21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ

'ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ': ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމެއް

  • މިފިލްމު ރިލީޒްކުރާނީ ޖެނުއަރީ 11ގައި
ރިޒުނާ ޒަރީރު | RiznaZareer

| 3 ޖެނުއަރީ 2019 | ބުރާސްފަތި 17:24 | |

މަގުބޫލް

  1. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  2. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  3. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  4. ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
  5. 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
  6. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  7. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  8. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި


ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރގެ ޕޯސްޓަރެއް -- ބޮލީވުޑް ލައިފް

'ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ' ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމެއް ވެއްޖެއެވެ.

ޖެނުއަރީ 11 ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ މިފިލްމުގެ ދެވަނަ ޕޯސްޓަރު މިހާރު ދައްކާލާފައިވާއިރު ގިނަ ބަޔަކު މިފިލްމަށް އިންތިޒާރު ކުރަމުންދާކަން ވަނީ ހާމަކޮށްފައެވެ.

މިފިލްމުގެ ޓްރެއިލާ ރިލީޒްކުރިތާ ހަފްތާއެއްގެ ތެރޭގައި 47 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ޔޫޓިއުބް މެދުވެރިކޮށް ބަލާފައެވެ.

މިއީ 2004 ވަނަ އަހަރުން ފެށިގެން 2014އިގެ ނިޔަލަށް އިންޑިޔާގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ މަންމޯހަން ސިންގްގެ ބައޮގްރަޕީގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ.

މިފިލްމަށް ބައެއް މީހުންގެ ފާޑުކިއުންތައް އަމާޒުވެފައިވީ ނަމަވެސް ގިނަ ބަޔަކު ދަނީ ފިލްމު ބެލުމަށް ކެތް މަދުވެފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން މިފިލްމުގައި މަންމޯހަން ސިންގްގެ ރޯލުން ފެނިގެންދާ އަނޫޕަމް ކޭރު ވަނީ އޭނާގެ ކުރިއަށް އޮތް މިފިލްމާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް ވަނީ އާންމުންނާ ބައްދަލުކޮށް ވާހަކަދައްކާފައެވެ.  

މި ފިލްމާއި ދެކޮޅަށް ލޯޔަރު ސުދިރު ކުމާރު ވަނީ އަނޫޕަމް ކޭރުއާ އެކު މި ފިލްމުގައި ހިމެނޭ 14 މީހެއްގެ މައްޗަށް ސަބް ޑިވިޝަނަލް ޖުޑީޝިއަލް މެޖިސްޓްރޭޓް ކޯޓުގައި ދައުވާކޮށްފައެވެ. މި މައްސަލާގައި ހުށަހަޅާފައިވާ ޕެޓިޝަނާ މެދު ގޮތެއް ނިންމުމަށް ޖެނުއަރީ 8 ވަނަ ދުވަހު އޮންނާނެއެވެ.

ވިޖޭ ރަތްނަކަރު ޖުއްޓޭ ޑައިރެކްޓަރކުރާ މި ފިލްމުގައި ދެން ފެނިގެންދާނީ އަކްޝޭ ކަންނާއެވެ. އޭނާ މިފިލްމުގައި ފެނިގެންދާނީ ބޮޑު ވަޒީރުގެ މީޑިޔާ އެޑްވައިޒަރުގެ ގޮތުގައެވެ. އަދި ދިވްޔާ ސޭތް ޝާޙް ފެނިގެންދާނީ އަނޫޕަމް އަންހެނުންގެ ރޯލުންނެވެ.

މިއީ ކާމިޔާބު ފިލްމަކަށްވާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް