20 ޖެނުއަރީ 2019 | އާދީއްތަ | 03 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

އެޕަލްގެ ޝެއަރ

އެޕަލްގެ ޝެއަރ 10 އިންސައްތަ ދަށަށް ހިނގައްޖެ

  • ބާރބެރީއާއި ހާމްސްގެ ޝެއަރވެސް ވަނީ ދަށްވެފައި
ރިޒުނާ ޒަރީރު | RiznaZareer

| 4 ޖެނުއަރީ 2019 | ހުކުރު 19:03 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


އެޕަލް ކުންފުނީގެ އައުޓްލެޓެއް -- ގޫގުލް

ދުނިޔޭގެ ބާޒާރުގައި އެންމެ ބޮޑު މަޤްބޫލުކަމެއް ހޯދަމުން އަންނަ އެޕަލްގެ އުފެއްދުން ތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ވިޔަފާރި ރަނގަޅު އުފެއްދުންތަކެކެވެ.

އެހެންނަމަވެސް ނިމިގެންދިޔަ އަހަރުގެ ފަހު ކުއާރޓާގައި އެޕަލްގެ ޝެއަރ ވަނީ 10 އިންސައްތަ ދަށްވެފައެވެ. އެޕަލްގެ ޗީފް އެގްޒެކެޓިވް، ޓިމް ކުކް ބުނެފައިވަނީ އެޕަލްގެ ޝެއަރ ދަށަށް ގޮސްފައިވަނީ ޗައިނާ ބާޒާރުގައި އެޕަލްގެ އުފެއްދުންތަކުގެ ވިޔަފާރި ދަށްވުމުން ކަމަށެވެ.

2018 ވަނަ އަހަރުގެ ފަހު ތިން މަސްދުވަހު ފާއިދާގެ ގޮތުގައި 89 ބިލިއަން ޑޮލަރު ލިބޭނެކަމަށް ލަފާކޮށްފައި ވީނަމަވެސް އެ މުއްދަތުގައި ލިބިފައިވަނީ 84 ބިލިއަން ޑޮލަރު ކަމަށެވެ.

އެޕަލްގެ އުފެއްދުންތަކުގެ ޝެއަރ ދަށްވެފައިވާއިރު މަޝްހޫރު ފެޝަން ބްރޭންޑްތައް ކަމަށްވާ ބާރބެރީގެ ޝެއަރވަނީ 6 އިންސައްތަ ދަށްވެފައެވެ. އަދި އެލްވީއެމްއެޗް، ހާމްސްގެ ޝެއަރވެސް ވަނީ ދަށަށް ގޮސްފައެވެ.

އަހަރުގެ ފަހު ކުއާރޓާގައި އެހެންކުންފުނިތަކުގެ ވިޔަފާރި ދަށަށް ދިޔަ ނަމަވެސް އެޕަލްގެ އެންމެ ފަހުގެ އުފެއްދުން އަބަދުވެސް މާރކެޓަށް ނެރެމުން އަންނަނީ އަހަރުގެ ފަހު ކުއަރޓާގައި ކަމަށްވެފައި، މިއީ އެޕަލްގެ ވިޔަފާރި އެހެން ކުންފުނިތަކާއި އަޅާބަލާއިރު ރަނގަޅު ކުއާރޓާއެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

2018 ވަނަ އަހަރުގެ ފަހު ކުއާރޓާގައި 84 ބިލިއަން ޑޮލަރު ލިބުނު އިރު މިއީ 2017 ވަނަ އަހަރުގެ ފަހު ކުއާރޓާގައި ލިބުނު ވަރަށްވުރެ 5 އިންސައްތަ ދަށް އަދަދެކެވެ.

ޓިމް ކުކް ބުނި ގޮތުގައި ވިޔަފާރީގައި މައްސަލަތަކެއް ދިމާވެފައިވަނީ ގްރޭޓަރ ޗައިނާ ހިސާބުގައި ކަމަށާއި އެގޮތުން ހޮންގކޮންގް ޓައިވާން ފަދަ ގައުމުތަކުގައި އެޕަލްގެ އުފެއްދުންތަކުގެ ވިޔަފާރިވަނީ ދަށަށް ގޮސްފައެވެ.

މިގޮތަށް ވިޔަފާރި ދަށްވެފައިވަނީ އިޤްތިޞާދީ ހީނަރުކަމެއް އައިސްފައިވާތީ ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް