
| 6 ޑިސެންބަރު 2018 | ބުރާސްފަތި 18:45 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
މުހިންމު ސަބަބުތަކަކާއި ހުރެ ކަމަށް ބުނެ ފަސްކުރި އެމްޑީޕީގެ އެތެރޭގެ ބައެއް އިންތިހާބުތައް ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.
ހުކުރު ދުވަހު އޮންނާނީ އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ނާއިބު ރައީސާ އާއި ޒުވާނުންގެ ހިތްވަރުގެ ނާއިބު ރައީސް ހޮވުމުގެ އިންތިހާބެވެ. މީގެ އިތުރުން ޒުވާނުންގެ ރޫހުގެ ހިންގާ ކޮމިޓީ އަށް ކޮންމެ ޕްރޮވިންސްއަކާއި ސިޓީ އަކުން މެމްބަރަކު އައްޔަން ކުރުމަށް ބާއްވާ އިންތިހާބާއި، ބައެއް ފޯކަލް ޕޮއިންޓްތަކަށް މެމްބަރުން އައްޔަން ކުރުމުގެ އިންތިހާބު ވެސް އެ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ ތެރެއިން އަންހެނުންގެ ރޫހުގެ އާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބުގައި ވޯޓު ލެވޭނީ ހަމައެކަނި ޕާޓީގެ އެ ގުނަވަންތަކުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އެ ގޮތުން ވޯޓުލާ މަރުކަޒުތައް ކައިރީގައި ރަޖިސްޓްރީ ކުރުމަށް ފޯމު ހުށައެޅުމުގެ ކަންތައްތައް ކުރިޔަށް ދާނެ ކަމަށް އެ ޕާޓީއިން ވަނީ ހާމަކޮށްފައެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމިޓީގެ މެމްބަރު މަނިކު ވިދާޅުވީ ވޯޓު ލުން ކުރިޔަށް ދާނީ ހުކުރު ދުވަހުގެ 2:00 އިން ފެށިގެން ހަވީރު 6:00ގެ ނިޔަލަށް ކަމަށެވެ.
"މާލޭގެ ފޮށި ހުންނާނީ އަޅުގަނޑުމެންގެ ހަރުގޭގަ. އޭގެ އިތުރަށް ރަށް ރަށުގައި ހުންނާނީ ހަރުގެތަކުގަ. ހަރުގެ ނެތް ތަންތާގައި، އެކޮޅުގަ ހުންނަ ވޯޓާ ބެހޭ އެންމެ އިސް ބޭފުޅާ ވިދާޅުވާ ތަނެއްގަ ވޯޓުލުން އޮންނާނީ،" މަނިކު ވިދާޅުވިއެވެ.
މަނިކު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަކީ ވަރަށް ފޯރި އާއި އެކު އަބަދު ވެސް ކުރިޔަށް ދާ އިންތިހާބުތަކަކަށް ވުމުން މި ފަހަރު ވެސް ވޯޓުލުމުގެ ކަންތައް ވަރަށް ފޯރިޔާއެކު ކުރިޔަށްދާނެ ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް