19 މާރޗް 2019 | އަންގާރަ | 09 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

ގޯލްޑް 100 އެވޯޑްސް ހަފްލާ

ގޯލްޑް 100 އެވޯޑްސް ހަފްލާ އަންނަ މަހު

  • މި އެވޯޑް ހަފްލާ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ 100 ކުންފުނި ހޮވުމަށް ބާއްވާ އެވޯޑް ހަފްލާއެއް
  • ގޯލްޑް 100 ގާލާ އެވޯޑްސް ހަފްލާގެ ތެރެއިން ދެ ފަރާތަކަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ދޭނެ
ސިމާހާ ނަސީމް | sim_kamana

| 7 ޖެނުއަރީ 2019 | ހޯމަ 02:20 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  5. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  6. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި


ގޯލްޑް 100 އެވޯޑް ދިނުމުގެ ހަފްލާ ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި -- ކޯޕަރޭޓް މޯލްޑިވްސް

ގޯލްޑް 100 އެވޯޑް ދިނުމުގެ ހަފްލާ އަންނަ މަހު 23 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވުމަށް ނިންމައިފިއެވެ.  

މޯލްޑިވްސް ގެޓަވޭސް އާއި ކޯޕަރޭޓް މޯލްޑިވްސް ގުޅިގެން އިންތިޒާމްކުރާ މި އިވެންޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ 100 ކުންފުނި ހޮވުމަށް ބާއްވާ އެވޯޑް ހަފްލާއެކެވެ.

ގޯލްޑް 100 ގާލާ އެވޯޑްސް ހަފްލާގެ ތެރެއިން ދެ ފަރާތަކަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ދޭނެއެވެ. 2017 ވަނަ އަހަރުގެ ގޯލްޑް 100 އެވޯޑް ހަފްލާގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ދީފައިވަނީ ބަނޑޮސް މޯލްޑިވްސް ރިސޯޓުގެ ވެރިޔާ، ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން އަށާއި ކްރައުން ކޮމްޕެނީގެ ޑިރެކްޓަރ އަދި އެ ކުންފުނީގެ އެއް ބާނީ ކަމުގައިވާ އަހުމަދު ނަޒީރަށެވެ.

ގޯލްޑް 100 ކުންފުނީގެ ގޮތުގައި ހޮވޭ ކުންފުނިތައް އެ ހަފްލާގައި ނެރޭ ގޯލްޑް 100 މެގަޒިންގައި ލިސްޓްކުރާނެއެވެ.

މިދިޔަ އަހަރު "ގޯލްޑް 100" އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބޭންކް އޮފް މޯލްޑިވްސްއެވެ.

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ހޮވުމަށް އަހަރަކު އެއްފަހަރު ބާއްވާ މި އެވޯޑް ހަފްލާ ބާއްވާ މިއީ ތިންވަނަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް