20 ޖެނުއަރީ 2019 | އާދީއްތަ | 03 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

އުރުދުން - އިސްރާއީލް

އުރުދުންގައި އިޒްރޭލުގެ ދިދަ ފައިފުހީގެ ގޮތުގައި ބޭނުން ކުރަނީ

  • އުރުދުންގެ މިނިސްޓަރަކު އިޒްރޭލުގެ ދިދައަށް ފައިން އެރި ފޮޓޯއެއް އާންމުވި
އަމަން ހަލީމް | soupized

| 5 ޖެނުއަރީ 2019 | ހޮނިހިރު 04:43 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


އިޒްރޭލުގެ ދިދަ އުރުދުންގެ ބަޔަކު އަންދާލަނީ -- ރޮއިޓަރސް

އުރުދުންގެ "ޕްރޮފެޝަނަލް ޔޫނިއަން އެސޯސޮއޭޝަން"ގެ ހުރިހާ އޮފީސްތަކެއްގެ ކުރިމަތީގައި އިޒުރޭލުގެ ދިދަ ފައިފުއްސެއްގެ ގޮތުގައި ބޭނުންކުރުމަށް ބާއްވަން އުޅޭ ކަމަށް އިޒްރޭލުގެ ނޫހެއް ކަމުގައިވާ ހާރެތުޒްއިން ރިޕޯޓްކޮށްފިއެވެ.

އެ ނޫހުގައި ބުނެފައި ވަނީ މިއީ އުރުދުންގެ އިންފޮމޭޝަން މިނިސްޓަރު ޖުމާނާ ގުނައިމަތު އިޒްރޭލުގެ ދިދައެއް މައްޗަށް ފައިން އަރާ ފޮޓޮއެއްގެ މައްސަލައިގައި ނުރުހުން ފާޅުކޮށް، އުރުދުންގެ ހާރިޖިއްޔާއަށް ފޮނުވި ލިޔުމުގެ ރައްދެއްގެ ގޮތުގައި އެ ޖަމިއްޔާއިން ކުރަން ނިންމި ކަމެއް ކަމަށެވެ. މިނިސްޓަރު ޖުމާނާ އެ ދިދަ މައްޗަށް ފައިން އެރުއްވި ކަމަށް ބުނާ ފޮޓޯގައި ހުންނެވީ ވެރިރަށް އައްމާނުގައި ހުންނަ "އިންޖިނިއަރސް ޔޫނިއަން"ގެ އިމާރާތުގައެވެ.

އިޒްރޭލުން ބުނެފައި ވަނީ މިނިސްޓަރުގެ އެ އަމަލަކީ ވަރަށް ބޭއިހްތިރާމް އަމަލެއް ކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން އިޒްރޭލުން ވަނީ އުރުދުންގެ ފަރާތުން އިޒްރޭލަށް ކަނޑައަޅުއްވާފައި ހުންނަވާ އެންވޯއި މުހައްމަދު ހުމެއިދު ހާޒިރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން އުރުދުންގެ ހާރިޖިއްޔާގެ ތަރުޖަމާނު މާޖިދު ގަތަރްނޭހް ވިދާޅުވީ، މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށާއި، މި ކަން ހިނގާފައި ވަނީ އަމިއްލަ ފަރާތެއްގެ އިމާރާތެއްގައި ކަން ފާހަގަކުރެއްވިއެވެ.

އިންޖިނިއަރސް ޔޫނިއަންއިން ބުނީ މިނިސްޓަރު ފައިން އެރުއްވި ދިދައަކީ، އިޒްރޭލާ އެކު އުރުދުންއިން ގުޅުން ބާއްވާ މައްސަލަ އާއި ފަލަސްތީނުގެ ބިންތަށް އިޒްރޭލުން ހިސޯރުކޮށްގެން އުޅުމާއީ ދެކޮޅަށް ނުރުހުން ފާޅު ކުރުމުގެ ގޮތުން، އެ ޖަމިއްޔާގެ އިމާރާތަށް ވަންނަ ދޮރު ކުރިމަތީގައި ހަރުކުރެވިފައި ހުރި ދިދައެއް ކަމަށެވެ.

ޔޫނިއަން އެސޯސިއޭޝަނަކީ 14 ޔޫނިއަނުގެ މައްޗަށް އެކުލެވޭ، 180،000 މެމްބަރުންގެ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއަކީ އުރުދުން އާއި އިޒްރޭލުގެ ގުޅުމަށް، އެ ގައުމުގައި އެންމެ ބޮޑަށް ދެކޮޅު ހަދާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ޖަމިއްޔާއެކެވެ.

އިޒްރޭލާއި އުރުދުންއިން ވަނީ 1994ގައި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް ފަލަސްތީނާ މެދު އިޒްރޭލުން ގެންގުޅޭ ސިޔާސަތުތަކާ ގުޅިގެން އެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް