20 ޖެނުއަރީ 2019 | އާދީއްތަ | 03 ހުވަން
14 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32

ޖޯޑީ އަލްބާ

ޔުވަންޓަސްއިން އަލްބާއަށް ޝައުގުވެރިވޭ

  • އަލްބާގެ އެއްބަސްވުން ހަމަވާނީ 2020 ގައި
ލީވާން އަލީ | MrLeevaan

| 6 ޖެނުއަރީ 2019 | އާދީއްތަ 18:52 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ބާސާއަށް ކުޅެމުން އަންނަ ޖޯޑީ އަލްބާ -- ރޮއިޓަރސް

ޔުވަންޓަސްއިން ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ ލެފްޓް ބެކް ޖޯޑީ އަލްބާއަށް ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓުޓޯ ސްޕޯޓްއިން ބުނީ އަލްބާއަށް ޔުވަންޓަސްއިން ޝައުގުވެރިވާ ކަމަށާއި، ޖެނުއަރީ ޓްރާންސްފާގައި އޭނާ ހޯދުމަށް އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އުމުރުން 29 އަހަރުގެ އަލްބާ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނައިރު، އޭނާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރެވެ.

އެގޮތުން ބާސާއިން އަލްބާގެ އެއްބަސްވުން އާކުރަން މަޝްވަރާކުރަމުން އައި ނަމަވެސް އާ އެއްބަސްވުމަށް އަލްބާ ފުރަގަސްދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޖެނުއަރީ ޓްރާންސްފާގައި އޭނާ ކްލަބް ބަދަލުކުރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ސްޕެއިންގެ ވެލެންސިއާއިން ވިދާލި އަލްބާ ވަނީ އެޓީމަށް ކުޅުނު 110 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވެލެންސިއާގައި ތިން ސީޒަން ހޭދަކުރުމަށްފަހު ބާސާއަށް ބަދަލުވީ 2012 ވަނަ އަހަރުގެ ސީޒަނުގައެވެ.

އަލްބާ ވަނީ ބާސާއަށް މިހާތަނަށް ކުޅުނު 269 މެޗުގައި 14 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ހަތަރު ލީގު ތަށި، ހަތަރު ކޮޕާޑެލްރޭ، ތިން ސްޕެނިޝް ސުޕާކަޕް، އެއް ޔުއެފާ ޗެމްޕިއަންސް ލީގު އަދި އެއް ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމަށް ކުޅުނު 67 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފައިވާ އަލްބާ ވަނީ 2012 ވަނަ އަހަރު އެޓީމާއެކު ކާމިޔާބުކުރުމުގެ އިތުރުން 2013 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ދެވަނަވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް