20 ޖެނުއަރީ 2019 | އާދީއްތަ | 03 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

މެޑަމް ފާތިމަތު އިބްރާހިމް

ފާތުމަގެ ޞަދަގާތް ފައުންޑޭޝަނުގެ ހިލަމެއް ނެތް!

  • މެޑަމްގެ ސަދަގާތު ފައުންޑޭޝަނުން ބާއްވާ ހިތާނީ ކޭމްޕް މި ފަހަރަކު ނެތް
  • ދައުލަތުގެ ކުންފުނިތައް ބޭނުންކޮށްގެން ސަދަގާތުގެ ނަމުގައި ކަންކަން ހިންގާފައިވޭ
އަލީ ޔޫސުފް | AliYooosuf

| 3 ޖެނުއަރީ 2019 | ބުރާސްފަތި 17:11 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


މިދިޔަ އަހަރު ބޭއްވި ހިތާނީ ކޭމްޕްގައި މެޑަމް ފާތުމަތު އިބްރާހީމް (ކ) އާއި މެންބަރު ސިޔާމް ބައިވެރިވެވަޑައިގަންނަވީ -- އާކައިވް

ޕޯޑިއަމްގައި ހުންނެވީ މީދޫ ދާއިރާގެ ލޮބުވެތި، އިއްޒަތްތެރި މެންބަރު އަހްމަދު ސިޔާމް މުހައްމަދެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން އަދި ކުރީގެ އިއްޒަތްތެރި "މަހާރެހެންދި" ވެސް އިންނެވިއެވެ. ސިޔާމްގެ ތައުރީފްތައް އަމާޒުކުރެއްވީ އެކަމަނާއަށެވެ. ވިދާޅުވީ އެކަމަނާއަކީ "ދިވެހިރާއްޖެ އަށް މާތްﷲ ދެއްވި ނިއުމަތެއް" ކަމަށެވެ.

އެއީ މިދިޔަ އަހަރު ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުގެ ރެއެވެ.  ފާތުންގެ ސަދަގާތު ފައުންޑޭޝަނުން ހުޅުމާލޭގައި ބޭއްވި ހިތާނީ ފެސްޓިވަލް ނިންމަން އޮތް ޖަލްސާއެވެ. ސިޔާމް އެވަރުން ހުއްޓާލެއްވީކީ ނޫނެވެ. ވިދާޅުވީ "އަޅުގަނޑުމެންގެ ރާއްޖޭގައި މިހިރީ އިނގިރޭސިވިލާތުގެ ރާނީއަށް ވުރެން މާ އޯގާތެރި، މާ މުހިއްމު، މާ ގިނަ މަސައްކަތްތަކެއް ކޮށްދޭ ރާނީއެއް،" ކަމަށެވެ. ދީލަތި އެހީ ދެއްވުމުގައި ވެސް ފަސްޓް ލޭޑީއަކީ ނަމޫނާއެއްގެ ގޮތުގައި ސިފަކުރައްވަމުން އެ ރޭ ސިޔާމް ވިދާޅުވީ "އަޅުގަނޑު ބޭނުންވަނީ ސުވަރުގޭގެ މަތިވެރި ގަނޑުވަރުތައް އުފެއްދުން" ކަމަށެވެ.

"އަދި އަޅުގަނޑު އެދެނީ އެ ގަނޑުވަރަށް އެކަމަނާ ލެއްވުން، ލައްވައިގެން އެ ހުރިހާ ނަސީބެއް އެކަމަނާއަށް ލެއްވުން."

މިއީ ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި މުޅިން އާ ވާހަކަތަކެއް ނޫނެވެ. ސަރުކާރުން ބާއްވާ ހަފްލާތަކާއި ޕީޕީއެމުން ބާއްވާ ރަސްމިއްޔާތުތަކުގައި ވެސް ފާތުންނަށް ހުޝާމަދުކުރުމާއި ތައުރީފްކުރުމުގައި ވެސް ވަރުގަދަ ވާދަވެރިކަމެއް އޮތެވެ. ހީވަނީ އެންމެ މޮޅަށް ތައުރީފްކުރާ ފަރާތަކަށް ސަރުކާރުގައި ލިބޭ އެތިވަރު ބޮޑުވާހެނެވެ. ނުވަތަ ތައުރީފާއި ސަނާ ކިޔައިގެން އެކަމަނާއާ އަރިސް ވީވަރަކަށް ލިބޭ މިންވަރު ބޮޑުވާތީ އުޅޭހެންނެވެ. އެހާ ވެސް ވާދަވެރިކަން ބޮޑެވެ. ކިޔޭ ނުކިޔޭއެއް ނޭނގެއެވެ.

އޭރުގެ ސަރުކާރަށް ތާއިދުކުރި ގިނަ މީހުން އެކަމަނާ ސިފަކުރީ އޯގާތެރި ދީލަތި ކަނބަލެއްގެ ގޮތުގައެވެ. ވާނީ ވެސް އެހެންތާއެވެ. ސައުދީން ދިން ކަދުރުކޮޅަކަސް އަދި ހައްޖު ކޯޓާ ވެސް ބަހަކީ އެކަމަނާގެ ނަމުގައެވެ. ހިތާނީ ސީޒަނުގައި ވެސް އެކަމަނާގެ އަޑު ކަނޑައިގެން ނުދެއެވެ. އާސަންދަ އާއި ދެން ވެސް އޮތްހާ ކުންފުންޏަކުން، ކޮރަޕްޝަން ކަމަށް ތުހްމަތުކުރެވޭ ގޮތަށް ދޭ ސްޕޮންސަރއިން ބޭއްވި ހަރަކާތްތަކުން މީހުންނަށް ހީވާނީ ވެސް އެހެންތާއެވެ.

އެކަމަނާ އަށް ތައުރީފްކުރާ ފަރާތްތަކުން އޭރު ބުނަމުންދިޔައީ އެކަމަނާއަކީ އަބަދު ވެސް ވަރަށް އޯގާތެރި އަދި އެހާމެ ދީލަތު ކަމަނާއެއް ކަމަށެވެ. އަދި ވެރިކަމުގައި ނެތަސް އެކަމަނާ އާއި އެކަމަނާ އުފައްދަވައިގެން އުޅުއްވާ ސަދަގާތު ފައުންޑޭޝަނުން އެފަދަ އެހީތައް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ. ހިތާނީ ކޭމްޕްތައް ބާއްވާނެ ކަމަށެވެ. މީހުން ހައްޖަށް ފޮނުވުމާއި ރޯދަ އަށް ކަދުރު ބެހުމާއި ކާޑުބެހުމާއި، މި ނޫން ވެސް ސަދަގާތުގެ ތެރެއިން ހިމެނޭ ކަންކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ އެތައް ކަމެއް ކުރިއަށް ގެންދާނެ ކަމަށެވެ. ފަހަރުގައި އެކަން އެހެން އޮވެދާނެވެސްމެއެވެ. ނަމަވެސް އެކަމަނާގެ ހާމަނުވެ އޮތް މި ސިފަ ފެނިގެން ދިޔައީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އާރާއި ބާރުތައް މުށުތެރެއަށް ޖަމާކުރައްވަން ފެއްޓެވި ހިސާބުންނެވެ.

މި ސަރުކާރުގެ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ވާހަކަ ހަރުއަޑުން ދައްކަމުން ދަނިކޮށް ކުއްލިއަކަށް ކުރީގެ ފާތުން މަތިން ހަނދާންވި ސަބަބު ވެސް މިތަނުގައި ފާހަގަކޮށްލާނަމެވެ. އެއްކަމަކީ ބޮޑު ޗުއްޓީއެއް ނިމިގެން ދިޔުމެވެ. ހިތާނީ މޫސުމް ނިމިގެން ދިޔަ އިރު އެއްކަލަ އޯގާތެރި ސަދަގާތްކުރުމުގައި ލާމަސީލު ކަމަނާގެ އަޑެއް ބަޑެއް ވެސް ނިއިވުމުންނެވެ. އަނެއްކޮޅުން މިހާރު ރުޅި މޫނު ހައްދަވައި އެކަމަނާ އާއި އެކަމަނާގެ ފިރިކަލުން ކުރީގެ ރައީސްއާ މޫނުކަނޑުއްވައިގެން ހުންނެވި މެންބަރު ސިޔާމް ދެއްކެވި ވާހަކަތަކަށް އަހަރެއް ފުރުމަކީ ވެސް އެކަމަނާ މަތިން ހަނދާންވި ސަބަބެކެވެ.

ނަމަވެސް މިހާރު ތަފާތަކީ ވެރިކަމުގައި އެކަމަނާގެ ފިރިކަލުން ނެތް ކަމެވެ. އާރެއް ބާރެއް ނެތިފައި ގޭގެ ހަތަރު ފާރު ތެރޭގައި ބަންދުވެފައިވާ ފަދަ ހާލަތެއްގައި އިންނެވި ކަމެވެ. ރަށު ބަންދެއްގައެވެ. ވެރިކަމުގައި ހިންގެވި ކޮރަޕްޝަންގެ އެތައް އެތައް މިލިއަން ރުފިޔާއެއްގެ ހިޔާނާތުގެ މައްސަލަތަކުގެ ތުހުމަތުކުރެވިފައިވާ އިރު އެ މައްސަލަތައް ޕޮލިހުން ދަނީ ބަލަމުންނެވެ. 

ކޮންމެޔަކަސް އެއްކަލަ ދީލަތު އޯގާތެރި ކަމަނާގެ އަޑެއް ވެސް ނީވުނެވެ. އެއްކަލަ ސައުދީން ހަދިޔާކުރި ކަދުރުން ސަދަގާތްކުރި ފައުންޑޭޝަނުގެ ހިލަމެއް ވެސް ނެތެވެ. މި ފަހަރު ވެސް އެކަމަކު އެތައް ކުޑަކުދިންނެއް ހިތާނުކުރިއެވެ. އެކުދިން ކުރީގެ މެޑަމް ފާތުން މިސްވެގެން އެ ވާހަކަ ފަހަރުގައި ނުދެއްކިއެއް ކަމަކު އެކަމަނާގެ ފައުންޑޭޝަންގެ ނަމުގައި އޭރު ހިންގި ކަންކަން ބޮޑެތި މީހުން ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ.

ރަނގަޅަށް ވިސްނާލުމުން އެނގެނީ އޭރު ކުރި ކަންކަމަކީ މުޅިން ވެސް އާރާއި ބާރު އޮތުމުން ދެއްކުންތެރިކަމުގައި ޝައްކުގެ ނަޒަރުން ބެލިދާނެ "ޖަރީމާތައް" ކަމެވެ. ދައުލަތުގެ ކުންފުނިތްކާއި އާރާއި ބާރު ބޭނުންކޮށްގެން ހިންގާފައިވާ ކަމަށް ބެލެވޭ ކޮރަޕްޝަންގެ އަމަލުތަކުގެ ފައިދާ އެ ފައުންޑޭޝަނަށް ވެސް ކޮށްފައިވާނެ ކަމެވެ. ތަހުގީގުކޮށް ބަލައި ކުރީގެ މެޑަމް އާއި އެކަމަނާގެ ފައުންޑޭޝަނާ ވެސް ސުވާލުކުރަންޖެހެއެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ސަން ސިޔާމް އޮޅިގެން ވިދާޅުވި ގޮތަށް ހަގީގަތުގައި ވެސް "ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހައްދަވާ" ފައި ވޭތޯ ބަލަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޔަސް

2 ހަފްތާކުރިން

ނުޖެހޭ ވާކަށް ...މޮޔަ ނުގޮވާ ދެން ބާޣީ ފަޒޫ...

4
6