21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ޙައްދު ޤާއިމް ކުރުން

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

  • ޤުރުއާނާއި ސުންނަތުގައި އައިސްފައި ނެތް ކޮންމެ މައްސަލައަކީ، އޭގެ ޙުކުމް ކަނޑައެޅުމުގެ ފުރިހަމަ މިނިވަންކަން، ޙާކިމަށް ދެވިފައިވާ މައްސަލަތަކެކެވެ.
  • އިސްލާމީ ޝަރީޢަތުގައި، ފާފަތައް (އަލްމަޢާޞީ) ތިން ބަޔަކަށް ބެހިފައިވެ އެވެ.
އަހްމަދުﷲ ޖަމީލް | adjameel

| 19 ޑިސެންބަރު 2018 | ބުދަ 19:26 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


ފަނޑިޔާރުންތަކެއް ހުވާ ކުރައްވަނީ: ތަޢްޛީރުގެ ޢުޤޫބާތްތަކަކީ، ޤާޟީ ބޭނުން ގޮތެއް އިޚްތިޔާރު ކުރުމުގެ މިނިވަންކަން ދެވިފައިވާ ޢުޤޫބާތްތަކެކެވެ. -- ރާއްޖެއެމްވީ

 

09 ޑިސެމްބަރ 2018 ގެ ލިޔުމާ ގުޅޭ

ޙައްދު ޤާއިމު ކުރެވޭ ކުށްތައް.

ޙައްދު ޤާއިމު ކުރުމުގައި، ޒަމާނާއި ތަން ބަދަލުވި ނަމަވެސް ޙުކުމަށް ބަދަލު ނު ގެނެވޭނެއެވެ. މިކަމުގައި އިސްލާމް ދީން ވަނީ ކަނޑައެޅިގެންވާ ޚާއްސަ ޙުކުމްތަކެއް ކަނޑައަޅުއްވާ ފައެވެ. ޒަމާނާއި ތަން އަދި މުޖްތަމަޢު ބަދަލުވަމުން، ބަދަލު ގެނެވޭ މައްސަލަ ނުވަތަ ޢުޤޫބާތް ނުވަތަ ޙުކުމްތައް އިސްލާމީ ޝަރީޢަތުގައި ގެނެސްފައިވަނީ، ޙުކުމުގެ މައިގަނޑު ޤަވާޢިދު ތަކެއްގެ ގޮތުގައެވެ. ވީމާ ޙުކުމް ތަންފީޒު ކުރާ ގޮތާއި ޙުކުމް ވެސް މިފަދަ މައްސަލަތަކުގައި ތަފާތުވާނެއެވެ. އެހެނީ سورة  البقرة:229 އާޔަތުގައި ﷲ ވަޙީކުރައްވަނީ: تِلْكَ حُدُودُ اللَّـهِ فَلَا تَعْتَدُوهَا މާނައީ: "އެއީ (އެކަންކަމާ މެދު) اللَّه ކަނޑަ އަޅުއްވާފައިވާ އިންތަކެވެ. ފަހެ، އެ އިންތައް ފަހަނަޅައި ތިޔަބައި މީހުން ނުދާށެވެ!" މި ގޮތުން ބަލާއިރު اللَّه ކަނޑަ އަޅުއްވާފައި ވާ ޙައްދުތައް ފިޔަވައި އެހެން ފާފަތައް ނުވަތަ ކުށްތަކަށް އެހެނިހެން އަދަބު ދެވިދާނެއެވެ.

މިގޮތުން ބަލާއިރު، އެކިއެކި މުޖްތަމަޢުތަކާއި އެކިއެކި ނަސްލުތަކުގެ އިންސާނުންގެ ތެރޭގައި ހިނގާ، އެ އާމެދު އިންސާނުން އެއް ގޮތަކަށް ދެކޭ ނުރައްކާތެރި މައްސަލަތަކުގެ ޙުކުމް، ދީނުގައި އައިސްފައި ވަނީ ކަނޑައެޅިގެން ސީދާ ނައްޞަކުންނެވެ. ބަދަލެއް ނާންނަފަދަ ޙުކުމްތަކެއްގެ ގޮތުގައެވެ. ޤުރުއާނާއި ސުންނަތުގައި އައިސްފައި ނެތް ކޮންމެ މައްސަލައަކީ، އޭގެ ޙުކުމް ކަނޑައެޅުމުގެ ފުރިހަމަ މިނިވަންކަން، ޙާކިމަށް ދެވިފައިވާ މައްސަލަތަކެކެވެ. ކުށް ކުރި މީހާގެ ޙާލަތާއި، މުޖްތަމަޢުގެ ޙާލަތާއި ކުށުގެ ބާވަތާއި، ކުށް ކުރުން ހުއްޓުވޭނެ ގޮތަކަށް ވިސްނައި، ވަޟްޢީ ޤާނޫނުން ކަނޑައަޅައި، މިފަދަ މައްސަލަތަކުގައި ޙުކުމް ކަނޑައެޅި ދާނެއެވެ. އަދި ބޭނުން ޤަވާޢިދުތަކެއް ވެސް ހެދިދާނެއެވެ. ދީނުގެ ޙުކުމްތަކާ ޚިލާފު ނުވާ ގޮތަށް، ޤާނޫނުތައް ހެދުމަކީ މަނާކަމެއް ނޫނެވެ. އިސްލާމީ ޝަރީޢަތުގައި، ފާފަތައް (އަލްމަޢާޞީ) ތިން ބަޔަކަށް ބެހިފައިވެ އެވެ. އެއީ: 1. حد،  2. قصاص،  3. تعذير އެވެ.

  1. حد: މިންވަރު ކަނޑައެޅި މާތް ﷲގެ ޙައްޤެއްގެ ގޮތުގައި ވާޖިބުވެ، ދެވޭ ޢުޤޫބާތެކެވެ.
  2. قصاص: ޤިޞާޞަކީ އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ޢުޤޫބާތުގެ ތެރޭގައި ހިމެނޭ ބައެކެވެ. ޤިޞާޞް ގެ މާނައަކީ، ޖިނާޔަތެއް ދެވުނު މީހާ އަށް ލިބުނު ފަދަ ގެއްލުމެއްގެ ބަދަލު ޖިނާޔަތް ދިން މީހާއަށް ވެސް ދިނުމެވެ. މިސާލަކަށް، މަރުގެ ބަދަލުގައި މެރުމެވެ. ގުނަވަނެއްގެ ބަދަލުގައި އެ ގުނަވަނެވެ. ޒަޚަމްކޮށްފިނަމަ އެފަދަ ޒަޚަމެކެވެ. (ޔަޢްނީ ބަދަލަށް ބަދަލު ހިފުމެވެ.)
  3. تعذير: ތަޢްޒީރުގެ މާނައަކީ: އިސްލާމް ދީނުގައި ޙައްދެއް ނުވަތަ ކައްފާރާ އެއް ކަނޑައެޅިފައި ނުވާ ކުށްތަކަށް، ﷲގެ ޙައްޤެއްގެ ގޮތުގައި ނުވަތަ އާދަމުގެ ދަރިއެއްގެ ޙައްޤެއްގެ ގޮތުގައި، ދެވޭ ވަކި މިންވަރެއް ކަނޑައެޅިފައި ނުވާ ޢުޤޫބާތްތަކެވެ.

މީހުން ކުރާ ކުށްތަކަށް އެންމެ ގިނައިން ދެވޭ ޢުޤޫބާތަކީ ތަޢްޛީރުގެ ޢުޤޫބާތެވެ. ސަބަބަކީ ޙައްދާއި ޤިޞާޞް ޤާއިމު ކުރެވެނީ މުޅި އެކު ހަތް ކަމެއްގައެވެ. އަދި ޙައްދު ޤާއިމު ކުރެވޭ ކަންތައްތަކު ގައި ހުންނަން ޖެހޭ ޝަރުޠުތައް ހަރުދަނާވެ، ވަރުގަދަ ވުމުން ގިނަ ފަހަރަށް އެކަން ޘާބިތުކޮށް، ޤާއިމު ކުރުމުގައި ޤައިދުތަކެއް ހުންނާތީ އެވެ.

ތަޢްޛީރުގެ ޢުޤޫބާތްތަކަކީ، ޤާޟީ ބޭނުން ގޮތެއް އިޚްތިޔާރު ކުރުމުގެ މިނިވަންކަން ދެވިފައިވާ ޢުޤޫބާތްތަކެކެވެ. އެ ގޮތުން ކުށެއް ކޮށްފި ނަމަ އިންޒާރު ދިނުން ނުވަތަ ނަޞީޙަތްތެރި ވުން ފަދަ ކަންކަން ޤާޟީއަށް އިޚްތިޔާރު ލިބިގެން ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ރަޝީދު

1 މަސްކުރި

ސުރުޚީއާއި މައުޟޫއާއި ގުޅުން ކުޑަކަން ފާހަގަވެއެވެ.

0
0