10 ޑިސެންބަރު 2018 | ހޯމަ | 01 މުލަ
03 ރަބީޢުލްއާޚިރު 1440
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:57
އިޝާ 19:14

މާރިއޯ ބަލޮޓެލީ

ޓްރާންސްފާ އަކާ މެދު އަދި ނުވިސްނަން: ބަލޮޓެލީ

  • ބަލޮޓެލީގެ އެއްބަސްވުން އަންނަ އަހަރު ހަމަވާނެ
ލީވާން އަލީ | MrLeevaan

| 6 ޑިސެންބަރު 2018 | ބުރާސްފަތި 18:20 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  4. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  5. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު
  6. މަހުލޫފް ރާޅާއެޅުންތެރިންނާއި ބައްދަލުކުރަން ރާޅުގަނޑަށް!
  7. ޔޫއެންޕީގެ ލީޑަރުކަމުން ރަނިލް އިސްތިއުފާ ދެއްވުމަށް ގޮވާލައިފި
  8. އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް މަޝްވަރާ ކުރަނީ


މާރިއޯ ބަލޮޓެލީ -- ގޯލް.ކޮމް

ޓްރާންސްފާ އަކާ މެދު އަދި ނުވިސްނާ ކަމަށް ނީސް އަށް ކުޅެމުން އަންނަ އިޓަލީގެ ފޯވާޑް މާރިއޯ ބަލޮޓެލީ ބުނެފިއެވެ.

ބަލޮޓެލީގެ ރަސްމީ އިންސްޓްރާމް އެކައުންޓުން ކުރި ޕޯސްޓެއްގައި އޭނާ ބުނީ ޓްރާންސްފާ އަކާ މެދު އަދި ނުވިސްނާ ކަމަށެވެ.

ބަލޮޓެލީއާ އެކު ނީސް އިން ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ހަމަވާ އިރު، ގިނަ ކްލަބްތަކުން އޭނާ އަށް އަންނަނީ ފާރަލަމުންނެވެ. އޭގެ ތެރޭގައި އޭސީ މިލާން ވެސް ހިމެނެއެވެ.

އެގޮތުން ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާ ގައި އޭސީ މިލާނަށް ބަލޮޓެލީ ދިޔުމަކީ ކައިރި ކަމެކެވެ. އަދި ޖެނުއަރީ ޓްރާންސްފާގައި ބަލޮޓެލީ އޭސީ މިލާނަށް ނުގޮސްފި ނަމަ، މި ސީޒަނަށް ފަހު ޔަގީން ކަމާ އެކު އޭނާ އެ ކްލަބަށް ބަދަލުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޓަ މިލާން، އޭސީ މިލާން، މެންޗެސްޓާ ސިޓީ އަދި ލިވަޕޫލަށް ވެސް ކުޅެފައިވާ ބަލޮޓެލީ ނީސް އަށް ބަދަލުވީ  2016 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 68 މެޗުގައި 43 ލަނޑު ކާމިޔާބުކޮށްފައެވެ.

އިންޓަ މިލާނާ އެކު ތިން ލީގުގެ ތަށި ކާމިޔާބުކޮށްފައިވާ ބަލޮޓެލީ ވަނީ އެ ކްލަބާ އެކު ޔުއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ސިޓީއާ އެކު ޕްރިމިއާ ލީގު އަދި އެފްއޭ ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

އިޓަލީއާ އެކު 2012 ވަނަ އަހަރު ޔޫރޯގެ ދެވަނަ ހޯދި ބަލޮޓެލީ ވަނީ ގައުމީ ޓީމަށް ކުޅުނު 36 މެޗުގައި 14 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ 2010 ވަނަ އަހަރުގެ ގޯލްޑެން ބޯއި އެވޯޑް އަދި 2012 ވަނަ އަހަރުގެ އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް