21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ސީރިޔާ ހަނގުރާމަ

އެމެރިކާ ސިފައިން ސީރިއާއިން ނުފޭބުމަށް ޔަޒީދީ އިން އެދެނީ

  • އައިއެސްއިން ޔަޒީދީންގެ 3،000އެއްހާ މީހުން މަރާލައި އަދި ވަގަށްނަގާފައިވޭ
އަބުދުﷲ މުހައްމަދު | 8Abbo

| 6 ޖެނުއަރީ 2019 | އާދީއްތަ 08:04 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


ފްރީ ޔަޒީދީ ފައުންޑޭޝަނުން ބުނަނީ އައިއެސް އަލުން އައުމުގެ ބިރު އެބަ އޮތް ކަމަށް -- އަލްޖަޒީރާ

އައިއެސް އަނބުރާ އަތުވެދާނެކަމަށާއި އެކަމަކީ ބައިމަދު ދީނީ ގްރޫޕްތަކަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެމެރިކާ ސިފައިން ސީރިޔާއިން ފޭބުން މަޑުޖައްސާލުމަށް ޔަޒީދީ އިންގެ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ގޮވާލާފައިފިއެވެ.

ނެދަލޭންޑްގައި ގާއިމްވެފައި އޮންނަ ފްރީ ޔަޒީދީ ފައުންޑޭޝަނުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައިއެސް އަނބުރާ އައުމަކީ ޔަޒީދީ ފަދަ ބައިމަދު ގްރޫޕްތަކަށް އޮތް ނުރައްކަލެއްކަމަށެވެ.

ހަނގުރާމަވެރި އައިއެސްއިން އިރާގުގެ އުތުރާއި ސީރިޔާގައި ވެރިވެގެންފައި އޮތްއިރު ޔަޒީދީންގެ 3،000 މީހުން މަރާލައި އަދި ވަގަށްނަގާފައި ވާއިރު 7.000 ޔަޒީދީ އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވެއެވެ.

ކުރުދީންގެ ބައިމަދު ދީނީ ޖަމާއަތެއްކަމަށްވާ ޔަޒީދީއާ ދެކޮޅަށް ހިންގުނު ޖަރީމާތައް އދން ސިފަކޮށްފައިވަނީ ނަސްލު ނައްތާލުމުގެ ޖަރީމާއެެއްގެ ގޮތުގައެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ނަމުގައި އުޅެމުންދިޔަ ޖަމާއަތް "ބަލިކުރެވިއްޖެ" ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވަނިކޮށް ސީރިޔާގައި އުޅޭ އެމެރިކާގެ ސިފައިން އެ ގައުމުން ބޭލުމަށް އެމެރިކާއިން ނިންމިކަން އިއުލާނުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

ސީރިޔާގެ އިރުއުތުރުން އައިއެސް ފައްސާލުމަށް އެމެރިކާގެ ދެހާހެއްހާ ސިފައިން އެއްގަމު މަގުން މަސައްކަތްކޮށްފައިވެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް