19 މާރޗް 2019 | އަންގާރަ | 09 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

މަގޭ ރިޕޯޓް

ވައްކަން ނުކުރާ މަޖިލީހެއް ހޯދޭނީ ރައްޔިތުން ރިޝްވަތަށް އެދުން ހުއްޓާލައިގެން

 • މެންބަރުން ކޮރަޕްޝަން ހިންގާ ވާހަކަ އަބަދުވެސް ދެކެވޭ
 • ބިރު ދައްކައިގެން ވޯޓު ހޯދުމަށް ދަނީ މަސައްކަތް ކުރަމުން
 • މެންބަރުން ގާތުގައި އެދިގެން މުހުތާދު ފުއްދުން ނޫން ގޮތެއް ހޯދަން ޖެހޭ
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 6 ޖެނުއަރީ 2019 | އާދީއްތަ 19:33 | |

މަގުބޫލް

 1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
 2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
 3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
 4. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
 5. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
 6. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
 7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
 8. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ޓްވިޓަރ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވަނީއެވެ. އިންތިޚާބާއި ދިމާކޮށް ކޮންމެ ފަހަރަކުވެސް އާންމުކޮށް އިވޭ ތިން ވާހަކައެއް މިފަހަރުވެސް އިވެން ފަށައިފިއެވެ. އެއް ވާހަކަ އަކީ އިންތިޚާބުވެގެން މަޖިލީހަށް ވަންނަ މެންބަރުން ރައްޔިތުންނަށް ހަރާންކޯރުވާ ވާހަކައެވެ. ކޮރަޕްޝަން ހިންގާ ވާހަކައެވެ. ގާތް މީހުންނަށް ނާޖާއިޒު ފައިދާ ހޯދައިދޭ ވާހަކައެވެ. ސަރުކާރުގެ ޕްރޮޖެކްޓްތައް އެ ނޫން ބަޔަކަށް ހޯދަން އުނދަގޫ ވާހަކައެވެ.

ދެވަނަ ވާހަކައަކީ ބިރުދައްކައިގެން ވޯޓު ހޯދާ ވާހަކައެވެ. ވަކި މީހަކަށް ވޯޓު ނުލައިފިނަމަ ވަޒީފާ ގެއްލޭނެ ކަމަށްބުނެ ބައެއް ކެނޑިޑޭޓުން އެ ދައްކާ ބިރުގެ ވާހަކައެވެ. ތިންވަނަ ވާހަކައަކީ ވޯޓު ވިއްކާނެ ވާހަކައެވެ. މުހުތާދުތައް ފިލުވައިދިން މީހަކަށް ވޯޓުދޭނެ ވާހަކައެވެ. އެވެނިކަމެއް ނޫނީ މިވެނިކަމެއް ކޮށްދީފިނަމަ ކެމްޕެއިންގައި ހަރަކާތްތެރިވާނެ ވާހަކައެވެ.

ކޮންމެ ފަހަރަކުވެސް އަޅުގަނޑުމެން ވޯޓު ލަނީ ނަޒާހާތްތެރި، ވައްކަން ނުކުރާ، ތާހިރު މަޖިލީހެއް ނުލިބިގެން، އެފަދަ މަޖިލީހެއް ހޯދުމަށެވެ. އެކަމަށް އެދި ކޮންމެ ފަހަރަކުވެސް ދިވެހިންގެ އެތައް ބަޔަކު އަޑު އުފުލައެވެ. އެންމެ ރަނގަޅު ވާނެ ކަމަށް އުއްމީދުކޮށް އެތައް ރައްޔިތުންނެއްގެ ތާއީދާއިއެކު ކޮންމެ ފަހަރަކުވެސް މެންބަރަކު މަޖިލިހަށް އިންތިޚާބު ކުރެއެވެ. ނަމަވެސް ދައުރު ނިމިގެންދާއިރު، މެންބަރުކަމަށް ހޮވި މީހާގެ މިލްކިއްޔާތަށް އެތައް މުދަލެއް އިތުރުވުން ނޫން ކަމެއް ގިނަ ފަހަރު ނުވެއެވެ. މިއީ ގިނަ މެންބަރުންގެ ހާލަތު ނަމަވެސް ރައްޔިތުންނަށް އިޚުލާސްތެރި ދެތިން މެންބަރުން، މިހާރުވެސް މަޖިލިހުގައި ތިބި ކަމީ އުފަލާއި އެކު ފާހަގަކުރަން ޖެހޭ ކަމެކެވެ.

ދައުރެއް ނިމިގެންދާއިރު، މި ކަންކަމަށް ރައްޔިތުން ވިސްނަން ޖެހެއެވެ. މުއްސަނދިވުމަށް އެއް ދައުރުގައި މަޖިލީހަށް ވަތް މީހަކު ދެވަނަ ދައުރުގައިވެސް މަޖިލީހަށް އިންތިޚާބު ކުރާނަމަ އެއީ ރައްޔިތުން އެނގިތިބެ ހަދާ ގޯހެއް ނޫން ދެން ފަހެ ކޮން ކަމެއްތޯއެވެ. އެފަދަ މެންބަރުންނަށް މަޖިލީހުގައި ތިބެގެން ކޮރަޕްޝަން ހިންގައި އަމިއްލަ މިލްކިއްޔާތު އިތުރު ކުރުމަށް ދެވަނަ ފުރުޞަތެއް ދީފައި އެ މެންބަރު ކޮރަޕްޝަން ހިންގުމުން އެ ވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ.

ބިރު ދައްކައިގެން ވޯޓު ހޯދުމަކީވެސް ރާއްޖޭގައި ހިނގާ ކަމެއް ކަމަށްވާއިރު، ކުރިއަށް އޮތް އިންތިޚާބާއި ގުޅިގެންވެސް މިކަން ހިނގަމުންދާ ކަމުގެ އަޑުތައް މިހާރު ދަނީ ފެތުރެމުންނެވެ. ބައެއް އަތޮޅުތަކަށް ނިސްބަތްވާ ހުރިހާ ގޮނޑިއެއް ވަކި ޕާޓީއަކަށް ނުލިބިއްޖެ ނަމަ ފުޓުބޯޅަ މުބާރާތް ނުބޭއްވޭނެ ކަމަށް މިހާރުވެސް ބައެއް ވިޔަފާރިވެރިން ވަނީ ފާޅުގައި ބުނެފައެވެ. އަދި އެ ވިޔަފާރިވެރިންގެ އާއިލާ މީހުންނަށް ގޮނޑި ނުލިބިއްޖެނަމަ އެމީހުންގެ ރިސޯޓުތަކުގައި ތިބި އަތޮޅަށް ނިސްބަތްވާ އެތައް ބައެއްގެ ވަޒީފާ ގެއްލޭނެކަމުގެ ބިރުވެސްވަނީ ދައްކާފައެވެ. މި ބިރަކީ އަބަދުވެސް ދައްކާ ބިރެކެވެ. އެކި އަތޮޅުތަކުގައި، އެކި ދާއިރާތަކުގައެވެ. ނަމަވެސް މިއީ ރައްޔިތުން އެކަމާއި ދެކޮޅަށް ބަސް ބުނެގެން ހައްލު ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. މަޖިލިސް ގޮނޑި ހޯދަން ބިރު ދައްކަ މިހާގެ ވާހަކަ ފާޅުގައި ދައްކަންވީއެވެ. މީޑިއާތަކަށްވެސް އަރަންވީއެވެ. ބިރަށްވުރެ ގަދަވެގެން މެނުވީ ރައްޔިތުން އެދޭ، ސާފު މަޖިލީހެއް ނުލިބޭނެއެވެ.

ރައްޔިތުން ބޭނުންވާ ސާފު މަޖިލީސް ހޯދުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީވެސް ރައްޔިތުންނެވެ. ވޯޓު ވިއްކުމާއި، ޖެހިފައިވާ އެކިއެކި މުހުތާދުތައް ފިލުވައިދޭ މީހުންނަށް ވޯޓު ދިނުމުގެ އުސޫލަކީ އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެއް އޮތް ކަމަކަށްވާއިރު، މިކަން ބަދަލުނުކޮށް، ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ބޭނުންވާފަދަ ތަނަކަށް ހެދުމަކީ ވާނެ ކަމެއް ނޫނެވެ. ވޯޓު ހޯދަން ކެނޑިޑޭޓް އައިސް ގެއަށް ވަންނައިރަށް ވޯޓުގެ އަގުލިސްޓު ދިއްކުރާ ނަމަ، އެ ކެނޑިޑޭޓް އެ އަގުލިސްޓުގައި ވާއަގަށް ވޯޓު ގަންނާނެއެވެ. އަދި ގިނަ ފަހަރު އެ ވޯޓު ގަންނާނީވެސް ކޮންމެވެސް މީހެއް އަތުން ދަރަންޏެއް ނަގައިގެންނެވެ.

ކަން މިހެން ވުމުން، ދާއިރާގެ ދެތިން ގޭގެ ފުރާޅުގެ ޓިނު ބަދަލުކޮށްދީ، ދާއިރާގެ ހައެއްކަ މީހުންނަށް އައިފޯނު ގަނެދީގެން މަޖިލިހަށް އިންތިޚާބުވާ މެންބަރު، އެ ޚަރަދު އަނބުރާ ހޯދައި، އެ ޚަރަދު ކުރަން މަހުޖަނެއްގެ އަތުން ނެގި ލޯނު އަނބުރާ ދެއްކުމުގައި މުޅި ދައުރު ހޭދަކުރަން އޭނާއަށް މަޖުބޫރުވެއެވެ. އެހިސާބުން ދެން ލައިގަންނަ ކަމަކީ ދެން އޮތް ދައުރުގެ ކެމްޕެއިންގައި މަހުޖަނެއްގެ އަތުން ލޯނެއް ނުނަގައި ގޮނޑި ގަނެލެވޭނެ ވަރުގެ ވިޔަފާރިއެއް ކޮޅަށް ޖެހުމެވެ.

ކޮރަޕްޝަންގެ މި މުޅި ޗޭނަކީ ރައްޔިތުމީހާ ވޯޓު ވިއްކާލަން ރިޝްވަތަށް އެދޭ ހިސާބުން ފެށޭ ޗޭނެކެވެ. ރައްޔިތުން ވިސްނަވާށެވެ. ދާއިރާއަށް މެންބަރަކު ހޮވާއިރު، ކިޔަވައިގެން، ހުރި، ނުވަތަ ތަޖުރިބާ ލިބިފައި ހުރި ޤާބިލު މީހަކު ހޮވާށެވެ. ދެން އެމީހާއަށް ބާރުއަޅައިގެން، ރައްޔިތުންގެ މުހުތާދުތައް ފިލާފަދަ ޤާނޫނުތައް ގެނައުމަށް މަސައްކަތް ކުރާށެވެ. އޭރުން ކަރަންޓާއި ފެންބިލު ދައްކާކަށް މަޖިލިސް މެންބަރުގެ ކައިރީ އެދޭކަށް ނުޖެހޭނެއެވެ. ބޭސްފަރުވާއަށް އިތުރު އެހީ ހޯދަން މަހުޖަނެއްގެ ފައިބުޑަށް ދާކަށް ނުޖެހޭނެއެވެ. ދިރިއުޅުމުގެ ފެންވަރު މަތިކުރަން ކޮންމެ ފަސް އަހަރަކުން މަޖިލިސް ޕެކޭޖް ނަގާކަށް ނުޖެހޭނެއެވެ.

މަޖިލިސް ޚަރާބުކުރީ ރައްޔިތުންނެވެ. އެކަން އިސްލާހުކުރެވޭނީވެސް ރައްޔިތުންނަށެވެ. ކިޔަވައިގެން ތިބި، ތަޖުރިބާހުރި މީހުން މަޖިލީހަށް އިންތިޚާބު ކުރާށެވެ. އޭރުން މުހުތާދުތައް ފުއްދުމަށް ޤާނޫނުން އެހީ އާއި ބާރު ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

thinadhoo meehaa

2 މަސް ކުރިން

ރައްރަށުގެ ޕާޓީތަކުގެ ވެރިން ވަޒީފާ ދޭނެކަމަށް ބުނެގެން ޕާޓީއަށްޓަކައި ގުދާރު ބިންދައިގެން މަސައްކަތް ކޮއްފަ އަތުގަ އޮތް ލާރިއެއް ވިއްޔާ ޕާޓީއަށް ހަރަދުކޮގެން ވެރިކަމަށް ހޮވުމުން ގދާރު ބިންދައިގެން މަސައްކަތް ކުރި މީހާ އެއްކަލަ ވެރިޔާ ކައިރިޔަށް ދިޔައިމަ ކަލެއަށް ވަޒީފާދޭނީ ކާކުހޭ ބުނީމަ. ދެން ޕާޓީއަށް ވޯޓު ދޭނެ ގޮތެއް ގުސައްޔު ދައްކަބަލާށެވެ

3
0
ޅަބޭބާ

2 މަސް ކުރިން

މެމްބަރުން މުސާރަ މަސައްކަތާބަލާފަ ތިހާބޮޑުކަމަށްވަންޏާ ވޯޓްވަނީ ހަމަ ވިއް.ކަން. ހައްލަކީ މުސަރަ ތިރިކުރުން 25000/- ވުރެ ބޮުޑުކުރަކަށް ނުފެނެ.. އޭރުން ކެންޑިޑޭޓްވެސް ވޯޓުގަންނާކަށް ނުޅޭނެ

1
0