21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ޙައްދު ޤާއިމް ކުރުން

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

  • އިސްލާމީ ޝަރީޢަތުގެ ހުރިހާ އަސާސްތަކެއް ބިނާވެފައި ވަނީ ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަން އިންސާނުންނަށް ލިބޭނޭ މަގުންނެވެ.
  • އެހެނީ ދޭދޭ މީހުންގެ މެދުގައި ހަމަހަމަ ކަމާއި، އިންސާނާއަށް އެންމެ ފައިދާހުރި އަދި އެންމެ މަޞްލަޙަތު ހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ الله تعالى ކަމުގައި ވާތީއެވެ.
އަހްމަދުﷲ ޖަމީލް | adjameel

| 7 ޑިސެންބަރު 2018 | ހުކުރު 18:08 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  8. ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި


ބިހުރޯޒު ކަމަނާ މިސްކިތް -- ގޫގުލް

05 ޑިސެމްބަރ 2018 ގެ ލިޔުމާ ގުޅޭ

حد قائم ކުރުމަކީ ރައްބުލް ކާއިނާތުގެ ޝަރީޢަތެވެ. އިންސާނާއަށް އެންމެ ފައިދާ ހުރި އަދި އެންމެ މަސްލަޙަތު ހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ އެއީއެވެ. ނަމަވެސް ހިތާމައަކީ، الله سبحانه وتعالى ބިންމަތީގައި އިންސާނާއަށް، އެކަލާނގެ ބާރުތަކުގެ ތެރެއިން ކުޑަކުޑަ ބާރެއް ދެއްވާ އިރަށް އިންސާނާ ބޮޑާވެގަންނަ ކަމެވެ. އަދި އެކަލާނގެ ދެއްވި މަތިވެރި ނިޢުމަތް ބޭނުން ކޮށްގެން އެ އިންސާނާ ބޭނުން ވާ ކަންކަން الله سبحانه وتعالى ގެ ޝަރީޢަތާ ޚިލާފަށް ކުރަމުން ގެންދާ ކަމެކެވެ. އާދޭހެވެ! އިސްލާމީ ޝަރީޢަތުގެ ހުރިހާ އަސާސްތަކެއް ބިނާވެފައި ވަނީ ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަން އިންސާނުންނަށް ލިބޭނޭ މަގުންނެވެ.

އިސްލާމް ދީނުގައިވާ ގޮތަށް الله ކަނޑަ އަޅުއްވާފައި ވާ ޙައްދުތައް ޤާއިމު ކުރުމަކީ އެދީނުގެ ވެރިކަން އެތަނެއްގައި ޤާއިމުވެގެން އޮތްކަމުގެ ފުރިހަމަ ދަލީލެކެވެ. އަދި އެތަނެއްގައި އިސްލާމް ދީނުގައިވާ ގޮތަށް الله سبحانه وتعالى ގެ حد ތައް قائم ވަމުން ނު ދިޔުމަކީ އިސްލާމްދީނުގެ ވެރިކަން އެތަނެއްގައި ޤާއިމުވެފައި ނެތްކަމުގެ އަލިގަދަ ހެއްކެކެވެ. الله سبحانه وتعالى وحى ކުރައްވަނީ: تِلْكَ حُدُودُ اللَّـهِ ۚ وَمَن يُطِعِ اللَّـهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ وَذَٰلِكَ الْفَوْزُ الْعَظِيمُ (سورة  النساء:13) މާނައީ: "އެއީ، الله ކަނޑައަޅުއްވައި އަންގަވާފައިވާ އިންތަކެވެ. الله އަށާއި، އެކަލާނގެ رسول އާ އަށް ކިޔަމަންތެރިވާ މީހާ، އެތާނގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާނެތެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ." މިހެންވުމުން، އިސްލާމީ ޝަރްޢިއްޔާގައި ކަނޑަ އަޅުއްވާފައިވާ حد ތަކަކީ މި ބިންމަތީގައި ލައްވާފައިވާ އަޝްރަފުލް މަޚްލޫޤާތު ކަމުގައިވާ އިންސާނުންނަށް އެންމެ ފައިދާ ކުރަނިވި ކަންތައްތައް ކަމުގައި ވުމެވެ. އެހެނީ ދޭދޭ މީހުންގެ މެދުގައި ހަމަހަމަ ކަމާއި، އިންސާނާއަށް އެންމެ ފައިދާހުރި އަދި އެންމެ މަޞްލަޙަތު ހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ الله تعالى ކަމުގައި ވާތީއެވެ.

ޢަރަބި ބަހުގައި حد ގެ މާނައަކީ، މަނާކުރުމެވެ. އެއީ ދެ އެއްޗެއްގެ ދެމެދުގައި ވާ ހުރަހެވެ. ނުވަތަ އިމެވެ. މިސާލަކަށް ދެގޯތީގެ ސަރަޙައްދު ކަނޑައަޅާ ދޭ އިމަކީ حدއެވެ. އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ އުރެދުންތަކަށް އަރައިގެންފި މީހަކަށް ދެވޭ ޢުޤޫބާތަށް ނުވަތަ އަދަބަށް حد އޭ ކިޔެއެވެ. އިސްލާމީ ޝަރުޢުގައި، حد އަކީ، މާތް الله އަށްޓަކައި އަދާކުރަންޖެހޭ ޙައްޤެއްގެ ގޮތުން، ދިނުމަށް ކަނޑައެޅިފައި ވާ ޢުޤޫބާތެވެ.

ނުނިމޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް