20 ޖެނުއަރީ 2019 | އާދީއްތަ | 03 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ސައުދީ އަންހެނުންގެ ހައްގުތައް

ސައުދީގައި ވަރިވީކަން އަންގައިދޭން އަންހެނުންގެ ފޯނަށް މެސެޖެއް!

  • މިކަން ކުރަން ނިންމާފައިވަނީ ސައުދީގައި އަނބިމީހާ ގާތު ނުބުނެ ވަރިވުން ހުއްޓުވުމުގެ ގޮތުން
އަމަން ހަލީމް | soupized

| 7 ޖެނުއަރީ 2019 | ހޯމަ 16:09 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ސައުދީ އަންހެނުންތަކެއް -- ހަފިންގްޓަން ޕޯސްޓް

ސައުދީގައި އަނބިމީހާ ގާތު ނުބުނެ ވަރިވުން ހުއްޓުމަކަށް ގެނައުމުގެ ގޮތުން، ވަރިވިކަން އަންގައިދިނުމަށް ފޯނަށް މެސެޖެއް ފޮނުވަން އެ ގައުމުގެ ކޯޓުތަކުން ނިންމައިފިއެވެ.

އެ ގައުމުގެ ޖަސްޓިސް މިނިސްޓްރީ އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެސްއެމްއެސްގެ ޒަރިއްޔާ އިން އަންހެނުންނަށް ވަރި ކައިވެނީގެ ހާލަަތަށް އަންނަ ބަދަލުތައް ލިބެމުންދާނެ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއީ އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށާއި، ޓެކްނޮލޮޖީގެ ޒަރިއްޔާ އިން ދެވޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ނިޔަތުގައި ކުރަން ފެށި ކަމެއް ކަމަށެވެ.

މި މެސެޖުގައި ވަރީގެ ސެޓްފިކެޓް ނަންބަރާއި ވަރީގެ ލިޔެކިޔުންތައް ލިބޭނެ ކޯޓުގެ ނަން ހިމެނޭނެއެވެ. އަދި މި މައުލޫމާތުތައް ވެބްސައިޓެއްގެ ޒަރިއްޔާއިން ވެސް  ބެލޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މިއީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ 2030 ގެ ތަސައްވުރުގެ ދަށުން ގެންނަން ނިންމާފައިވާ އިޖްތިމާއީ އަދި އިގްތިސާދީ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ބަދަލުތަކުގެ ދަށުން 2017 ވަނަ އަހަރުގެ ފަހުކޮޅު ސައުދީ ސަރުކާރުން ވަނީ އެ ގައުމުގެ ތާރިހުގައި ފުރަތަމަ ފަހަރަށް އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ވެސް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް