16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ވާރޭވެހި މާލޭގައި ފެންބޮޑުވުން

އެހީގެ ގޮތުގައި މިއަދު އެކަނިވެސް ނުވަލައްކައަށް ވުރެ ގިނަ ރުފިޔާ!

  • ގެއްލުން ލިބުނު އާއިލާތަކުގެ ތެރެއިން މިހާރު އެންޑީއެމްސީގެ ބެލުމުގެ ދަށުގައި ތިބީ އެއް އާއިލާ
  • އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ލިބުނު ގެއްލުން އެސެސްކުރުމަށްފަހު
އާމިނަތު ނުޒުހާ | nuzu8121

| 6 ޑިސެންބަރު 2018 | ބުރާސްފަތި 17:54 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  5. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ރާއްޖެއެމްވީ

ބުދަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ނުވަލައްކަ ފަންސާސް ހާސް ރުފިޔާ ބުރާސްފަތި ދުވަހު ލިބިއްޖެއެވެ.

އެގޮތުން ޔުނިވަރސަލް އެންޓަޕްރައިޒަސް އިން ތިންލައްކަ ރުފިޔާ، ޓޫރިޒަމް ދާއިރާ ތަމްސީލްކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ދެލައްކަ ފަންސާސްހާސް އަދި ސީޖީޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަތަރުލައްކަ ރުފިޔާ ވަނީ ވަނީ ހަދިޔާކޮށްފައެވެ.

ބުދަ ދުވަހު މެންދުރުން ފެށިގެން ހުއްޓާ ނުލާ މާލެއަށް ވެހުނު ބޯވާރޭގައި ގިނަ ސަރަހައްދުތަކެއްގައި ފެން ބޮޑުވެ ގެތަކަށް ފެނުގެ އަސަރުކުރި އެވެ. އަދި ދެ ގެއަކުން މީހުން ހުސްކުރަން ޖެހުނެވެ. ހާލުގައި ޖެހުނު ފަރާތްތަކަށް ކަލާފާނު ސްކޫލްގައި ރިލީފް ސެންޓަރެއް ގާއިމްކޮށް، ވަގުތީ ހިޔާ ގާއިމްކޮށް ދީފައިވެއެވެ.
ވާރޭގައި 160 ގެއަކަށް ގެއްލުންވި ކަމަށް ރިކޯޑްތަކުން ދައްކާއިރު އެ ގެތަކުގެ އެސެސްމެންޓް މިހާރު ޑިޒާސްޓާ މެނޭޖްމެންޓުން ދަނީ ހަދަމުންނެވެ. އެގޮތުން މިހާތަނަށް 99 ގެއެއްގެ ރެޕިޑް އެސެސްމެންޓް ހަދައި ނިމިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ބުންޏެވެ.
އެ ސެންޓަރުން މައުލޫމާތު ދޭގޮތުގައި މިހާރު ވަގުތީ ހިޔާގައި ތިބީ އެންމެ އާއިލާއެކެވެ. އެ އާއިލާ ގެއަށް ބަދަލު ނުކުރެވި ވަނީ އެގޭގެ ނަރުދަމާއަށް ދިމާވެފައިވާ މައްސަލައަކުން ކަމަށާއި އެކަން ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބުދަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ގިނަ އަދަދެއްގެ ގެތަކަށާއި، ފިހާރަތަކަށާއި އެތަންތަނުގެ މުދަލައި ތަކެއްޗަށް ވަނީ އެކިވަރުގެ ގެއްލުންވެފައެވެ. މާލޭގައި ބޮޑުވި ފެންގަނޑު ހިންދީ އެމްއެންޑީއެފްއާއި، ޕޮލިސް އަދި ބައެއް އެހެން މުއައްސަސާތަކައި އާއްމުންގެ އެއްބާރުލުމާއިވެސް އެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް