20 ޖެނުއަރީ 2019 | އާދީއްތަ | 03 ހުވަން
14 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32

ރަކީން ސްޓޭޓް- މިޔަންމާ

މިޔަންމާގެ ރަކީން ސްޓޭޓްގައި ބުދިސްޓު ހަނގުރާމަވެރިންތަކެއް 13 ފުލުހުން މަރާލައިފި

  • ހަމަލާދިނީ އަރަކަން އާމީ ކިޔާ ހަނގުރާމަވެރި ޖަމާއަތަކުން
އަމަން ހަލީމް | soupized

| 5 ޖެނުއަރީ 2019 | ހޮނިހިރު 04:43 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


މިޔަންމާގެ އަސްކަރިއްޔާގެ އޮފިސަރަކު ފޯރިމަރަނީ -- އާކައިވް

މިޔަންމާގެ މައްސަލަބޮޑު ރަކީން ސްޓޭޓްގައި ހަރަކާތްތެރިވާ "އަރަކަން އާމީ" ކިޔާ ޖަމާއަތަކަށް ނިސްބަތްވާ ބުދިސްޓު ހަނގުރާމަވެރިންތަކެއް ދިން ހަމަލާތަކެއްގައި 13 ފުލުހަކު މަރުވެ، އިތުރު ނުވަ ފުލުހަކު ޒަހަމްވެއްޖެއެވެ.

މިޔަންމާގެ ރަސްމީ ނޫސް އެޖެންސީން ބުނެފައި ވަނީ އަރަކަން އާމީގެ ސަތޭކައަށް ވުރެ ގިނަ ހަނގުރާމަވެރިން ވެގެން ހުކުރު ދުވަހު ފުލުހުންގެ ހަތަރު ޕޯސްޓަކަށް ހަމަލާ ދީފައިވާ ކަމަށެވެ.

ފާއިތުވެ ދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އަރަކަން އާމީ އާއި ރަކީން ސްޓޭޓްގެ ސަލާމަތީ ބާރުތަކާ ދެމެދު ބަދަލުކުރެވޭ ހަމަލާތައް ވަނީ އިތުރުވެފައެވެ. އަދި އެ ހަމަލާތަކާ ގުޅިގެން 2500 އަށް ވުރެ ގިނަ އާއްމު ރައްޔިތުން ގެދޮރު ދޫކޮށް ދާން ޖެހިފައިވާ ކަމަށް އދ.އިން ވަނީ ހާމަކޮށްފައެވެ.

ހަނގުރާމަވެރިންގެ ފަރާތުން އޭއެފްޕީ ނޫހާ ވާހަކަދެއްކި ކިން ތޫ ކާ ބުނީ، މަރާލި ފުލުހުންގެ ތެރެއިން ހަތް މީހެއްގެ ހަށިގަނޑު އެ މީހުން "ގެންގޮސްފައިވާ" ކަމަށާއި، ސަލާމަތީ ބާރުތަކުގެ އިތުރު 14 މީހަކު އެ މީހުން ރަހީނުކޮށްފައިވާ ކަމަށެވެ. ރަހީނުކުރެވުނު މީހުންގެ ތެރެއިން 12 މީހަކު ދޫކޮށްލާފައިވާ ކަމަށް ވެސް ކާ ބުނިއެވެ. ކާ ބުނީ އެ ހަމަލާތަކަކީ އަސްކަރިއްޔާއިން އެ މީހުންނަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.

ރޮއިޓަރޒްއަށް މައުލޫމާތު ދެމުން މިޔަންމާގެ އަސްކަރިއްޔާގެ ފަރާތުން ވާހަކަ ދެއްކި ޒައު މިން ތުން ބުނީ، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އަސްކަރިއްޔާއިން އެ ސަރަހައްދުގެ އަމަން ގާއިމް ކުރުމުގެ އޮޕަރޭޝަންތައް ހިންގާނެ ކަމަށެވެ. ޒައު ބުނީ މި ހަމަލާތައް ދިނީ، އިނގިރޭސިންގެ އަތް ދަށުން މިނިވަންވުމަށް، 71  އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ގައުމުގެ ހުރިހާ ހިސާބެއްގައި ގައުމީ ދިދަ ނެގިތާ އިރުކޮޅެއް ވެސް ނުވަނީސް ކަމަށެވެ.

އަރަކަން އާމީއަކީ ރަކީން ސްޓޭޓްގައި އޮތް ބައިމަދު ބުދިސްޓުންނަށް އިތުރު ބާރުތަކާއި މިނިވަންކަން ދިނުމަށް މަސައްކަތް ކުރާ ހަނގުރާމަވެރި ޖަމިއްޔާއެކެވެ.

ރަކީން ސްޓޭޓަކީ މިޔަންމާގެ ރޮހިންޔާ މުސްލިމުން އުޅުނު ސަރަހައްދެވެ. ނަމަވެސް 2017 ވަނަ އަހަރު އެ ގައުމުގެ އަސްކަރިއްޔާ އާއި ހައްދުފަހަނަ އަޅާފައިވާ ބުދިސްޓުން ވެގެން ދިން ހަމަލާތަކާ ގުޅިގެން އެ މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި، އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ. އެ މީހުން ވަނީ މިޔަންމާއަށް އަނބުރާ ދިޔުމަށް ދެކޮޅު ހަދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް