24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ބޮލީވުޑް

ކަޕިލް ޝަރްމާގެ ކައިވެނީގެ ހަފްލާ މުމްބާއީގައި ބާއްވައިފި

  • މި ދެ މީހުންގެ ކައިވެނީގެ ހަފްލާގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 25 ޑިސެންބަރު 2018 | އަންގާރަ 14:43 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


ކަޕިލް ޝަރްމާ އާއި އަންހެނުން -- އާކައިވް

ބޮލީވުޑްގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރްމާ އާއި ގިއްނީ ޗަޓްރަތުގެ ކައިވެނީގެ ދެވަނަ ހަފްލާ މުމްބާއިގައި ބާއްވަފައިއެވެ.

ހޯމަ ދުވަހުގެ ރޭ ޖޭޑްބްލިއު މެރިއޮޓްގައި ބޭއްވި މި ހަފްލާއަށް ދައުވަތު ދީފައި ވަނީ އެ ދެ މީހުންގެ އެކުވެރިންނަށާއި އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނަށެވެ.

 އެ ދެ މީހުންގެ ކައިވެނީގެ މި ހަފްލާގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

  ކަޕިލް އާއި އޭނާގެ ލޯބިވެރިޔާ ގިއްނީ ކައިވެނި ކޮށްފައި ވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ޖަލަންދާރުގައެވެ.

ކަޕިލް އާއި ގިއްނީ ރައްޓެހިވެގެން އުޅޭކަން އިއުލާންކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗްމަހުއެވެ. އެ ދެ މީހުން ބައްދަލުވެފައި ވަނީ ކަޕިލް މަސައްކަތް ކުރަމުންދިޔަ ހަސްބަލިޔޭ ކިޔާ ކޮމެޑީ ޝޯއަކުންނެވެ. 

ކަޕިކް ކައިވެނިކޮށްފައިވާ އިރު ދުވަސްކޮޅެއްގެ މެދުކެނޑުމަކަށް ފަހު އޭނާގެ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ސޮނީން ދައްކަން ފަށާނެއެވެ. މި ޝޯ މެދުކެނޑިގެން ދިޔައި ކަޕިލް އާއި އެ ޝޯގައި ހަރަކާތްތެރިވާ ބައެއް ތަރިންނާ ދެމެދު ޖެހުނު މައްސަލަތަކަށް ފަހު އެ ފަންނާނުން ޝޯ ދޫކޮށްލުމުންނެވެ. އޭގެ ފަހުން ޝޯ ކުރިއަށް ގެންދަން މަސައްކަތްކުރި ނަމަވެސް ތަފާތު އެކި ސަބަބުތްކާ ހުރެ ޝޯ ވަނީ ހުއްޓިފައެވެ. ފަހުން ކަޕިލް ވަނީ ސޮނީއާ އެކު "ފެމިލީ ޓައިމް ވިތު ކަޕިލް ޝަރުމާ" ގެ ނަމުގައި މި އަހަރުގެ މާޗް މަހު ޝޯއެއް ފަށާފައެވެ. ނަމަވެސް ތިން އެޕިސޯޑަށް ފަހު އެ ޝޯ ވަނީ ހުއްޓާލާފައެވެ. އަދި ސިއްހީ ހާލަތު ހުރި ގޮތުން ދިގު ބްރޭކެއް ނެގުމަށް ފަހު ހޮނިހިރު ދުވަހު އެނބުރި އަންނަ އިރު އޭނާގެ ހަށިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް