19 މާރޗް 2019 | އަންގާރަ | 09 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

ޖަލުތަކުގެ އޮޑިޓް

ޖަލު އޮޑިޓް: މައްސަލަތައް ފާހަގަ ވާނެ، ހައްލު ގެންނަން ފަސް ޖެހިގެން ނުވާނެ!

  • ޖަލުތަކުގެ އޮޑިޓަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް
  • ގައިދީންނާމެދު ގާނޫނާއި ޚިލާފަށް އަމަލުކުރޭ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 4 ޖެނުއަރީ 2019 | ހުކުރު 18:00 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  5. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  6. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި


ޖަލުގައި ގައިދީންތަކެއް: ޖަލުތަކުގެ އޮޑިޓް ކުރަން މިހާރު ވަނީ ފަށާފައި -- ގޯލް.ކޮމް

ރާއްޖޭގެ ޖަލުތަކީ އިންސާނުން ބޭތިއްބުމަށް އެކަށީގެންވާވަރުގެ ތަންތަން ނޫން ކަމާއި، ޖަލުތަކުގައި އަނިޔާ ދޭ ވާހަކަ އަބަދުވެސް ދެކެވެ އެވެ. ނަމަވެސް، އެކަށީގެންވާ ހައްލެއް ގެނައުމަށް މަސައްކަތެއް ކޮށްފައެއް ނެތެވެ. މިހާރު ސަރުކާރުގައި ތިއްބެވި ގިނަ ބޭފުޅުންނަށް ޖަލު ގޮޅިތަކުގެ ތަޖުރިބާ ކުރެއްވިފައިވުމާއެކު، ޖަލުތަކުގެ ހާލަތު ރަނގަޅުކުރަން މި ސަރުކާރުން ބޭނުންވި އެވެ. އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި، ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެތަންތަނުގެ ހާލަތު ދެނެގަތުމަށް އޮޑިޓެއް ހެދުން ހިމެނެ އެވެ.

ކުށެއް ކުރި ނަމަވެސް ބަންދުކޮށްފައި ބަހައްޓަންޖެހޭނީ ގާނޫނުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް، އެފަދަ ތަނެއްގައެވެ. ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގައި ކަންކަން ރީތިކޮށް ތަރުތީބުކޮށްފައި އޮތަސް، ގައިދީންގެ ކަންކަން ތަންފީޒުކުރުމުގައި އެ ގޮތަށް ތަރުތީބުވެ ހަމަޖެހިގެން ނުދާކަމުގެ ޝަކުވާ ބޮޑެވެ. ވޭތުވެ މިދިޔަ މުއްދަތުގައި ރާއްޖޭގެ އެތައް ޒުވާނުންނަކަށާއި ސިޔާސީ އެކްޓިވިސްޓުންނާއި ލީޑަރުންނަށް އެކަންކަން ވަނީ ތަޖުރިބާކުރެވިފަ އެވެ. ޚުދު ރައީސް ސޯލިހް އަށް ވެސް ޖަލު ތަޖުރިބާކުރަން ޖެހިވަޑައިގެންނެވި އެވެ. ޖަލު ހަމައަކަށް އެޅުވުމަކީ މުހިންމު ކަމެއްކަމަށް ދެކިވަޑައިގެން، އެ ތަންތަން އޮޑިޓްކުރަން ހަތް މެމްބަރުންގެ ކޮމިޓީއެއް ވަނީ އުފައްދަވައިފަ އެވެ.

އެ ކޮމިޝަންގައި ތިއްބެވީ ތަޖުރިބާކާރު ބައެކެވެ. ހިއުމަން ރައިޓްސް ކަމިޝަންގެ ކުރީ މެމްބަރުކަން ކުރައްވާފައިވާ އަދި ޖަލު އޮޑިޓްކުރާ ކޮމިޝަންގެ ރައީސް އަޙްމަދު ޢަބްދުލް ކަރީމާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސާ ޝަހިންދާ އިސްމާއިލާއި ޑރ. ޢަބްދުﷲ އިސްނީން ހިލްމީ އާއި އަޙްމަދު މުޙައްމަދުފުޅާއި ޒުލައިޚާ ދާއޫދާއި ޝާދިޔާ އާދަމުގެ އިތުރުން އައިމިނަތު ނާހީން އަޙްމަދެވެ.

ހަތް ދިހަ ފަސް ދުވަހުގެ ޕްލޭނެއްގެ ދަށުން އެ ކޮމިޝަނުން ވަނީ މަސައްކަތް ފަށައިފަ އެވެ. މައިގަނޑު ގޮތެއްގައި އެ ކޮމިޝަނުން ހަތަރު ކަމެއް ބަލާއިރު، އެކަންކަމުގައި ގުޅުންހުރި އިދާރާތަކާ ބައްދަލުކޮށް ހޯދަން ބޭނުންވާ މައުލޫމާތު ހޯދުމާއި ގާނޫނާއި ގަވައިދާ އުސޫލުތައް ދިރާސާކޮށް ޖަލުތަކާބެހޭ ރިޕޯޓްތައް ބަލައި، އަމަލުކޮށްފައި ހުރީ ކިހާވަރަކަށްތޯ ވަނީ ދިރާސާ ކުރަން ފަށައިފައެވެ. ޖަލުތަކާއި ބެހޭ ގޮތުން އާންމުންގެ ޝަކުވާއެއް އޮތް ނަމަ އެކަންތައްތައް ހުށައެޅުމަށްވެސް ވަނީ ހުޅުވާލާފައެވެ.

ގައިދީންނާމެދު ގާނޫނާއި ޚިލާފަށް އަމަލުކުރުމާއި ހައްގުތައް ނިގުޅައިގަތުން އޮތް ކަމަށް، އެ ކޮމިޝަނުން ގަބޫލުކުރެ އެވެ. ޖަލުގައި މީހުން މަރުވުމާއި، އަނިޔާ ކުރުމާއި، ބޭސް ފަރުވާ ލަސްވުމުގެ މައްސަލަ އަދި އެކަށީގެންވާ މިންވަރަށް ވުރެ ގިނައިން ޖަލުތަކުގައި މީހުން ގެންގުން މަކީ ވެސް އޮތް މައްސަލައެއް ކަމަށް ކޮމިޝަނުން ފާހަގަކުރި އެވެ.

"އެންމެ ކަންބޮޑުވާ ކަންތައްތަކުގެ ތެރޭގައި މި ހުރީ ޖަލުގައި މީހުން މަރުވުން. ދެ ވަނަ ކަމަކީ ސިއްހީ ފަރުވާ ދިނުމުގައި ހުރި މައްސަލަތައް. އޭގެ އިތުރުން ޖަލުގައި މީހުންނަށް އަނިޔާކުރުމާއި ލާއިންސާނީ ގޮތްގޮތަށް މީހުންނާ ދޭތެރޭ އަމަލުކުރާ މައްސަލަތަކަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަންތައްތަކެއް،" ކޮމެޓީގެ މެމްބަރ ޝަހިންދާ ވިދާޅުވި އެވެ.

ޖަލުގައި ގިނަ މަރުތަކެއް ހިނގާފައިވާއިރު، ބައެއް މަރުތަކާމެދު ސުވާލު އުފައްދާފައިވެ އެވެ. އަދި އެ މައްސަލަތަކުގައި ޖަލު ބަލަހައްޓާ ފަރާތްތަކުގެ އިހްމާލު އޮތް ކަމަށް ތުހަމްތުކުރެވެ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެއިން ކަމެއް ބެލި، އިސްލާހު ކުރެވި ނުވަތަ ފިޔަވަޅު އެޅިފައެއް ނެތެވެ. ނަތީޖާއަކަށް ވެފައި ވަނީ އާންމުންގެ ކަންބޮޑުވުމަށް ހައްލެއް ލިބިފައި ނެތުމެވެ. އެހެންވެ، ރައީސް ސޯލިހް އުފެއްދެވި ކޮމިޓީން، އެފަދަ ތުހްމަތުތައް ކުރެވިފައިވާ މަރުގެ މައްސަލަތައް ވެސް ބަލާނެ އެވެ.

ކުދިކުދި ކުށްތަކުގައި ޖަލަށް ލާ ކުއްޖާ ވެސް، ބޮޑެތި ކުށްވެރިންނާއެކު މަސްހުނިވެ، އިތުރަށް ގޯސްވުމަށް މަގުފަހިވެގެން ދިއުމަކީ ހައްލުކުރަންޖެހިފައިވާ މައްސަލައކެެވެ. އެއީ ހައްލުކުރަންޖެހޭ މައްސަލައެއް ކަމަށް ބުނެ، އެ ވާހަކަ ވެސް ހުރިހާ ސަރުކާރެއްގެ ދުވަސްވަރުގައި ވެސް ދައްކަ އެވެ. ނަމަވެސް ހައްލެއް އޮތީ ނައިސްފަ އެވެ. ޖަލު އޮޑިޓްކުރަން އުފެއްދި ކޮމިޝަނުން ވެސް މި މައްސަލަ ވަނީ ފާހަގަކޮށްފަ އެވެ.

"ކުދި ކުދި ކުށުގައި ޖަލަށް ލާ މީހުން އެނބުރި ނިކުންނައިރު ވެސް ހުރިހާ އެންމެން އެއްތަނެއްގައި ތިބެން ޖެހުމުގެ ސަބަބުން ވާ ގޮތަކީ އެމީހުން ނިކުންނަނީ ބޮޑެތި ކުށްވެރިންނަށް ބަދަލުވެގެން. އޮޑިޓުގައި އެކަން އަޅުގަނޑުމެން ވަރަށް ބަލާނަން، ބަލާފައި ގާނޫނުތަކުގައި ތަންދޭ މިންވަރަކުން ޖަލަށް ކޮންމެހެން ގެންދަން ނުޖެހޭ މީހުން ޖަލަށް ނުގެންގޮސް އެމީހުންނަށް ދެވޭނެ ކޮންމެ ވެސް އެހެން އަދަބެއް ހޯދުމަށް މީގައި ރިކޮމެންޑް ކުރާނަން" ކޮމެޓީގެ ރައީސް އަހުމަދު ވިދާޅުވި އެވެ.

ޖަލަށް މަސްތުވާތަކެއްޗާއި ފޯނާއި ގަވާއިދާ ހިލާފަށް ތަކެތި ވައްދުމާއި، އެކަންކަމުގައި ކަރެކްޝަންސްގެ އޮފިސަރުންގެ އަތެއް އޮތުމަކީ ބޮޑު މައްސަލައެކެވެ. ކޮމިޝަނުން މި މައްސަލަ ވެސް ބަލާނެ އެވެ. މި މައްސަލައިގެ އިތުރުން އެހެން މައްސަލަތަކަށް ވެސް ގެންނަންޖެހޭ ހައްލުތައް ހުށަހަޅާނެ އެވެ. ދެން ވާންޖެހޭނެ ކަމަކީ ހުށަހަޅާ ކަންކަން ތަންފީޒުކުރުން ބޮޑު ނަގުލަށް ނުގޮސް ނިންމުމެވެ. ގައިމު، މި ސަރުކާރުގައި ތިއްބެވީ ޖަލުގެ ހުރިހާ ކަމެއް ރަނގަޅަށް ތަޖުރިބާ ކުރެވިފައިވާ ބޭފުޅުންނެވެ. އެ ބޭފުޅުން ވަޑައިގަތީ މައްސަލަތައް ހައްލުކުރުމަށެވެ. ހުރިހާ ކަމެއްގައި ވެސް އިންސާފު ގާއިމުކުރުމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް