10 ޑިސެންބަރު 2018 | ހޯމަ | 01 މުލަ
03 ރަބީޢުލްއާޚިރު 1440
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:57
އިޝާ 19:14

ދިރާގުން ވާވޭ މޭޓްގެ ޕްރީ އޯޑަރ ނެގުން

ދިރާގުން ވާވޭ މޭޓް 20 އަދި 20 ޕްރޯގެ ޕްރީ އޯޑަރު ނަގަނީ

  • ފޯން ނަންގަވާ ފަރާތްތަކަށް ހަމަސްވަންދެން ފަސް ޖީބީގެ ހިލޭ އިންޓަނެޓު ލިބޭނެ
  • ޕްރީ އޯޑަރަށް ހުޅުވާލާފައިވަނީ ޑިސެމްބަރު 6 ވަނަ ދުވަހު
ސިމާހާ ނަސީމް | sim_kamana

| 6 ޑިސެންބަރު 2018 | ބުރާސްފަތި 19:58 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  4. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  5. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު
  6. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  7. މަހުލޫފް ރާޅާއެޅުންތެރިންނާއި ބައްދަލުކުރަން ރާޅުގަނޑަށް!
  8. ޔޫއެންޕީގެ ލީޑަރުކަމުން ރަނިލް އިސްތިއުފާ ދެއްވުމަށް ގޮވާލައިފި


ޕްރީ އޯޑަރަށް ހުޅުވާލާފައިވަނީ ޑިސެމްބަރު 6 ވަނަ ދުވަހު -- ދިރާގު

ވާވޭގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު، ވާވޭ މޭޓް 20 އަދި 20 ޕްރޯގެ ޕްރީ އޯޑަރަށް ދިރާގުން ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ ޕްރީ އޯޑަރ ކުރުމަށް ޑިސެމްބަރު 6 ވަނަ ދުވަހު ހުޅުވާލާފައިވާ ކަމަށާއި ޕްރީ އޯޑަރ ނަގާނީ ލިމިޓެޑުކޮށް ކަމަށެވެ.

އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ޕްރީ އޯޑަރު ދިރާގުން ބަލައިގަންނައިރު ފޯން ނަންގަވާ ފަރާތްތަކަށް ހަމަސްވަންދެން ފަސް ޖީބީގެ ހިލޭ އިންޓަނެޓު ލިބޭނެކަމަށް ވެސް ދިރާގުން ބުންޏެވެ. އަދި ވާވޭ މޭޓް 20، 128 ޖީބީގެ ފޯނަކަށް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ދައްކަން ޖެހެނީ 2999 ރުފިޔާ އެވެ. މަހަކަށް ދައްކަންޖެހެނީ 988 ރުފިޔާއެވެ.

ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ޕްރީ އޯޑަރު ދީގެން ފޯނު ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެގޮތުން މޭޓް 20 އަށް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 10،999 ރުފިޔާ އަދި މެޓް 20 ޕްރޯ އަށް 15،999 ރުފިޔާ ދައްކަން ޖެހެއެވެ. ދިރާގުން ބުނީ ޕްރީ އޯޑަރަށް ފޯނު ގަންނަ ކަސްޓަމަރުންނަށް ހިލޭ ހަދިޔާއެއްގެ ގޮތުގައި ފްލިޕް ކަވަރެއް އަދި މެޓް 20 ޕްރޯ ގަންނަ ކަސްޓަމަރުންނަށް ފްލިޕް ކަވަރާއެކު ވަޔަލަސް ޗާޖަރެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ހަދިޔާތައް ދޭނީ ސްޓޮކް ހުސްވަންދެން ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ވާވޭ މޭޓް 20 ސީރީޒްގައި ދުނިޔޭގެ އެންމެ ފުރަތަމަ 7 އެންއެމް މޮބައިލް އޭއައި ޗިޕްސެޓް ހިމަނާފައިވާއިރު އެ ފޯނުގައި އަލްޓްރާ ވައިޑް ތިން ކެމެރާ ލެންސް ހިމެނެއެވެ. އަލަށް ތައާރަފުކުރި ވާވޭ މޭޓް 20 އާއި ވާވޭ މޭޓް 20 ޕްރޯ އަކީ މަތީ ފެންވަރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޮޑު ސްކްރީނަކާ އެކު ޑިޒައިން ކޮށްފައިވާ ފޯނެކެވެ. މި ފޯނުތަކަކީ ދުނިޔޭގެ އެންމެ ފުރަތަމަ 7 ނެނޯމީޓަރުގެ އޭއައި ޗިޕް އެކުލަވާލައިގެން އުފައްދާފައިވާ ފޯނެވެ. އަދި މި ދެ ފޯނުގެ ކެމެރާ ފަރުމާ ކުރީ ދުނިޔެ އަށް މަޝްހޫރު ލެއިކާ ކުންފުންޏާ ވާވޭ ގުޅިގެންނެވެ.

އަލަށް ވާވޭއިން ތައާރަފް ކުރި މޭޓް 20 ގެ ލިބެން ހުންނަނީ މިޑްނައިޓް ބްލޫ އަދި ކަޅު ކުލައެވެ. އަދި ވާވޭ މޭޓް 20 ޕްރޯ 128 ޖީބީގެ މެމޮރީ އާއެކު، ކަޅު، ޓުވައިލައިޓް ކުލަ އަދި އެމަރަލްޑް ގްރީން ކުލައިގައި ވެސް ލިބެން ހުރެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް