10 ޑިސެންބަރު 2018 | ހޯމަ | 01 މުލަ
03 ރަބީޢުލްއާޚިރު 1440
އިޝާ 19:14
މަޣްރިބް 17:57
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:43

ހެލްތު މިނިސްޓަރު

ހެލްތު މިނިސްޓަރުގެ ފުރަތަމަ ދަތުރުފުޅު އައްޑޫއަށް!

  • އައްޑޫގެ ސިއްހީ ދައިރާ އާއި ގުޅުން ހުރި ގިނަ ތަންތަނަށް ވަނީ ޒިޔާރަތްކުރައްވައި މުއައްޒަފުންނާއި ވެސް ބައްދަލުކުރައްވާފައި
އާމިނަތު ނުޒުހާ | nuzu8121

| 6 ޑިސެންބަރު 2018 | ބުރާސްފަތި 23:30 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  4. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  5. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު
  6. މަހުލޫފް ރާޅާއެޅުންތެރިންނާއި ބައްދަލުކުރަން ރާޅުގަނޑަށް!
  7. ޔޫއެންޕީގެ ލީޑަރުކަމުން ރަނިލް އިސްތިއުފާ ދެއްވުމަށް ގޮވާލައިފި
  8. އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް މަޝްވަރާ ކުރަނީ


މިނިސްޓަރ އަމީން އައްޑޫގައި -- ޓްވިޓަރ

މި ސަރުކާރުގެ ހެލްތު މިނިސްޓަރ އަބުދުﷲ އަމީން ބުރާސްފަތި ދުވަހު އައްޑޫއަށް ވަޑައިގަންނަވައިފިއެވެ.

މިނިސްޓަރު އައްޑު އަށް ވަޑައިގެންނެވީ މިއަދު  (ބުރާސްފަތި ދުވަހުގެ) މެންދުރުގެ ވަގުތެއްގަ އެވެ.

އަމީން އައްޑު އަށް ވަޑައިގެން އެންމެ ފުރަތަމަ ޒިޔާރަތް ކުރައްވާފައި ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ. އެގޮތުން ހޮސްޕިޓަލްގެ މެނޭޖްމަންޓާއި ސްޓާފުންނާ ބައްދަލު ކުރައްވައި، މި ވަގުތު ހޮސްޕިޓަލްގެ މަސައްކަތް ހިނގަމުންދާ ގޮތާއި ހުރި ދަތިތަކާއި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ވެސް ވަނީ އޮޅުންފިލުއްވާފައެއެވެ.

އެޗްއާރްއެޗްގެ އިތުރުން ހިތަދޫގައި ސިމްޑީ ގްރޫޕުން ހިންގާ ހޮސްޕިޓަލް އައިއެމްޑީސީ އަށް މިއަދު ހަވީރު (ބުރާސްފަތި ދުވަހުގެ ހަވީރު) ވަޑައިގެން އެތަނުގެ މަސައްކަތް ވެސް ކުރިއަށްދާ ގޮތަށް މިނިސްޓަރު އަމީން ވަނީ ބައްލަވާލައްވައިފަ އެވެދެ ދުވަހުގެ މުއްދަތަށް އައްޑު އަށް ހެލްތު މިނިސްޓަރު ކުރައްވާ ދަތުރުގައި އައްޑޫގެ ޕަބްލިކް ހެލްތުގެ މަސައްކަތްތަކަށް ހާއްސަކޮށް މަރަދޫފޭދޫގައި ގާއިމުކޮށްފައިވާ ދަމަނަވެއްޓަށާއި މަރަދު އާއި ފޭދޫ ސިއްހީ މަރުކަޒަށް ވަޑައިގެން އެތަންތާގެ މުވައްޒަފުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ.

ހުކުރު ދުވަހު މިނިސްޓަރު އައްޑޫ ސިޓީ ކައުންސިލާއި ބައްދަލު ކުރެއްވުމަށް ފަހު، އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު ގައި މިހާރު ގާއިމު ކުރަމުން އަންނަ 100 އެނދުގެ އާ ހޮސްޕިޓަލްގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވާނެ އެވެ. މީގެ އިތުރުން ހުކުރު ދުވަހު އައްޑޫ ސިޓީގެ ބައެއް ރައްތަކަށް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ. އަދި މި ދަތުރުފުޅަށްފަހު ހުކުރު ދުވަހު ހަވީރު އެނބުރި މާލެ ވަޑައިގަންނަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް