19 އޭޕުރިލް 2019 | ހުކުރު | 13 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ޖަމާލް ޙަޝޯގްޖީ

ޙާޝޮގްޖީގެ ގަތުލު: ވަލީއަހުދު މުހައްމަދުއާއި ދެކޮޅަށް އެމެރިކާގެ ސެނެޓުން ފިޔަވަޅު އަޅަނީ

  • މި ހުށައެޅުން ފާސްވެއްޖެ ނަމަ ވާނީ ރަސްމީ ފަރާތަކުން މި ގަތުލުގެ ޒިންމާ ވަލީއަހުދުގެ އިސްތަށިފުޅުގައި އަޅުވާ ފުރަތަމަ ފަހަރަށް
އަމަން ހަލީމް | soupized

| 6 ޑިސެންބަރު 2018 | ބުރާސްފަތި 19:55 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ނޫސްވެރިިޔާ ޖަމާލް ޙަޝޯގްޖީ -- އީޕީއޭ

ޚާޝޮގްޖީގެ މަރާލުމުގައި ސަޢޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ބައިވެރިވުން އޮތް ކަމަށް ނިންމުމަށް އެމެރިކާގެ ސެނެޓަށް ބިލެއް ހުށަހަޅައިފިއެވެ.

ބުދަ ދުވަހު ސެނެޓަށް ހުށަހެޅުނު ހުށައެޅުމުގައި ވަނީ ޚާޝޮގްޖީގެ މަރުގެ ޒިންމާ ނަންގަވަން ޖެހޭނީ ވަލީއަހުދު ކަމަށެވެ. މި ހުށަހެޅުން ސެނެޓުން ފާސްވެއްޖެ ނަމަ ވާނީ ރަސްމީ ފަރާތަކުން މި ގަތުލުގެ ޒިންމާ ވަލީއަހުދުގެ އިސްތަށިފުޅުގައި އަޅުވާ ފުރަތަމަ ފަހަރަށެވެ.

މި ބިލް ހުށައެޅުއްވި ހަ ސެނެޓަރުންގެ ތެރޭގައި ހިމެނޭ ރިޕަބްލިކަން ސެނެޓަރ ލިންޑްސޭ ގްރަހަމް ވިދާޅުވީ މި ހުށައެޅުމަކީ މިހާތަނަށް ލިބުނު މައުލޫމާތުގެ އަލީގައި ކަށަވަރުވާ ވަރަށް ވަލީއަހުދު މުހައްމަދު އެކަމުގައި ބައިވެރިވެފައި ވާތީވެ އޭނާއާއި ދެކޮޅަށް ހުށައަޅާފައިވާ ބިލެއް ކަމަށެވެ.

މި ހުށަހެޅުމުގައި ޔަމަނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ހޫތީންނާއި ވާހަކަތައް ފެށުމަށް ވެސް ވަނީ ގޮވާލާފައެވެ. އަދި މީގެ އިތުރުން ގަތަރާއި ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލެއްވުމަށް ވެސް ވަނީ ގޮވާލާފައެވެ. އަދި ސައުދީއިން ހައްޔަރު ކޮށްފައިވާ ބައެއް އެކްޓިވިސްޓުން ވެސް މިނިވަން ކުރުމަށްވެސް މި ހުށަހެޅުމުގައި ވެއެވެ.

މި ހުށަހެޅުން ހުށަހެޅިފައިވަނީ ބުދަ ދުވަހު އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީ.އައި.އޭ)ގެ ޑިރެކްޓަރ ޖީނާ ހެސްޕެލްއާއި އެކު ބޭއްވި ބައްދަލުވުމަކަށް ފަހު ގިނަ ސެނެޓަރުންތަކެއް ވަލީއަހުދުގެ ބައިވެރިވުން އޮތް ކަމަށް ނިންމާފައި ވަނިކޮށެވެ.

ޖަމާލް ޚަޝުގްޖީ މަރާލާފައިވަނީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީއަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައިއެވެ. އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު ހިންގި މި އަމަލުގައި ވަލީއަހުދުގެ އެއްވެސް ބައިވެރިވުމެއް ނުވާކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް