19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

ދިރާގު ޕޭ

ދިރާގު ޕޭ މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރެންސްއަށް މިހާރު ފައިސާދެއްކޭނެ!

  • ސޮލަރެލް މޮބައިލް އެޕް މެދުވެރިކޮށް މިހިދުމަތް ބޭނުންކުރެވޭނެ
  • ދިރާގު ޕޭއަކީ ޑިޖިޓަލް ވޮލެޓެއް
ރިޒުނާ ޒަރީރު | RiznaZareer

| 3 ޖެނުއަރީ 2019 | ބުރާސްފަތި 13:17 | |

މަގުބޫލް

  1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
  2. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
  3. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  4. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
  5. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި


ދިރާގު ޕޭ މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރެންސްއަށް ފާއިސާދެއްކޭނެ ހިދުމަތް ތަޢާރަފްކުރުން -- ދިރާގު

ދިވެހި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނި، ދިރާގުގެ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ކަމަށްވާ ދިރާގު ޕޭ މެދުވެރިކޮށް، ސޮލަރެލް އިންޝުއަރެންސްގެ މޮޓޯ އިންޝުއަރެންސް ޚިދުމަތްތަކަށް ފަސޭހަކަމާ އެކު ފައިސާ ދެއްކޭނެ ނިޒާމެއް، ދިރާގު އަދި ސޮލަރެލް އިންޝުއަރެންސް ގުޅިގެން ތަޢާރަފު ކޮށްފިއެވެ.

އެގޮތުން މިހާރު ސޮލަރެލް އިންޝުއަރެންސްގެ މޮބައިލް އެޕްލިކޭޝަން، "ސޮލަރެލް މޮޓޯ ތަރޑް ޕާޓީ އެޕް" މެދުވެރިކޮށް ދިރާގު ޕޭގެ ޚިދުމަތް ބޭނުންކުރެވޭނެއެވެ. އަދި ސޮލަރެލް އިންޝުއަރެންސުން ފޯރުކޮށްދޭ ހުރިހާ މޮޓޯ އިންޝުއަރެންސްގެ ޕޮލިސީތަކަށް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ. މި އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރ އިން ޑައުންލޯޑު ކުރެވޭނެއެވެ.

ދިރާގު ޕޭއަކީ 2017 ވަނަ އަހަރު ދިރާގުން ތަޢާރަފުކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއަރ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެ ގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެ ގޮތަށް ތައާރަފްކުރި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކު ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެއެވެ.

ދިރާގުޕޭ އެކައުންޓެއް ގާއިމުކުރުމަކީ ދިރާގުޕޭގެ އެޕް ނުވަތަ މޯބައިލް ފޯނުގެ ޔޫ.އެސް.އެސް.ޑީ މެނޫ ބޭނުންކޮށްގެން އުނދަގުލަކާނުލައި ރަޖިސްޓްރީކޮށްލެވޭ ހިދުމަތެކެވެ. އަދި އެކައުންޓަށް ފައިސާ ޖަމާކުރުމަށް ދިރާގުގެ ކޮންމެ ހިދުމަތްދޭ އައުޓްލެޓެއް ނުވަތަ ކަނޑައެޅިފައިވާ ދިރާގުޕޭ އޭޖެންޓް ފިހާރައަކަށް ގޮސް ރީލޯޑް ކުރާ އުސޫލުން ކޮށްލެވޭނެއެވެ. އަދި ދިރާގުގެ ވެބްސައިޓުން ވެސް ވޮލެޓަށް ލާރިއެޅޭނެއެވެ.

ދިރާގުޕޭގެ އަނެއް މުހިއްމު ސިފައަކީ ދިރާގު ނޫން ނެޓްވޯކެއްގައި އުޅޭ ކަސްޓަމަރަކަށް ވެސް ފަސޭހަކަމާ އެކު ފައިސާ ފޮނުވައި އެހެން ނެޓްވާކްތަކުގެ ކަސްޓަމަރުންނަށް ވެސް އޭޖެންޓް މެދުވެރިކޮށް ފައިސާ ނެގޭނެ އިންތިޒާމް ހަމަޖެހިފައި އޮތުން ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޕޭގައި ބޭނުންކުރާ އެންއެފްސީއަކީ މިފަދަ ޑިޖިޓަލް ވޮލެޓް ހިދުމަތެއްގައި މިޓެކްނޮލޮޖީ ފުޅާދާއިރާއެއްގައި ރާއްޖޭގައި ބޭނުންކުރާ ފުރަތަމަ ފަހަރު ކަމަށާއި ގިނަ ސްމާޓް ފޯނުތަކުގައި އެންއެފްސީ ކޭޕެބިލިޓީ އެކުލެވިގެން ވީނަމަވެސް، އާދައިގެ ފޯން ނުވަތަ ބައްތި ފޯނު ފަދަ ޑިވައިސްތައް ވެސް އެކަމަށް ހާއްސަ އެންއެފްސީ ސްޓިކަރއެއް ބޭނުންކޮށްގެން ދިރާގު ޕޭގެ ހިދުމަތް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް