20 ޖެނުއަރީ 2019 | އާދީއްތަ | 03 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ބޮލީވުޑް

ދީޕިކާގެ އުފަން ދުވަހު ވެބްސައިޓް ލޯންޗް ކޮށްފި

  • ވެބްސައިޓް ލައުންޗް ކޮށްފައިވަނީ ހޮނިހިރު ދުވަހު
އަޒްލިފާ އަބްދުﷲ | AzuAzlifa

| 5 ޖެނުއަރީ 2019 | ހޮނިހިރު 18:34 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ދީޕިކާ ޕަދުކޯން -- ގޫގުލް

ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަދުކޯންގެ އުފަންދުވަހު އޭނާގެ އޮފިޝަލް ވެބްސައިޓް ލޯންޗް ކޮށްފިއެވެ.

ހޮނިހިރު ދުވަހު ދީޕިކާ ވަނީ ވެބްސައިޓްގެ ލިންކް އޭނާގެ ސޯޝަލް މީޑީއާ ހެންޑްލްގައި ހިއްސާކޮށްފައެވެ.

ދީޕިކާ ވަނީ އޭނާގެ ބްލެކް އެންޑް ވައިޓް ފޮޓޯއެއް ހިއްސާކޮށް އެ ފޮޓޯގެ އެއްފަރާތުގައި ވެބްސައިޓާ ގުޅޭ މައުލޫމާތު ލިޔެފައެވެ.

މި ފޮޓޯގެ ވައަތް ފަރާތު ތިރީ ކަނުން ކިއުއާރު ކޯޑު ވެސް ފެނިގެންދެއެވެ.

ދީޕިކާ ވަނީ މީގެ 24 ގަޑިއިރު ކުރިން އުފާވެރި ޚަބަރެއް ހިއްސާކުރާނެ ކަމަށް ބުނެފައެވެ. އަދި އެ ޕޯސްޓާ އެކު އިންސްޓަގްރާމްގައި އޭނާ ވަނީ ކައުންޓް ޑައުން ފަށާފައެވެ.

ދީޕިކާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓް ކޮށްފައިވާ ފިލްމް "ޕަދްމާވަތު" އިންނެވެ. އެ ފިލްމްގައި ދިޕިކާއާ އެކު ފެނިގެން ގޮސްފައި ވަނީ އޭނާގެ މިހާރުގެ ފިރިމީހާ ރަންވީރު ސިންގް އާއި ޝާހިދު ކަޕޫރެވެ. އެ ފިލްމް ވެގެން ގޮސްފައި ވަނީ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމްކަމަށެވެ. އެގޮތުން އެ ފިލްމަށް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 600 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ.

 ދީޕިކާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މެގްނާ ގުލްޒާރު ޑައިރެކްޓް ކުރާ ފިލްމް " ޗަޕާކް" އިންނެވެ.

ނިމިގެން ދިޔަ 2018 ވަނަ އަހަރު ވެފައި ވަނީ ދީޕިކާއަށް ހުރިހާ ގޮތަކުން ވެސް ވަރަށް ކާމިޔާބު އަހަރަކަށެވެ. އެގޮތުން އަހަރު ފެށުނުތަނާ ރިލީޒް ކުރި އޭނާގެ ފިލްމް "ޕަދްމާވަތު" ވަނީ ކާމިޔާބު ފިލްމަކަށް ވެގެން ގޮސްފައެވެ. އަހަރުގެ މެދުތެރެއިން އޭނާ އާއި ރަންވީރުގެ ކައިވެނީގެ ތައްޔަރީތައް ވަނީ ފަށާފައެވެ. މި ދެ މީހުން ކައިވެނި ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހު އިޓަލީގެ ލޭކް ކޯމޯގައެވެ. ކައިވެންޏަށް ފަހު އެނބުރި އިންޑިއާއަށް އައުމަށް ފަހު އާއިލާ އާއި ގާތް ރައްޓެހިން އަދި ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް ވަނީ ކައިވެނީގެ ހަފްލާތައް ބާއްވާފައެވެ.

ފޯބްސް މެގައިޒިން އިން ހޮވި 2018 ވަނަ އަހަރުގެ އެންމެ މުއްސަދި ސެލެބްރިޓީންގެ ލިސްޓްގެ ފަސް ވަނައަށް ދީޕިކާ ވަނީ ހޮވިފައެވެ. އަދި މިއީ އަންހެނަކު މި ލިސްޓަށް އެރި ފުރަތަމަ ފަހަރެވެ. އެނާއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 112 ކްރޯޑް ލިބިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Mohammed

2 ހަފްތާކުރިން

Dhipica ufandhuvas faahaga kiranee chevalblanc Randheli ga

0
0