21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

އާ އަހަރު

މި ފަހަރުގެ އާ އަހަރުގެ ޕާޓީ ހާއްސަ ކުރަނީ ނޫސްވެރިންނަށް

  • ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ބައިވެރި ވާނީ ނޫސްވެރިން
އަލީ ސަމާޚް | AliSamah8

| 30 ޑިސެންބަރު 2018 | އާދީއްތަ 22:37 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


ޓައިމްސް ސްކެއާ -- ޓްވިޓަރ

އާ އަހަރު ފެށުމުގެ ގޮތުން އެމެރިކާގެ ޓައިމް ސްކެއާގައި ބާއްވާ ޕާޓީ ހާއްސަ ކުރަނީ ނޫސްވެރިންނަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓައިމްސް ސްކެއާ އެލައިންސްގެ ރައީސް ޓިމް ހޮޕްކިންސްއާ ހަވާލާދީ ރިޕޯޓް ބުނާ ގޮތުގައި މި ފަހަރުގެ ޕާޓީ ނޫސްވެރިންނަށް ހާއްސަ ކުރަނީ، އެމީހުން ކެނޑިނޭޅި ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

އެގޮތުން މި ފަހަރުގެ ޕާޓީގައި ޝަރަފުވެރި މެހްމާނުންގެ ގޮތުގައި ބައިވެރި ވާނީ ނޫސްވެރިން ކަމަށާއި، މި ހަފްލާގައި ނިއު ޔޯކްގެ ސިޓީގެ މޭޔަރު ދި ބްލާޒިޔޯވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

މި ފަހަރުގެ ޕާޓީގައި އަގު ވަޒަން ކުރާ ނޫސްވެރިންގެ ތެރޭގައި ތުރުކީގައި މަރާލެވުނު ސައުދީގެ ނޫސްވެރިޔާ ޖަމާލް ޙަޝޯގްޖީ އާއި އެމެރިކާގެ ދަ ކެޕިޓަލް ނޫހަށް ދިން ހަމަލާގައި މަރުވި ނޫސްވެރިން ވެސް ހިމެނޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. 

ނޫސްވެރިންނަށް މި ފަހަރުގެ ޕާޓީ ހާއްސަ ކޮށްފައިވާއިރު، ޓައިމްސް މަޖައްލާގެ މި އަހަރު ޝަހުސީޔަތުކަން ވެސް ދީފައިވަނީ ނޫސްވެރިންނަށެވެ.

ކޮންމެ ފަހަރަކު އާ އަހަރު ފާހަނގަ ކުރުމުގެ ގޮތުން ޓައިމްސް ސްކެއާގައި ގިނަ ހަރަކާތްތަކެއް ބާއްވައެވެ. ކޮންމެ އަހަރަކު 50 މިލިއަނެއްހާ މީހުން ޒިޔާރާތް ކުރާ ޓައިމްސް ސްކޭއާގައި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން އޮންނަ އެންމެ މުހިއްމު އިވެންޓަކީ ''ބޯލް ޑްރޮޕް'' އެވެ.

އެގޮތުން އާ އަހަރު ފަށާ ރޭގެ 23:59 ގައި 141 ފޫޓު ބޯޅައެއް މަތިން ވައްޓާލައެވެ. އެ ބޯޅަ ވެއްޓުމާއި އެކު މުނިފޫހި ފިލުވައި ދިނުމުގެ ހަރަކާތްތަކާއި އެކު ޕާޓީ ފެށިގެންދޭއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް