21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ބާސާއަށް މުހިންމު މޮޅެއް، ރެއާލް ބަލިވެއްޖެ

  • ރެއާލް ބަލިވީ ސޮސައިޑާޑް އަތުން 0-2 ގެ ނަތީޖާއިން
  • ބާސާ މޮޅުވީ ގެޓާފޭއާ ވާދަކޮށް 1-2 ގެ ނަތީޖާއިން
ލީވާން އަލީ | MrLeevaan

| 7 ޖެނުއަރީ 2019 | ހޯމަ 09:29 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  8. ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި


ބާސާގެ މެސީ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ -- ޓްވިޓަރ

ސްޕެނިޝް ލަލީގާގައި ބާސެލޯނާ މުހިންމު މޮޅެއް ހޯދިއިރު، ރެއާލް މެޑްރިޑް ކުޅުނު މެޗުން ބަލިވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ބާސާ މޮޅުވީ ގެޓާފޭއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ގެޓާފޭ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ ބާސާއިންނެވެ. އެގޮތުން 20 ވަނަ މިނެޓުގައި ބާސާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކުރީ ލިއޮނެލް މެސީއެވެ.

މި ލަނޑަށްފަހުވެސް ބާސާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު، 39 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

އެހެންނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގެޓާފޭއިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާޞުކޮށްދިނީ އެންހަލް ރޮޑްރިގޭޒްގެ އެހީތެރިކަމާއެކު ޖައިމް މަޓާއެވެ.

ދެވަނަ ހާފް ފެށިގެންވެސް ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ބާސާއިންނެވެ. އެގޮތުން މިހާފްގައިވެސް އެޓީމަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

މީގެއިތުރުން މި ހާފްގައި ގެޓާފޭއަށްވެސް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށްވެސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 18 މެޗުން ލިބުނު 40 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ގެޓާފޭ އޮތީ ކުޅުނު 18 މެޗުން ލިބުނު 25 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގައެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ރެއާލް ބަލިވީ ރެއާލް ސޮސައިޑާޑްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ތިންވަނަ މިނެޓުގައި ސޮސައިޑާޑްއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ވިލިއަން ޖޮސޭއެވެ.

މި ލަނޑާއެކު ރެއާލުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކްތައްވެސް ވަރުގަދަ ކުރިއެވެ. އެގޮތުން ފުލުފުލުގައި ގިނަ ހަމަލާތަކެއް އެޓީމުން ވަނީ ސޮސައިޑާޑްގެ ގޯލަށް ފޮނުވާލާފައެވެ.

މި ހާފްގައި ސޮސައިޑާޑްގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު، އެ ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެންވެސް ރެއާލުން ފުލުފުލުގައި ގިނަ ހަމަލާތަކެއް ސޮސައިޑާޑްގެ ގޯލާ އަމާޒުކޮށް ވަނީ ފޮނުވާލާފައެވެ. އެގޮތުން 83 ވަނަ މިނެޓުގައި ރުބެން ޕާޑޯ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

މެޗުގެ ފަހު 10 މިނެޓު ތެރޭގައިވެސް ރެއާލްގެ ފަރާތުން ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު، ފަރަގު ކުޑަކުރަންވެސް ސޮސައިޑާޑްއިން އެޓީމަށް ފުރުސަތެއް ދީފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 18 މެޗުން ލިބުނު 30 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. މެޗުން މޮޅުވި ސޮސައިޑާޑް އޮތީ ކުޅުނު 18 މެޗުން ލިބުނު 22 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ.

އާދީއްތަ ދުވަހުގެ ރޭ އެޓްލެޓިކޯ މެޑްރިޑް އާއި ސެވިއްޔާ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސެވިއްޔާއިންނެވެ. މި ލަނޑު 37 ވަނަ މިނެޓުގައި ބެން ޔެޑާއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އެންޓޯނިއޯ ގްރިޒްމަންގެ އެހީތެރިކަމާއެކު އެޓްލެޓިކޯއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި ނަތީޖާއާއެކު އެޓްލެޓިކޯ އޮތީ ކުޅުނު ކުޅުނު 18 މެޗުން ލިބުނު 35 ޕޮއިންޓާއެކު ބާސާގެ ފަހަތުން ދެވަނައިގައެވެ. ސެވިއްޔާ އޮތީ އެޓްލެޓިކޯގެ ފަހަތުން 33 ޕޮއިންޓާއެކު ތިންވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް