21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ޙައްދު ޤާއިމް ކުރުން

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

  •  اللهގެ މިފަދަ ޢުޤޫބާތު ޝަރުޢު ކުރައްވާފައި ވަނީ އިންސާނުންގެ ކަރާމާތަށްޓަކަ އެވެ.
  • "އަލްފިޤްހުލްއިސްލާމީ ވަ އަދިއްލަތަހޫ" ގައި ވާގޮތުން ބައެއް ބޭފުޅުން البغى (ބަޣާވާތް ކުރުން) 8 ވަނަ ޙައްދު ކަމުގައި ބަޔާން ކުރައްވާފައި ވެއެވެ.
އަހްމަދުﷲ ޖަމީލް | adjameel

| 9 ޑިސެންބަރު 2018 | އާދީއްތަ 21:24 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


މީހަކު ދުއާކުރަނީ -- ގޫގުލް

07 ޑިސެމްބަރ 2018 ގެ ލިޔުމާ ގުޅޭ

الحد ގެ لغوي މާނައަކީ:

المنع އެވެ. (މަނާ ކުރުމެވެ.) މިގޮތުން البوّاب (ދޮރު ބަލަހައްޓާ މީހާ) އަށް الحدّاد އޭ ވެސް ކިޔެއެވެ. އެއީ، އޭނާ ދޮރުން ވަނުމަށް މީސްތަކުންނަށް މަނާކުރާތީއެވެ. އިސްލާމީ ޝަރީޢަތުގައި العقوباتއަށް الحدއޭ ކިޔެނީ އެ حد ތަކުގެ ސަބަބުން އެފަދަ ކުށްތަކަށް އަރައިގަތުމަށް މަނާކުރާ ސަބަބަކަށް ވާތީ ކަމުގައި ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ލިޔުއްވާފައި ވެއެވެ. حدود الله ގެ مراد އަކީ: މާތް الله حرام ކުރެއްވި ތަކެއްޗެވެ. ނުވަތަ ކަންތައްތަކެވެ. އެއީ އެފަދަ ކަންތައްތައް މާތް الله حرام ކުރައްވާފައި ވާ ތީއެވެ. އަންނަނިވި އާޔަތަކީ އޭގެ دليل ކެވެ. تِلْكَ حُدُودُ اللَّـهِ فَلَا تَقْرَبُوهَا (سورة  البقرة:187) މާނައީ: "އެއީ މާތް الله ގެ حد ތަކެވެ. ފަހެ، ތިޔަބައިމީހުން އެއާ ކައިރި ނުވާށެވެ!"

الحد ގެ اصطلاحي معنى އަކީ:

އިޞްޠިލާޙީ މާނަ ޢިލްވެރިން ދެ ގޮތަކަށް ގެންނަވައެވެ. އެއްގޮތަކީ: މާތްالله ގެ حق އަށްޓަކައި ކަނޑައަޅާފައިވާ ވާޖިބު عقوبات އެކެވެ. އަދި އެހެން މާނައެއް ގައި މާތް الله ގެ ޙައްޤެއް ވިޔަސް ނުވަތަ އަޅުންގެ ޙައްޤެއް ވިޔަސް، އެކަމަކަށް ޝަރުޢީ ގޮތުން ކަނޑައަޅާފައިވާ ޢުޤޫބާތެއެވެ. މިއީ ޙަނަފީން ފިޔަވައި އެހެންބޭކަލުން (އެބަހީ: ޖުމްހޫރު ދަންނަބޭކަލުން) ކުރައްވާފައިވާ ތަޢުރީފެވެ.

 اللهގެ މިފަދަ ޢުޤޫބާތު ޝަރުޢު ކުރައްވާފައި ވަނީ އިންސާނުންގެ ކަރާމާތަށްޓަކަ އެވެ. އެބައި މީހުންގެ ޢިއްޒަތާއި، ނަސަބާއި، މުދަލާއި، ބުއްދިއާއި، ނަފްސު ސަލާމަތް ކުރުމަށްޓަކަ އެވެ. ނަމަވެސް މިކަންތަކުގެ ތެރެއިން ބައެއް ކަންތައްތަކަކީ ހަމައެކަނި الله ގެ ޙައްޤު ތަކެކެވެ. އެބަހީ: މުޖުތަމަޢުގެ ޙައްޤުތަކެވެ. މިސާލަކަށް ޒިނޭގެ ޙައްދާއި ރަލުގެ ޙައްދެވެ. އަނެއް ބަޔަކީ އޭގައި الله ގެ ޙައްޤާއި އަޅުންގެ ޙައްޤު އެކުލެވިފައިވާ ޙައްދުތަކެވެ. މިސާލަކަށް ޤަޛުފުގެ ޙައްދު ފާހަގަކޮށްލެވެއެވެ.

ޙައްދު ޤާއިމު ކުރުމަށް މާތް ﷲ އަންގަވާފައިވާ ކުށްތަކަކީ:

  1. حد الزنى (ޒިނޭގެ ޙައްދު)
  2. حد القذف (ޤަޛުފުގެ ޙައްދު)
  3. حد السرقة (ވައްކަމުގެ ޙައްދު)
  4. حد الحرابة أو( قطع الطريق) (ޙަރާބާ ނުވަތަ ފޭރުމުގެ ޙައްދު)
  5. حد الخمر (ރަލުގެ ޙައްދު)
  6. عقوبة القصاص (ޤިޞާޞްގެ ޢުޤޫބާތް)
  7. عقوبة الرد (މުރުތައްދުވުމުގެ ޢުޤޫބާތް)

"އަލްފިޤްހުލްއިސްލާމީ ވަ އަދިއްލަތަހޫ" ގައި ވާގޮތުން ބައެއް ބޭފުޅުން البغى (ބަޣާވާތް ކުރުން) 8 ވަނަ ޙައްދު ކަމުގައި ބަޔާން ކުރައްވާފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް