20 ޖެނުއަރީ 2019 | އާދީއްތަ | 03 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ކިމް ކާޑޭޝިއަން، ކާންޔޭ ވެސްޓް

ކިމް އާއި ކާންޔޭގެ 4 ވަނަ ދަރިފުޅަކީ ވެސް ސަރޮގޭޓް ދަރިއެއް؟

  • ކިމް އާއި ކާންޔޭގެ ތިން ދަރިން އެބަތިބި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 3 ޖެނުއަރީ 2019 | ބުރާސްފަތި 14:43 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ކިމް ކާޑޭޝިއަން (ވ) އަދި ކާންޔޭ ވެސްޓް (ކ) -- ގެޓީ އިމޭޖާސް

ކިމް ކާޑޭޝިއަން އާއި ކާންޔޭ ވެސްޓްއަށް ތިން ވަނަ ދަރިއަކު ލިބުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

ސަރޮގޭޓެއް މެދުވެރިކޮށް ހޯދާފައިވާ ތިން ވަނަ ދަރިފުޅަށް ކިމް އާއި ކާންޔޭ ކިޔާފައި ވަނީ ޝިކާގޯއެވެ. އޭގެ ކުރިން ހޯދާފައިވާ ދެދަރިންނަކީ ކިމް އާއި ކާންޔޭއަށް ލިބިފައިވާ ދެ ދަރިންނެވެ. އެއީ ނޯތު ވެސްޓް އާއި ސެއިންޓް ވެސްޓްއެވެ.

ސަރޮގޭޓަކީ ފިރިހެނެއްގެ ދަރިފަންޏާއި އަންހެއްގެ ބިސް ނަގައި، ރަހިމުގައި އަށަގަންނުވާ ދަރި، އުފަންކުރާ އަންހެނާއެވެ.

ފަންނާނުންގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ ޓީއެމްޒީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކިމް އާއި ކާންޔޭ ވަނީ އެ ދެ މީހުންގެ ހަތަރުވަނަ ދަރިއެއް ހޯދުމަށް ސަރޮގޭޓަކާ ވާހަކަ ދައްކާފައި ކަމަށެވެ. އަދި އެ އަންހެންމީހާ އިނީ މިހާރު ބަލިވެ ކަމަށް ވެސް ވަނީ ބުނެފައެވެ. ކިމްގެ ގާތް މީހަކާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ ކިމް އާއި ކާންޔޭ އަށް ސަރޮގޭޓް ކޮށްގެން މި ފަހަރު ލިބެނީ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި އެކުއްޖާ ވިހާނީ އަންނަ މެއި މަހުގެ ތެރޭގައި ކަމަށް ކިމްގެ ގާތް މީހަކާ ހަވާލާދީ ވަނީ ބުނެފައެވެ.  

އެހެން ނަމަވެސް މިފަހަރުގެ ސަރޮގޭޓަކީ ކުރީގެ ސަރޮގޭޓެއް ކަމަށް ސާފެއް ނުވެއެވެ.

މިފަހަރުގެ ސަރޮގޭޓަކީ ޝިކާގޯގެ ވެސް ސަރޮގޭޓް ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވީ ނަމަވެސް އެހެން ނޫސްތަކުގައި ވަނީ އާ ސަރޮގޭޓެއް ކަމަށް ބުނެފައެވެ.

ސަރޮގޭޓް މެދުވެރިކޮށް ދަރިއެއް ލިބިއްޖެ ކަމަށް ވާނަމަ ކިމް އާއި ކާންޔޭއަށް ސަރޮގޭޓް ކޮށްގެން ލިބޭ ދެވަނަ ދަރިއަކަށް އެ ދަރިފުޅު ވާނެއެވެ.

ކިމް ފެނިގެންދާ އާއިލީ ޑްރާމާ ކީޕިން އަޕް ވިތު ކާޑޭޝިއަންގައި ވެސް އޭނާ ވަނީ އާއިލާ ބޮޑު ކުރަން ބޭނުންވާ ކަމަށާއި އަބަދުވެސް ގިނަ ދަރިން ހޯދުމަށް ލޯބިކުރާ ކަމަށް ބުނެފައެވެ.

ކިމް އާއި ކާންޔޭ ހަތަރުވަނަ ދަރިއަކު ހޯދާ ކަމަށް އެންމެ ފުރަތަމަ އަޑުތައް ފެތުރުނީ ޝިކާގޯ ލިބުނު ހިސާބުންނެވެ. އެހެން ނަމަވެސް ކިމް ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

ކިމް އާއި ކާންޔޭ ސަރޮގޭޓް ކޮށްގެން ދަރިން ހޯދަން ފެށީ ދެވަނަ ދަރިއަކު ލިބި، ތިންވަނަ ދަރިއަކަށް ބަލިވެ އިން ފަހުން އޭނާއަށް ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ނުވިހެއުމަށް ޑޮކްޓަރ ލަފާދިނުމުން ކަމަށް ކިމް މީގެ ކުރިން ވަނީ ބުނެފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް