19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58

ބަރޑް ބޮކްސް

ހަތް ދުވަސް ތެރޭ ނެޓްފްލިކްސްގެ 'ބަރޑް ބޮކްސް' 45 މިލިއަން އެކައުންޓުން ބަލައިފި

  • އިންޓަނެޓް ޓީވީ ނެޓްވޯކެއްކަމަށްވާ ނެޓްފްލިކްސްގެ މި އޮރިޖިނަލް ފިލްމް ރިލީޒްކޮށްފައިވަނީ ޑިސެމްބަރު 13ގައި
އައިޝަތު ޝާނީ | Shaaknee

| 29 ޑިސެންބަރު 2018 | ހޮނިހިރު 21:47 | |

މަގުބޫލް

  1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
  2. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
  3. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  4. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
  5. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި


'ބަރޑް ބޮކްސް'ގެ މަންޒަރެއް -- ޓްވިޓަރ

ނެޓްފްލިކްސްގެ 'ބަރޑް ބޮކްސް' ފިލްމް ހަފްތާއެއްތެރޭ 45 މިލިއަނަށް ވުރެ ގިނަ އެކައުންޓުން ބަލާފައިވާކަމަށް އެ ނެޓްވޯކުން ބުނެފިއެވެ.

އިންޓަނެޓް ޓީވީ ނެޓްވޯކެއްކަމަށްވާ ނެޓްފްލިކްސްގެ މި އޮރިޖިނަލް ފިލްމް ރިލީޒްކޮށްފައިވަނީ ޑިސެމްބަރު 13ގައެވެ.

މި ފިލްމްގެ މައި ރޯލު ކުޅެފައިވަނީ 'ސްޕީޑް' އަދި 'ދަ ބްލައިންޑް ސައިޑް' ފަދަ ފިލްމްތަކުން ފެނިގެންދިޔަ ސެންޑްރާ ބުލޮކްއެވެ. އޭނާގެ ދައްތަގެ ރޯލުން 'އެމެރިކަން ހޮރޯ ސްޓޯރީ' ސީރީޒްއިން ފެންގެންދާ ސޭރާ ޕޯލްސަން ފެނެއެވެ. މީގެ އިތުރުން ޓްރެވަންޓޭ ރޯޑްސް، ޖެކީ ވީވަރ، ލިލް ރެލް ހަވަރީ އަދި ޖޯން މެލްކޮވިޗް ފަދަ ފާހަގަކޮށްލެވޭ ތަރިން ފިލްމުން ފެނިގެންދެއެވެ.

ސައިކޮލޮޖިކަލް ހޮރޯ ފިލްމެއްގޮތަށް ސިފަކޮށްފައިވާ 'ބަރޑް ބޮކްސް' ހަތް ދުވަސް ތެރޭ 45,037,125 މިލިއަން އެކައުންޓުން ބަލާފައިވާކަން ނެޓްފްލިކްސްއިން ހާމަކޮށްފައިވަނީ ހުކުރު ދުވަހެވެ. އަދި މިއީ ހަތް ދުވަސް ތެރޭ މިހާ ބޮޑު ކާމިޔާބީއެއް ހޯދި ފުރަތަމަ ނެޓްފްލިކްސް ފިލްމްކަމަށް އެ ނެޓްވޯކުން ފާހަގަކުރިއެވެ.

'ބަރޑްބޮކްސް'ގައި ފެނިގެންދަނީ ދުނިޔެއަށް ދިމާވެފައިވާ ކޮންމެވެސް ކަމެއްގެ ސަބަބުން އިންސާނުން އަމިއްލައަށް މަރުވަމުންދާ ތަނެވެ. މިހެންވާން ދިމާވަނީ ކޮންމެވެސް އެއްޗެއް ފެނުމުންނެވެ. އެހެންކަމުން ފިލްމްގެ ގިނަ ވަގުތު ސެންޑްރާ ބުލޮކްއާއި އެހެނިހެން ތަރިން ފެންނަނީ ކަނުބަނދެގެންނެވެ.

ފިލްމް ފެށޭއިރު ސެންޑްރާގެ ކެރެކްޓަރ، މެލޮރީ ފެންނަނީ މާބަނޑު މީހެއްގެ ގޮތުގައެވެ. ގިނަ ބަޔަކު ސަލާމާތަށް ދުވަމުން ދަނިކޮށް މެލޮރީއަށް ގެއަކަށް ދެވެއެވެ. އޭނާއެކު އެހެން ގިނަ ބައެއްވެސް އެ ގޭތެރޭގައި ސަލާމަތް ހޯދައެވެ. ދެން ފެންނަނީ އޭގެ ފަސް އަހަރު ފަހެވެ. އޭނާ ބަލިވެ އިންނަނީ އެންމެ ކުއްޖަކަށްކަން ކުރިން ފެންނަ ޑޮކްޓަރުގެ އެޕޮއިންޓްމަންޓް ސީނުން އެނގުން ނަމަވެސް، ފަސް އަހަރު ފަހުން އޭނާ ފެންނަނީ ދެ ކުޑަ ކުދިން ގޮވައިގެން އުޅޭތަނެވެ. އަދި އޭނާއާއި ރޯޑްސްގެ ކެރެކްޓަރ ޓޮމްއާ ލޯބިގެ ގުޅުމެއް އުފެދިފައިވާތަން ފެނެއެވެ.

މިއީ 'ދަ ބްލައިންޑް ސައިޑް'އަށް އޮސްކާއެއް ލިބިފައިވާ ސެންޑްރާގެ އެންމެ ހުނަރުވެރި މަސައްކަތްކަމަށް ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް