21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ނިއުޕޯރޓް ރެސްޓޯރަންޓް

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

 • ރެސްޓޯރަންޓް ހުންނަނީ ބްރިޖް ވިއު ޕްލެޓްފޯމް ކައިރީ
 • ލައިވް ސީފުޑް ޓޭންކާއި ތަފާތު ބުފޭތައް ހިމެނޭ
 • ކުޑަކުދިންނާއި އާއިލާތަކަށް ޚާއްސަ ޚިދުމަތްތަކެއްވެސް ހިމެނޭ
ލައިޝާ އަހްމަދު | LailaAhmeds

| 6 ޖެނުއަރީ 2019 | އާދީއްތަ 22:00 | |

މަގުބޫލް

 1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
 2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
 3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
 4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
 5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
 6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
 7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
 8. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި


ނިއުޕޯރޓް ވިއު -- އާކައިވް

މާލޭގެ މަޝްހޫރު ރެސްޓޯރަންޓް ވިޔަފާރިއެއް ކަމަށްވާ ނިއުޕޯރޓު ރެސްޓޯރަންޓްސްގެ މުޅިން އާ އައުޓްލެޓެއް ކަމަށްވާ "ނިއުޕޯރޓް ވިއު" އަންގާރަ ދުވަހު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

ހެންވޭރު ބްރިޖް ވިއު ޕްލެޓްފޯރމް ސަރަހައްދުގައި ހުންނަ އެ ރެސްޓޯރަންޓްގެ އޯޕަނިންގ އާދިއްތަ ދުވަހު ބާއްވާފައިވާއިރު، އާންމުންނަށް ނިއުޕޯރޓް ވިއު ހުޅުވާލާނީ އަންގާރަ ދުވަހު ކަމަށް އެ ރެސްޓޯރަންޓުގެ މެނޭޖްމަންޓުން މައުލޫމާތު ދެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނިއުޕޯރޓް ރެސްޓޯރަންޓްސްގެ މެނޭޖިންގ ޑިރެކްޓަރ މަލަކާ އަބްދުލް ހަކީމް ވިދާޅުވީ، އަލަށް ހުޅުވާ ނިއުޕޯރޓްގެ އައުޓްލެޓް ހުރިހާ ގޮތަކުންވެސް ތަފާތުވާނެ ކަމަށާއި ހުރިހާ އުމުރުތަކަށްވެސް އެކަށީގެންވާ ޚިދުމަތްތައް އެ އައުޓްލެޓުން ލިބޭނެ ކަމަށެވެ.

" ކުޑަކުދިންނަށް ޚާއްސަ ކުޅޭ ތަނަކާއި، އާއިލާތަކަށްވެސް ފޯކަސްކޮށްފަވާނެ. ދެން މިތަން ބޮޑަށް ޚާއްސަވާ ސަބަބަކީ ގޭސްޓްރޮނޮމިކަލް އެކްސްޕީރިއަންސް ނުވަތަ ލައިވް ފިޝް ޓޭންކް. އޭގެން ކަސްޓަމަރ ބޭނުންވާ އެއްޗެއް ޗޫސް ކޮށްގެން ވަގުތުން ތައްޔާރުކޮށްގެން އެ ސާރވްކުރާ ކަހަލަ އެކްސްޕީރިއަންސް އެއް އަޅުގަނޑުމެން ބޭނުންވަނީ ދައްކާލަން" މަލަކާ ވިދާޅުވިއެވެ.

ނިއުޕޯރޓް ވިއު އާންމުންގެ ބޭނުމަށް ހުޅުވާލާނީ އަންގާރަ ދުވަހު ކަމަށް ވިޔަސް، ކުޑަކުދިންނަށް ޚާއްސަކޮށްގެން އިތުރު ހަރަކާތްތަކެއް ހޯމަ ދުވަހު ހަވީރު ވެސް އެ ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އާންމުންނާއި ކުޑަކުދިން ބައިވެރިވުމަށް ހުޅުވާލާފައިވާއިރު، އެވަގުތުތަކުގައި ހިލޭ ކާތަކެތިވެސް ލިބެން ހުންނާނެ ކަމަށް މަލަކާ ވިދާޅުވިއެވެ.

ނިއުޕޯރޓް ވުޖޫދުވެފައިވަނީ 2014 ގައެވެ. އޭގެ ފަހުން ނިއުޕޯރޓް ކޭޓަރިންގއާއި، ނިއުޕޯރޓް ބޭކަރީއާއި، ނިއުޕޯރޓް އިންޑިއަންގެ ނަމުގައި ވަނީ މާލޭގެ އެކި ސަރަހައްދު ތަކުގައި އެ ރެސްޓޯރަންޓުގެ އައުޓްލެޓްތައް ހުޅުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް