19 މާރޗް 2019 | އަންގާރަ | 09 ފަސްބަދުރުވަ
12 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:10
މެންދުރު 12:18
އަސްރު 15:23
މަޣްރިބް 18:19
އިޝާ 19:30

ދިވެހި ސީމަނުން

ދިވެހި ސިީމަނުންގެ ހާލުގެ ދުލުން

  • ދިވެހި ސީޑީސީ އަކީ ބައިނަލް އަގުވާމީ މިންގަނޑަށް ފެތޭ އެއްޗަކަށް ވާންޖެހޭ
  • އެމެޖެންސީ ހާލަތްތަކުގައި ގުޅޭނެ ނަމްބަރެއް ނެތުމަކީ ހިތާމަކުރަންޖެހޭ ކަމެއް
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 1 ޖެނުއަރީ 2019 | އަންގާރަ 18:15 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  5. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  6. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި


ކަނޑު ބޯޓެއް -- ގޯލް.ކޮމް

ރާއްޖޭގެ އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކެކޭ އެއްފަދައިން ދިވެހި ސީމަނުން ނަކީވެސް ރާއްޖޭގެ އިގުތިސާދުގައި މުހިންމު ދައުރެއް އަދާކުރާ އަދި އަދާކޮށްފައިވާ ބައެކެވެ. މާޒީއަށް ބަލާލާއިރު މިކަން ވަނީ ސާބިތުވެގެން ގޮސްފައެވެ. ނަމަވެސް މިފަހަކަށް އައިސް ދިވެހި ސީމަނުންނަށް ވަރަށް ބޮޑަތި އުނދަގޫތަކާއި އަދި ދަތިތަކާއި ކުރިމަތިލާން ޖެހިފައި ވެއެވެ. އެގޮތުން މި ރިޕޯޓްގައި މި އަލިއަޅުވާލަނީ އޭގެ ތެރެއިން ވަރަށް މަދު ކަމެއްގެ މައްޗަށެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އެއްކަމަކީ ދިވެހިންގެ ތެރެއިން ބޯޓް ދަތުރު ކުރަންދާ ފަރަތްތަކަށް ދޫކުރާ ކޮންޓިނިއުއިން ޑިސްޗާޖިން ސެޓްފިކެޓް (ސީޑީސީ) އަކީ ބައެއްފަހަރު ބޭރުގެ ކުންފުނިތަކުން ގަބޫލު ނުކުރާ އެއްޗެއްގެ ގޮތުގައި ވެގެން ދިއުމެވެ. އެގޮތުން ބޯޓްފަހަރުގޮސް ގައުމު ތަކުގައި ބަނދަރުކުރާ ވަގުތު ތަކުގައި އެގައުމުތަކަށް އެތެރެނުވެވުން ފަދަ ކަންތައްތަށް ދިމާވަނީ މަދެއްކޮށެއް ނޫނެވެ. ޚާއްސަގޮތެއްގައި ޔޫރަޕްގެ ގައުމުތަކުގައި މިފަދަ ކަންކަން ވަރަށް ގިނައިން މެދުވެރިވާކަން ސީމަނުން ފާހަގަ ކުރެއެވެ.  އެހެންކަމުން ދިވެހި ސީޑީސީ އަކީ ފެންވަރު ރަނގަޅު ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭގޮތަށް ތައްޔާރުކޮށްފައިވާ ސީޑީސީއެއްކަމުގައި ހެދުމަކީ މުހިންމު ކަމެއް ދޭންޖެހިފައިވާ ކަމެކެވެ.  

މީގެ އިތުރުން ބޯޓު ދަތުރު ކުރަންދާ ކޮންމެ މީހަކީވެސް ފިޒިކަލީގޮތުން ފިޓްމީހަކަށް ވާންޖެހޭއިރު ބައެއްފަހަރު ރާއްޖެއިން ދޭ މެޑިކަލް ސެޓްފިކެޓް ބޭރުގެ ޝިޕިން ލައިންތަކުން ބަލައިނުގަންނަ ކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން ދިވެހި ސަރުކާރުން ގަބޫލުކުރާ ފެންވަރުގެ ޑޮކްޓަރުން ޓްރާންސް ޕޯޓް އޮތޯރިޓީގެ ވެބްސައިޓުން ފެންނަށް ނެތުމަކީ މިއަދު ސީމަނުންގެ ކަންބޮޑު ވުމެކެވެ. ދިވެހި ސީމަނުންނަކީ އަނބިދަރިންނާއި ދުރުގައި އެތައް ދުވަހެއް ހޭދަކުރަން ޖެހިފައިވާއިރު އެ ހޭދަކުރާ ދުވަސްތަކުގައި އެމެޖެންސީ ކަމެއް ދިމާވާ ހާލަތްތަކުގައި ބޭރުގެ ކުންފުނިތަކުން އެންމެ ފުރަތަމަވެސް އަންގާނީ އެގައުމެއްގެ ސަރުކާރަށް ކަމަށް ވާއިރު ދިވެހި ސީމަނުންގެ ކަންކަން ބަލަހައްޓާ ސަރުކާރުގެ މުއައްސަސާގެ ވެބްސައިޓްގައި އެމެޖެންސީ ހާލަތްތަކުގައި ގުޅޭނެ ނަމްބަރެއް ނެތުމަކީ ހިތާމައާއި އެކު އެމީހުން ފާހަގަ ކުރާ ކަމެކެވެ.

މީގެ އިތުރުންވެސް ދިވެހި ގައުމީ ޝިޕިން ކުންފުނި ބަނގުރޫތްވެ ބޯޓް ވިއްކާލުމާއި ގުޅިގެން ވަޒީފާ ގެއްލިފައިވާ ސީމަނުންނަށް ދިވެހި ސަރުކާރުން ގަބޫލު ކުރާ ކުންފުނިތަކުން ވަޒީފާ ހޯދައިދޭން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ. ވަޒީފާ ނެތި ގިނަދުވަސްތަކެއްގައި ހުންނަން ޖެހުމުގެ ސަބަބުން އެސީމަނެއްގެ އާއިލާ އާއި އަނބިދަރިން ބަރުދާސްތު ކުރަންޖެހޭނީ ވަރަށް ހިތްދަތި ދުވަސްތަކެކެވެ.

ދިވެހި ސީމަނުން ގަބޫލު ކުރާގޮތުގައި ޝިޕިން ލައިންތަކުގައި މަސައްކަތް ކުރާ ދިވެހި ސީމަނުންނަށްވެސް ލިބެންޖެހޭ ފުރިހަމަ ހައްގުތަށް ހޯދައި ދިނުމަށް ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުން ބޮޑަތި މަސައްކަތް ތަކެއް ކުރަން ޖެހެއެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް ކޮންމެ ސަރުކާރަކުންވެސް ދިވެހި ސީމަނުންނަށް ދީފައިވަނީ ބީރުކަންފަތެއްކަން އެފަރާތްތަކުގެ ވާހަކަތަކުން އެނގެއެވެ. ނަމަވެސް ދިވެހި ހުރިހާ ސީމަނުންވެސް މިވަގުތު ތިބީ ރައީސް ސޯލިހުގެ ސަރުކާރުން ދިވެހި ސީމަނުންގެ ކަންކަން ވަރަށް ގާތުން ބަލާ އެފަރާތަކަކީވެސް ރާއްޖޭގެ އިގްތިސާދުގައި މުހިންމު ބައެއްކަމުގައި ދެކި އެފަރާތްތަކަށް ފަހިގޮތްތަކެއް މެދުވެރިވާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޒުއްބެ

2 މަސް ކުރިން

ތިޔަބުނާ ތަފާތު ތަކަކީ ކޮބަޢިތޯ ؟

0
0
ޚާޗުސް

2 މަސް ކުރިން

"ދިވެހިސީމެނުން" ނާޢީ އިންޓަނޭޝާނަލް ސީފެއަރާސް ގެތަފާތުހޯދާ އެފަދަ ކަންކަން ހައްލު ކުރެވިގެން ނޫނީ ތިޔަދާއިރާކުރިޔައް ގެންދެވޭކައް ނޯންނާނެ އެވެ.

0
0