްގެން ވައްޓާލައި، އެތަނުގެ ގޯތި ތެރެއަށް ވަދެ ގަނެފައެވެ. ނަމަވެސް އެ މީހުންނަކަށް އެ އިމާރާތުގެ އެތެރެއަކަށް ނުވަދެވުނެވެ. ގްރިވޯ އާއި އޭނާގެ އެއްވެސް މުވައްޒިފަކަށް މި ހަމަލާގައި އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ފަރަންސޭސްވިލާތުގެ އެހެން ހިސާބުތަކުގައި ވެސް މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ އިމާރާތްތަކަށާއި ކޯޓުތަކަށް ވަދެ ގަންނަން މަސައްކަތް ކޮށް ނާކާމިޔާބު ވެފައެވެ.

ތެލުން ނަގަން އުޅޭ ޓެކްސްއާ ގުޅިގެން ފެށުނު މުޒާހަރާތައް، ސަރުކާރުގެ ގިނަ ސިޔާސަތުތަކަކާ މެދު ހިތްހަމަ ނުޖެހޭ މީހުން ޝުޢޫރުފާޅުކުރާ މުޒާހަރާތަކަކަށް ބަދަލުވުމާ އެކު މުޒާހަރާތައް މައިިތިރިވީ ރައީސް މެކްރޮން އެ ޓެކްސް ނެގުން މަޑުޖައްސާލަން ނިންމުމާ ގުޅިގެންނާއި ފިނި މޫސުމުގެ ޗުއްޓީ ދުވަސްވަރާ ދިމާވުމާ ގުޅިގެންނެވެ.

ނަމަވެސް މި އަހަރުގެ ފުރަތަމަ ހަފުތާ ބަންދުގައި މި ވަނީ ކުރިން ހަފްތާއަށް ވުރެ މުޒާހަރާގެ ބައިވެރިން އިތުރުވެފައެވެ. މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައި ވަނީ މުސްތަގުބަލުގައި މުޒާހަރާ އިތުރަށް ހޫނުވެ، ހަމަނުޖެހުންތައް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް