21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

އެމެރިކާގެ ސަރުކާރު ބަންދުކުރު

އެމެރިކާ ސަރުކާރު ހުއްޓުމަކަށް ގެނެސްފައި އޮތް އޮތުން ނިންމުމަށް މަޝްވަރާތައް ކުރިޔަށް

  • ބޯޑަރުގައި ފާރު އެޅުމަށް ބަޖެޓުގައި 5 ބިލިއަން ޑޮލަރު ހިމެނާފައިވޭ
އަމަން ހަލީމް | soupized

| 5 ޖެނުއަރީ 2019 | ހޮނިހިރު 20:13 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ގޫގުލް

ބަޖެޓާ މެދު އެއްބަސްނުވެވިގެން ހުއްޓިފައި އޮތް އެމެރިކާގެ ސަރުކާރުގެ މަސައްކަތްތައް ފެށުމަށް، ވައިޓް ހައުސްގެ އޮފިޝަލުންނާއި ކޮންގްރެސްގެ ވާހަކަތައް ކުރިޔަށް ގެންދިޔުމަށް ނިންމައިފިއެވެ.

މި ވާހަކަތައް ކުރިޔަށް ގެންދަން ނިންމާފައި މި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބޭނުންފުޅުވާ ގޮތަށް (މެކްސިކޯ އާއި އެމެރިކާގެ ސަރަހައްދީ އިމުގައި ގާއިމު ކުރާ ފާރުގެ ހަރަދު ހިމަނައިގެން) ބަޖެޓު ފާސްނުވެއްޖެ ހާލަތެއްގައި އެތައް އަަހަރެއް ވިޔަސް ސަރުކާރު ހިންގުން ހުއްޓުވާލާފައި ބާއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. ޓްރަމްޕް ބޭނުން ވަނީ ބޯޑަރުގައި ފާރު އެޅުމަށް ބަޖެޓުގައި 5 ބިލިއަން ޑޮލަރު ހިމެނުމަށެވެ.

ކޮންގްރެސްގެ ލީޑަރުންނާ އެކު ހުކުރު ދުވަހު ބޭއްވި ބައްދަލުވުނަތަކައް ފަހު ޓްރަމްޕް ވިދާޅުވީ އެ ބައްދަލުވުމުގައި ވާހަކަތަކަށް ކުރިއެރުން ލިބިފައިވާ ކަމަށާއި، ވަރަށް އަވަހަށް ސަރުކާރުގެ އިދާރާތައް އަލުން ހުޅުވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ މިކަމަކީ ސަރުކާރު ހުއްޓުވާލާފައި އޮތުން ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި، އޭނާ ދެކެވަޑައިގަންނަވަނީ މިއީ ގައުމުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަންކަން ކަމަށެވެ.

ވާހަކަ ދައްކައިގެން މައްސަލައަށް ހައްލެއް ނުލިބިއްޖެ ނަމަ، ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފުރަތަމަ މަސައްކަތް ކުރައްވާނީ މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރެއްވުމަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ސަރުކާރު ހުއްޓުމާ ގުޅިގެން މުސާރަ ނުލިބިފައި ތިބި މުވައްޒިފުން ވެސް، ބޭނުންވާނީ ފާރުގެ ބަޖެޓު ހޯދަން ކުރަމުންދާ މަސައްކަތުގައި ދެމިހުންނަވަން ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޑިމޮކްރެޓުން ބުނެފައި ވަނީ ބޯޑަރުގެ ސަލާމަތީ ކަންކަމަށް މިހާރު ވެސް 1.3 ބިލިއަން ޑޮލަރު ހަމަޖައްސާފައި ވާނެ ކަމަށާއި، އިތުރަށް މި މައްސަލައިގައި ވާހަކަދެއްކޭނީ އަލުން ސަރުކާރު ހުޅުވުމުން ކަމަށެވެ.

އެމެރިކާގެ ސަރުކާރު ހުއްޓުވާލެވިފައި އޮތުމުގެ ސަބަބުން 800،000 މުވައްޒިފުންނަށް މިކަމުގެ އަސަރުކޮށްފައިވާ އިރު، ޑިސެމްބަރު 21ގެ ފަހުން އެ މީހުން މަސައްކަތް ކުރަން ޖެހިފައި ވަނީ މުސާރަ ނުލިބިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް