19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

ނޫ އުރަހަ ކަންނެލި

ޖަޕާނުގައި ކަންނެއްޔެއް 3.1 މިލިއަން ޑޮލަރަށް ވިއްކައިފި

  • ހަރުގެ މަސް ވެސް ގަތީ، ކުރިން ވެސް އެއްމެ ބޮޑު އަގެއް ދީފައި މަސް ގަތުމުގެ ރެކޯޑް އޮންނަ ޖަޕާނުގެ ކިޔޯޝީ ކިމޫރާ
އަމަން ހަލީމް | soupized

| 5 ޖެނުއަރީ 2019 | ހޮނިހިރު 22:16 | |

މަގުބޫލް

  1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
  2. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
  3. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  4. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
  5. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި


މަސް ގަތް ފަރާތް ކަމުގައިވާ ކިޔޯޝީ ކިމޫރާ -- ރޮއިޓަރސް

ޖަޕާނުގެ ޓޯކިޔޯގެ އާ މަސް މާރުކޭޓުގައި ބޭއްވި ފުރަތަމަ ނީލަމުގައި، ކަންނެއްޔެއް 3.1 މިލިއަން ޑޮލަރަށް ވިއްކައިފިއެވެ.

ބަރުދަނުގައި 278 ކިލޯ ހުރި މި ކަންނެއްޔަކީ، ނެތިހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކަންނެލީގެ ބާވަތެއް ކަމުގައިވާ ނޫ އުރަހަ ކަންނެއްޔެކެވެ. މިއީ މިހާތަނަށް ކަންނެއްޔަކަށް ދެއްކި އެއްމެ ބޮޑު އަގެވެ.

މި ފަހަރު ވެސް ކަންނެލި ގަތީ، ކުރިން ވެސް އެއްމެ ބޮޑު އަގެއް ދީފައި މަސް ގަތުމުގެ ރެކޯޑް އޮންނަ ޖަޕާނުގެ ކިޔޯޝީ ކިމޫރާއެވެ. "ޓޫނާ ކިންގް" ގެ ނަމުން މަޝްހޫރު ކިމޫރާއަކީ ޖަޕާނުގައި ހިންގާ "ސޫޝީ ޒަންމާއީ" ރެސްޓޯރަންޓްތަކުގެ ވެރިޔާއެވެ.

ކިމޫރާ ބުނީ އެ ކަންނެލި ތާޒާވެފައި ރަހަ މީރު ވާނެ ކަމަށް ބެލެވުނަސް މި ފަހަރު މަސް ގަނެވުނީ އުއްމީދު ކުރި އަގަށް ވުރެ މަތިން ކަމަށެވެ. ނަމެވެސް އޭނާގެ ކަސްޓަމަރުން މި މަސް ކާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ކިމޫރާ ވިދާޅުވިއެވެ. މި މަސް ކެއުމަށް ބޭނުންވާ މީހުން ވަނީ ކިމޫރާގެ ރެސްޓޯރަންޓްތަކުގެ ބޭރުގައި ބޮޑު ކިޔުއެއް ހަދާފައެވެ.

މި އަގަކީ ބާޒާރުގައި އާއްމު ގޮތެއްގައި ނޫ އުރަހަ ކަންނެލި ލިބެން ހުންނަ އަގަށް ވުރެ މަތިން ވިކުނު ކަންނެއްޔެކެވެ. މި މަހުގެ އަގު އެހާ ބޮޑުވީ އާ އަހަރުގެ ފުރަތަމަ މަސް ނީލަމުގައި ވިކުނު މަހަކަށް ވުމުން ކަމަށް ޖަޕާނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި މި މަސް ވިއްކި ޓޮޔޫސޫ މަރުކޭޓަކީ، ޓޯކިޔޯގެ ދުވަސްވީ ސުކީޖީ މާރުކޭޓު ބަންދު ކުރުމަށް ފަހު މި އަހަރު އަލަށް ހުޅުވި މަސް މާރުކޭޓެކެވެ.

ޖަޕާނާކީ ދުނިޔޭގައި އެއްމެ ގިނައިން ކެއުމުގައި ނޫ އުރަހަ ކަންނެލި ބޭނުން ކުރާ ގައުމެވެ. މާހިރުން ބުނަމުން އަންނަނީ، މިހާރު ބާނާ ވަރަށް ނޫއުރަހަ ކަންނެލި ބާނަމުން ދާނަމަ މި ކަންނެލީގެ ބާވަތް ދުނިޔެއިން ނެތިގެން ދާކަށް މާ ގިނަ ދުވަހެއް ނެތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް