19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

2018 ރިވިއު

2018: ހަތް އަހަރަށްފަހު ހައްގުތައް އިއާދަވި

  • އަންހެނުންގެ ދުވަހުގެ ހިނގާލުންވެސް ފުލުހުންވަނީ ހުއްޓުވާފައި
އަބުދުﷲ މުހައްމަދު | 8Abbo

| 1 ޖެނުއަރީ 2019 | އަންގާރަ 12:57 | |

މަގުބޫލް

  1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
  2. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
  3. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  4. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
  5. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި


ހައްގުތަކަށް ގޮވާލާ ކުރެވުނު މުޒާހަރާތައްވެސް ފުލުހުންވަނީ ހުއްޓުވާފައި -- ރާއްޖެ އޮންލައިން

ދިވެހިރާއްޖޭ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ނިމުނު ހިސާބުން ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކާއި މިނިވަންކަން އޮތީ ހަނިވާން ފަށައިފައެވެ. އެއަށްވުރެ ބޮޑަށް އެ ހައްގުތައް ގެއްލިގެންދިޔައީ 2013ވަނަ އަހަރު ނޮވެމްބަރު މަހު އުފެދިގެންދިޔަ ސަރުކާރުގެ ދުވަސްވަރުއެވެ. އެ ސަރުކާރަށް އަޣުލަބިއްޔަތު އޮތް މަޖިލީހާއި ސިޔާސީ ހުކުމްތަކެއްކުރި ފަނޑިޔާރުގެތަކާއި ސަލާމަތީ ޚިދުމަތްތަކާއި މިނިވަން މުއައްސަސާތަކުގެ ނަން ޖައްސަވައިގެން އުޅުއްވި މުއައްސަސާތަކުގެ އެހީތެރިކަމުގައެވެ.

ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ލިޔެގެން ކަނޑައަޅާފައިހުރި ހައްގުތައް ގާނޫނުތަކުގައި ލިޔެގެންނާއި ނުލިޔެވެސް ފޭރިގަންނަމުންދިޔައީ ޚުދުމުޚުތާރު އަސްކަރީ ވެރިކަމެއްގައި އެފަދަ އަމަލުތައް ފެންނާނެފަދައިންނެވެ. ގާނޫނެއްގައި ލިޔެ ފާސްކޮށްގެންވެސް ގާނޫނުއަސާސީގައި ލިޔެފައިވާ ހައްގެއްގެ އެއްވެސް މިންވަރެއް ހަނިކުރެވޭނީ މިނިވަން ދިމިގްރާތީ މުޖުތަމައެއްގައި އެފަދަ ހައްގެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަކަށް ކަމަށް ލިޔެފައިވީ ނަމަވެސް ގާނޫނުތައް ހެދުމަށް ފޫގަޅާފައިތިބީވެސް ޚިޔާލު ފާޅުކުރުމާއި އެއްވެއުޅުމާއި އެނޫންވެސް އެފަދަ މިނިވަންކަމަކީ ވެރިމީހާ ދެއްވި ވަރަކުން ނޫނީ ނުލިބޭނެފަދަ އެއްޗެއްކަމަށް ބުނެދޭން އުޅޭ މިންވަރަށެވެ.

އާ އަހަރަކަށް މަރުޚަބާކިޔާއިރު، ނިމިގެން ދިޔަ 2018 ވަނަ އަހަރު ދިވެހިރައްޔިތުންނަށް ލިބިގެން ދިޔަ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ގާނޫނުން ކަށަވަރުކޮށްފައިވާ ހައްގުތައް އަލުން ކަށަވަރުވުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެންމެ ފުރަތަވެސް ތަސްދީގު ކުރެއްވި ގާނޫނަކީ "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު" އުވާލުމުގެ ބިލެވެ. ސަރުކާރަށް ފާޑު ކިޔުން ހުއްޓުވުމަށް އެކަށައެޅި އެ ގާނޫނު އުވާލުމާއެކު ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަސްތޮޅުން ނެއްޓުނެވެ. ނުހައްގު ޖޫރިމަނާކުރުންފަދަ ކަންކަމުގެ ބިރު ފިލާދިޔަ އެވެ.

އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން ހަދާފައިހުރި ބުއްދި ގަބޫލުކުރަން ދަތި ޒާތުގެ ގަވާއިދުތައް އުވާނުލިނަމަވެސް އެ ގަވާއިދަކީ ފުލުހުންނެރެ ރައްޔިތުން މައިތިރިކުރުމަށް ބޭނުންކުރާނެ ހުއްޖަތެއް ނޫންކަންވެސް ސަރުކާރުންވަނީ ސާބިތުކޮށްދީފައެވެ.

އެއްވެ އުޅުމުގެ ހައްގު ހަނިކޮށް މުޒާހަރާ ކުރެވޭނީ މާލޭގެ ވަކި ސަރަހައްދެއްގައި ކަމަށް ކަނޑައަޅައި އަދި މުޒާހަރާގައި އަޑުގަދަކުރާ ބޭނުންކުރުމަށް ޖަނަރޭޓަރު އުފުލަން ޕިކަޕް ބޭނުންކުރުން މަނާކުރި ސަރުކާރަށް ތާއީދު ކުރި ފަރާތްތައްވެސް ވަނީ އާ ސަރުކާރު އައުމާއެކު އެ ބޭފުޅުންގެ ވެރިން ހެއްދެވި އުސޫލުތައް ހަނދާން ނައްތާލައްވައި މިނިވަންކަމާއެކު މުޒާހަރާކޮށްފައެވެ. އަހަރު ނިމިގެން ދިޔައިރު މުޒާހަރާ ކުރުމުގެ ހައްގުވެސް ކަށަވަރުވެއްޖެއެވެ.

ހައްޔަރު ކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ހައްގުތައް ނުލިބިގެން ކުރާ ޝަކުވާއާއި ބަންދުގައި ތިބުމުން ބޭސްފަރުވާއިން މަހުރޫމުވާކަމުގެ ޝަކުވާތައް ހުއްޓުމުން އެ ހައްގުތައް ލިބެމުންދާކަމަށް ބެލުމުގެ ޖާގަ ލިބިގެންދެއެވެ.

ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކޮށް ދިރޭތަކެތީގެ މުއްސަނދިކަމާއި ގުދުރަތީ ވަސީލަތްތަކާއި ރީތިކަން އަންނާން އޮތް ޖީލުޔަކަށް ރައްކާތެރިކުރުމަކީ ދައުލަތުގެ އަސާސީ ވާޖިބެއްކަމުގައި ލިޔެވިފައި އޮތަސް ވޭތުވެ ދިޔަ ފަސް އަހަރު އެކަންވަނީ ހަނދާން ނައްތާލާފައެވެ. ތަރައްގީގެ ނަމުގައި ނަގާލަމުންދިޔައީ އަންނާއޮތް ޖީލުތަކުގެ ހައްގެކެވެ. އާ ސަރުކާރުންވަނީ ގުދުރަތީ ވެށީގައި ހިމެނޭ ނާޒުކު ތަންތަން ހިމާޔަތް ކުރުމުގެ މަސައްކަތްފަށައި އަންނާއޮތް ޖީލުތަކުގެ ހައްގުތައް ރައްކާތެރިކޮށްދީފައެވެ.

އަހަރު ނިމެމުންދާއިރު އައު ސަރުކާރަށް ދެމަސް ނުފުރެއެވެ. އެ ސަރުކާރާއި އެ ސަރުކާރަށް ތާއީދުކުރާ މަޖިލީސް މެމްބަރުންގެ އެހީއާއެކު ގާނޫނު އަސާސީވަނީ އަސްލަށް ރުޖޫއަކޮށް ހައްގުތައް ކަށަވަރުކޮށްދޭން ފަށާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް