19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:10
މެންދުރު 12:18
އަސްރު 15:23
މަޣްރިބް 18:19
އިޝާ 19:30

އެމެރިކާ-ޗައިނާ

އެެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ ބައްދަލުވުން މިއަދު

  • އެމެރިކާ އާއި ޗައިނާ އިން ނަގަން ފެށި ޓެރިފްތައް ވަނީ މެދުކަނޑާލާފައި
އަބުދުﷲ މުހައްމަދު | 8Abbo

| 7 ޖެނުއަރީ 2019 | ހޯމަ 13:22 | |

މަގުބޫލް

  1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
  2. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
  3. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  4. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
  5. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި


ބައްދަލުވުން އޮންނާނީ ޖެނުއަރީ މަހުގެ 7 އިން 8 އަށް ބެއިޖިންގައި -- ގެޓީ އިމޭޖާސް

ދުނިޔޭގެ އެންމެ ބޮޑޮ ދެ އިގްތިސާދުގެ މެދުގައި އުފެދިފައިވާ ވިޔަފާރީގެ ކޯޅުން ނިމުމަކަށް ގެނައުމުގެ އަޒުމުގައި ބާއްވާ ބައްދަލުވުން ހޯމަ ދުވަހު ފަށާނެއެވެ.

މިދިޔަ އަހަރު ޗައިނާ އިން ވަނީ އެ ގައުމަށް އެތެރެކުރާ އެމެރިކާގެ މުދަލުން 300 ބިލިއަން އެމެރިކާ ޑޮލަރުގެ މުދަލުން ޓެރިފެއް ނަގަން ފަށާފައެވެ. އަދި އެމެރިކާ އިން ވެސް ވަނީ ހަމަ އެގޮތަށް ކަންތައް ކޮށްފައެވެ.

މިއީ އެމެރިކާ އާއި ޗައިނާއިން އެއްގައުމު އަނެއް ގައުމެއްގެ މުދަލުން ނަގަން ފެށި ބޮޑެތި ޑިއުޓީތައް ކަނޑާލުމުގެ މަޝްވަރާކުރުމަށް 90 ދުވަހުގެ މުއްދަތައް އެ ޑިއުޓީތައް ނެގުން ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން އެއްބަސްވެ ވަޑައިގެންނެވި ފަހުން ދެ ގައުމުން އެއް މޭޒުދޮށުގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

ޑިއުޓީ ނެގުން މެދުކަނޑާލަށް ދެ ގައުމުން އެއްބަސްވީ މިދިޔަ ޑިސެމްބަރ މަހު އާޖެންޓީނާގެ ވެރިރަށް ބޮއިނިސް އައިރިސްގައި ބޭއްވި ޖީ 20 ސަމިޓަށް ފަހު ދެ ބޭފުޅުން ބޭއްވި ބައްދަލުވުމުގައެވެ. މިއީ ދެ ގައުމުގެ މެދުގައި މި އަހަރު ވިޔަފާރީގެ ހަނގުރާމަ ފެށުނު ފަހުން ދެ ބޭފުޅުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ޗައިނާގެ ކޮމާސް މިނިސްޓްރީގެ ވެބްސައިޓްގައި ބުނެފައި ވަނީ މި ބައްދަލުވުމުގައި ދެ ގައުމުގެ ލީޑަރުން އެއްބަސްވެ ވަޑައިގެންފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް މަޝްވަރާ ކުރެވޭނެ ކަމަށެވެ.

އެމެރިކާގެ ވަފްދުގެ އިސް ވެރިޔަކަށް ހުންނަވާނީ ޑެޕިއުޓީ ޓްރޭޑް ރެޕްރެޒެންޓޭޓިވް ޖެފްރީ ގެރިޝް ކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ.

އެެމެރިކާއިން ޗައިނާގެ 200 ބިލިއަން ޑޮލަރަށްވާ މުދަލަށް 10 އިންސައްތައިގެ ޓެރިފެއް ތައާރަފްކުރީ ސެޕްޓެމްބަރު މަހުއެވެ. ރައީސް ޓްރަމްޕް ރާއްވަވާފައި އޮތީ ޖެނުއަރީ މަހުން ފެށިގެން އެ ޓެރިފް 25 އިންސައްތައަށް ބޮޑުކުރުމަށެވެ.

ނަމަވެސް މިހާރު އެ ޓެރިފް މަޑުޖައްސާލާފައިވާއިރު ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ އެ 90 ދުވަހުގެ ތެރޭގައި ދެ ގައުމުން އެއްބަސްވުމަކަށް ދިއުމަށް ނުކުޅެދިއްޖެ ނަމަ 10 އިންސައްތައިގެ ބަދަލުގައި 25 އިންސައްތައަށް ޓެރިފް ބޮޑުކުރައްވާނެ ކަމަށެވެ.

ޓެކްސް މަޑު ޖައްސާލުމުގެ ބަދަލެއްގެ ގޮތުން ދަނޑުވެރިކަމުގެ ސާމާނާއި، ހަކަތައިގެ ދާއިރާއަށް ބޭނުންވާ ސާމާނާއި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ އެެހެނިހެން ބައެއް ސާމާނު ކުޑަ މިންވަރެއް އެމެރިކާއިން ގަތުމަށް އެއްބަސްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް