19 މާރޗް 2019 | އަންގާރަ | 09 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

އަލިފާނުގެ ހާދިސާ

ގިލި ލަންކަންފުށީގައި ހުޅުގަނޑު ފެތުރިގަތީ އެންމެ އަގުބޮޑު ކޮޓަރިން، ބޮޑެތި ގެއްލުމެއް!

 • އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވޭ
 • ދުމުގެ އަސަރު ކޮށްގެން ދެ މުވައްޒަފަކަށް އަދި ސިފައިންގެ މީހަކަށް ފަރުވާ ދިން
 • އެ ރިސޯޓަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި:އެމްއެންޑީއެފް
އަލީ ސަމާޚް | AliSamah8

| 3 ޖެނުއަރީ 2019 | ބުރާސްފަތި 06:20 | |

މަގުބޫލް

 1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
 2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
 3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
 4. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
 5. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
 6. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
 7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
 8. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި


ގިލި ލަންކަފުށީގެ މޫދު ވިލާތަކެއް، އަލިފާނުގެ ހާދިސާގައި އަނދާފައި -- އާކައިވް

މާލެ އަތޮޅުގައި އެޗްޕީއެލް އިން ހިންގަމުންދާ ގިލިލަންކަން ފުއްޓަކީ އެންމެ މަތީފެންވަރުގެ އަދި އެންމެ އަގުބޮޑު އެއް ރިސޯޓެވެ. 45 ރޫމް ހިމެނޭ އެ ރިސޯޓްގައި ހަތް ވައްތަރެއްގެ ރޫމްތައް ހިމެނެއެވެ. އެ ރިސޯޓްގެ މޫދު ވުލާ ތަކަކީ ގެސްޓުންނާއި ރައްޓެހި ގޮތަށް ހަދާފައިވާ ދުނިޔޭގައި ވެސް މަޝްހޫރު ވިލާތަކެކެވެ. 

އާ އަހަރުގެ ބަންދަށް މުޅި ރިސޯޓް ފުލުވެފައިވާއިރު، ބުދަ ދުވަހުގެ ރޭ ވެސް ފަތުރުވެރިންނާއި މުވައްޒަފުން ވެސް އާ އަހަރުގެ އުފާ ފާޅުކުރަމުން ދިޔަ އެވެ. ކުއްލި އަކަށް އެންމެން ބިރުވެރިކަމުގެ ތެރެއަށް ވައްޓާލީ، ރޯވި ވަރުގަދަ އަލިފާންގަނޑުގެ ސަބަބުންނެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުަގއި އެންމެ ފުރަތަމަ ރޯވީ "ކްރޫޒޯ ރެޒިންޑެންސް" ނަމަކަށް ކިޔާ ކޮޓަރިއެއްގައެވެ. ހިތްގައިމު ނޫވިލު ތެރޭގައި ހަދާފައިވާ އެ ރިސޯޓްގެ އެންމެ އަގުބޮޑު ވިލާ ވަނީ އަނދައި ހުލިވެފަ އެވެ. އަލިފާނުގެ އެ ހާދިސާގައި މޫދު ހަތް ކޮޓަރި ވަނީ އެއްކޮށް އަނގައިފަ އެވެ. 

 

ކްރުޒޯ ރެޒިޑެންސް - ފޮޓޯ - ޓްރިޕް އެޑްވައިޒާ

ރެއަކަށް 5،000 ޑޮލަރަށް (77،100 ރުފިޔާ) އަށް ދޭ ކްރޫޒޯ ރެޒިންޑެންސްގައި ރޯވިކަން އެނގުނީ ބުދަ ދުވަހުގެ ރޭ 22:30 ގައެވެ. އެ ރޫމް ގައި އަލިފާން ހިފާފައި ވަނީ ކަރަން ޝޯޓެއްގެ ސަބަބުން ކަމަށް ރިސޯޓުން "ރާއްޖެއެމްވީއާ" ވާހަކަ ދެއްކި މުވައްޒަފަކު ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ އަލިފާން ހިފިކަން އެ ރަށު މީހުންނަށް އެންގީ ރަށާއި ކައިރީގައި މަސްބާނަން އުޅުނު ދޯންޏަކުން ކަމަށެވެ. އަލިފާން ރޯވި ކޮޓަރި ހުރީ ހުސްކޮށް ކަމަށް އެ މުވައްޒަފު ބުންޏެވެ. 

ވައި ޖެހެމުންދިޔަ ގޮތުން، އެ ރޫމްގައި އަލިފާން ރޯވެ އަލިފާން ގަނޑު މޫދު ކޮޓަރިތަކާ ދިމާއަށް ފެތުރެން ފެށި އެވެ.

''ވައިގެ ސަބަބުން އަލިފާން ކަނި ބުރަންފެށި. ދެން އެ ހިސާބުން އަލިފާން ގަނޑު ފެތުރެން ފެށީ'' އެވަގުތު ސްޓާފް ބޮލޮކް ގައި ހުރި މުވައްޒަފަކު ބުންޏެވެ.

އަލިފާން ފެތުރިގެން ދިޔައީ ބާރު ސްޕީޑެއްގައި ކަމަށާއި ކައިރި ހުރި ރޫމްތަކުގައި ތިބި ގެސްޓުން ރައްކާތެރި ހިސާބަށް ވަގުތުން ގެންދިޔަ ކަމަށް އެ ރިސޯޓުގެ މާކެޓިން މެނޭޖަރު ޓެމީ ގެން "ރާއްޖެއެމްވީ"އަށް ވިދާޅުވިއެވެ.

 

އަލިފާން ހިފައި ރޯވެ އަނދަމުން ދަނީ 

 

އަލިފާން ނިއްވުމުގައި ހަރާކާތްތެރިވި އެމްއެންޑިއެފްގެ މީހަކާއި ރަށުގެ ދެ މުވައްޒަފަކު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އެއީ އެ މީހުންނަށް ދުމުގެ އަސަރު ކުރުމުގެ ސަބަބުންނެވެ. ނަމަވެސް ބޮޑު އަނިޔައެއް އެކަކަށް ވެސް ނުލިބެ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ގިލި ލަންކަން ފުށީގައި ތިބި ޓޫރިސްޓުން ވަނީ ވަނީ އަދާރަން ހުދުރަންފުއްޓަށާއި ކޯމޯ މާލިފުއްޓަށް ބަދަލުކޮށްފަ އެވެ. އެއްވެސް ޓޫރިސްޓަކަށް އަލިފާނުގެ ހާދިސާގައި އަނިޔައެއް ލިބިފައެއް ނުވެ އެވެ. 

މި ހާދިސާ ވެގެން ދިޔައީ ގިނަ ބަޔަކު ސިހުމެއް ގެނައި ހަބަރަކަށް

ރިސޯޓުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފް އިން އެ ރަށަށް ގޮސް އަލިފާންގަނޑު އެއްކޮށް ނިއްވާލާފައި ވަނީ ރޭ ފަތިހު ފަހެއް ޖެހިއިރުއެވެ. ނިއްވާލިއިރު، ހަތް މޫދުކޮޓަރިއެއް ވަނީ އެއްކޮށް އަނދައި ހުލުވެފަ އެވެ. 

 

ރަޝިއާ ޓްޑޭގައި އަލިފާނުގެ ހާދިސާގެ ހަބަރު ރިޕޯޓްކޮށްފައި

މީގެ 20 އަހަރު ކުރިން ހުޅުވި މި ރިސޯޓް އެންމެ ފުރަތަމަ ހިންގަމުން ދިޔައީ ސޮނެވާ އިންނެވެ. އޭގެ ފަހުން ސިންގަޕޫރުގެ އެޗްޕީއެލް ކުންފުނިން ވަނީ އެ ރިސޯޓުގެ ނަން ސޮނެވާ ގިލި ލަންކަން ފުށި އަށް ބަދަލު ކޮށްފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑް ބޯޓުގައި 10 މިނިޓުން ދެވޭ ގިލި ލަންކަން ފުށި ހިމެނިފައިވަނީ އަހަރު ޓްރިޕް އެޑްވައިޒާގެ އެންމެ ގަދަ ފަސް ރިސޯޓްގެ ގޮތަގައެވެ. އަދި ރާއްޖޭގެ އެއް ވަނަ ރިސޯޓްގެ ގޮތުގައި ލިސްޓު ކޮށްފައެވެ. މަޝްހޫރު މި ރިސޯޓްގައި އަލިފާން ރޯވި ހަބަރު ގެނެސްދީފައި ވަނީ ހަމައެކަނި ރާއްޖޭގެ މީޑިއަތަކުންނެއް ނޫނެވެ. މުޅި ދުނިޔޭގެ ސަމާލުކަން އެ ހާދިސާއަށް ލިބިގެންދިޔަ އެވެ. ރަޝިއާގެ މަޝްހޫރު ނޫސް ވެބްސައިޓް ''ރަޝިއާ ޓްޑޭ''ގައި ވެސް ވަނީ އަލިފާނުގެ ހާދިސާ ރިޕޯޓުކޮށްފައެވެ.

އަލިފާނުގެ ހާދިސާގައި ރިސޯޓަށް ލިބުނު ގެއްލުން އަދި ނޭނގެ އެވެ. ނަމަވެސް އެމްއެންޑީއެފުން ބުނި ގޮތުގައި އެ ރިސޯޓަށް "ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ" އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް